އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ދިރާގު ޓީވީންނާއި ދިރާގުޕްލޭ މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ދިރާގުން މިއަދު ބުނެފިއެވެ.

މިދިޔަ ހަފްތާގައި ފެށި ކޮމަންވެލްތު ގޭމްސް އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި އަހަރަކީ ރާއްޖެ އިން މި މުބާރާތުގައި އެންމެ ގިނަ ޓީމުތައް ބައިވެރިވި އަހަރެވެ.

އެގޮތުން އެތުލެޓިކްސް އާއި ބެޑްމިންޓަނާއި ފެތުމާއި ޓޭބަލް ޓެނިްސްގެ އަންހެން ފިރިހެން ޓީމު ބައިވެރިވާނެއެވެ. އަދި ބީޗު ވޮލީ ބޯޅައިގެ ފިރިހެން ގައުމީ ޓީމު ވެސް ބައިވެރިވާނެއެވެ.

މި މުބާރާތުގެ މެޗުތައް ލައިވްކޮށް ދައްކާނީ:

  • ސޮނީ ސިކްސް އެސްޑީ އެންޑް އެޗްޑީ
  • ސޮނީ ޓެން 2 އެސްޑީ އެންޑް އެޗްޑީ
  • ސޯޔާ ޓެން 4 އެސްޑީ އެންޑް އެޗްޑީ
  • ޓެން ސްޕޯޓްސް ޕާކިސްތާން

މި ޗެނަލްތައް ދިރާގުޓީވީ އާއި ދިރާގުޕްލޭ މޯބައިލް އެޕް އިން ލިބެން ހުންނާނެއެވެ.

ދިރާގު ޓީވީގެ ކަސްޓަމަރުން 350 ރުފިޔާގެ ބޭސިކް ޕެކޭޖް ސަބްސްކްރައިބްކޮށްގެން އެހެން މުނިފޫހިފިލުވުމުގެ ޗެނަލްތަކުގެ އިތުރުން ވީޑިއޯ އޮން ޑިމާންޑް ބަލާލައި އެޗްޑީ ކޮލިޓީގައި ގޭމްތައް ކުޅެވޭނެއެވެ.

މޯބައިލް ކަސްޓަމަރުންނަށް ދިރާގުޕްލޭ އަށް ސަބްސްކްރައިބް ކުރެވޭނީ 65 ޕެކޭޖް އެކްޓިވޭޓްކޮށްގެންނެވެ. އެގޮތުން ކޮންމެ ތަނެއްގައި ހުރެގެންވެސް ގޭމްތައް ބަލާލެވޭނެ ކަމަށާއި ދިރާގު ފައިބަރ ބްރޯޑްބޭންޑް ވައިފައި އިން ސްޓްރީމް ކުރާއިރު އިތުރު ޚަރަދެއް ނުކޮށް ގޭމްތައް ބަލާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު