މާލޭގައި ހިންގަމުންދާ ސޮލައިޓް ރެސްޓޯރަންޓުން، އަލަށް ތައާރަފް ކުރި މެނޫ އާއެކު ކަސްޓަމަރުންގެ ވަރަށް ބޮޑު އެދުމާއެކު ދިވެހިންނާ ގުޅޭ ވަރަށް ގިނަ ކެއުންތައް ހިމަނައިފިއެވެ.

މި އާ މެނޫއާއެކު އާއިލާއާއި ރަޙުމަތްތެރިންނާ އެކު ހިތްގައިމު، ހިތްފަސޭހަ މާހައުލެއްގައި އަގުހެޔޮކޮށް ކާލެވޭނެއެވެ.

ޖުލައި 26 ވަނަ ދުވަހު ތައާރަފް ކުރި މި މެނޫއާއި އެކު ޑްރިންކްސް މެނޫވެސް ވަނީ މުޅިން ބަދަލުވެގެން ގޮސްފައިކަން ފާހަގަކޮށްލެވެއެވެ. އަލަށް ތައާރަފް ކުރެވުނު މި މެނޫއިން ބުއިންތަކާއި ކެއުމުގެ އަގުތައް ވަނީ ވަރަށް ބޮޑުތަން ކުޑަވެފައެވެ. އަދި މީގެ އިތުރުން ކޮންމެ ދުވަހެއްގެވެސް ހެނދުނު ނާސްތާ، މެންދުރު ކެއުން، ހަވީރު ސައި އަދި ރޭގަނޑު ކެއުން މިގަޑިތަކުގައި އަގުހެޔޮކޮށް ބުފޭވެސް އޮންނާނެއެވެ.

ސޮލައިޓް ރެސްޓޯރެންޓް

ސޮލައިޓް ރެސްޓޯރަންޓަކީ ޢާއިލީ ރެސްޓޯރަންޓެއްގެ ގޮތުގައި މިވަގުތު މާލޭގައި ހުރި އެންމެ ހިތްގައިމު ރެސްޓޯރެންޓެވެ. އަދި ކުރިން ބޭނުން ކުރަމުން އައި މެނޫތަކަށް ބޮޑު ބަދަލެއް ގެނެވިފައިވަނީވެސް ކަސްޓަމަރުންގެ ވަރަށް ބޮޑު އެދުމާއެކު ކަސްޓަމަރުންގެ ޗޮއިސްތައް ހިމަނައިގެން މެނޫއެއް ތައާރަފް ކުރުމުގެ ބޭނުމުގައެވެ.

ސޮލައިޓް ރެސްޓޯރެންޓްގެ ކެއުންތައް

މީގެ އިތުރުން ސޮލައިޓް ރެސްޓޯރަންޓްގައި އުފަންދުވަސް ނުވަތަ މުހިންމު ދުވަސްތައް ފާހަގަ ކުރުމަށް ކުރިން އޯޑަރު ކޮށްލުމުން އެކަމަކާއި ގުޅޭ ކޭކުވެސް ލިބޭނެއެވެ. ސޮލައިޓް ރެސްޓޯރަންޓުން މައުލޫމާތު ދޭ ގޮތުގައި ވަރަށް ގިނަ ކަސްޓަމަރުން އުފަންދުވަސް ފަދަ މުހިންމު ދުވަސްތައް ފާހަގަ ކުރުމަށް ކޭކު ތާކުން ހޯދައިގެން އައުން އުނދަގޫވެ، އެކަން ހައްލު ކޮށްދިނުމަށް އެދުނެވެ. އެހެންވެ އަލަށް ތައާރަފް ކުރެވުނު ބަދަލާއެކު މިހާރު އޯޑަރ ކޮށްލުމުން އެކަމަކާ ގުޅޭ ކޭކު ވެސް ސޮލައިޓް ރެސްޓޯރަންޓުން ލިބޭނެ ކަމަށް ބުނެފައިވާއިރު، ކޭކުގައި ބޭނުންވާ ލިޔުންކޮޅެއްވެސް ލިޔެވޭނެ ކަަމަށް ބުނެފައި ވެއެވެ.

ސޮލައިޓް ރެސްޓޯރެންޓުން ބަޔަކު ހިދުމަތް ހޯދަނީ

ސޮލައިޓް ރެސްޓޯރަންޓް ހުންނާނީ ވެލާނާ ބިލްޑިންގ ގެ ކުރިމަތީގައި ހުންނަ ހ. ސުއާޒް ބިލްޑިންގ ގެ އެންމެ މަތީގައެވެ. ތިން ބުރީގެ މި ބޮޑު ރެސްޓޯރެންޓުގައި ވެޑިން، ބާތުޑޭފަދަ މުހިންމު ހަފްލާތަކާއި، ޓްރޭނިންގ ވޯކްޝޮޕްފަދަ އިވެންޓް ތަކަށްވެސް އެކި ފްލޯތައް ކުރިން ބުކް ކޮށްލެވޭނެއެވެ.

ސޮލައިޓް ރެސްޓޯރަންޓުން ކުރިން ބުކިންގ ހެއްދެވުމަށް ބޭނުންވާ ބޭފުޅުން ގުޅުއްވާނީ 7288088 ނަމްބަރ އަށެވެ.

ކިޔުންތެރިންގެ ހިޔާލު