ސްކޫލްތަކުގެ ދިރާސީ އާ އަހަރާ ގުޅުވައިގެން އެސްޓީއޯ އިން ކުރިޔަށް ގެންދާ ބެކް ޓު ސްކޫލް ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި ކަމަށެވެ.

ކިޔަވާ ކުދިން އަދި އާންމުންގެ ތެރޭގައި މަގުބޫލު ޑެވޮންޑޭލް ކިރުގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި އެސްޓީއޯއިން އިމްޕޯޓްކޮށް ވިއްކާ ހެޕީ ކައު ޗީޒް އަދި އައި ވީ ކިރު ބައްލަވައިގަނެގެން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

މިގޮތުން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ޑެވޮންޑޭލް، ހެޕީ ކައު ޗީޒް، އަދި އައި ވީ ކިރު ބައްލަވައި ގަންނަ ފަރާތްތަކަށް ކޮންމެ ވިޔަފާރިއަކަށް ކޫޕްންއެއް ލިބޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ރީޓެއިލް ތިން ނަސީބުވެރިން އަދި ހޯލްސޭލް ތިން ނަސީބުވެރިން ހޮވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

"ރީޓެއިލްގެ ތިންވަން ނަސީބުވެރިޔާއަށް 1500 ރުފިޔާގެ އަސްރަފީ ބުކްޝޮޕް ގިފްޓް ވައުޗާއެއް، ދެވަނަ ނަސީބުވެރިޔާއަށް 2500 ރުފިޔާގެ ޕީކަބޫ ގިފްޓް ވައުޗާއެއް އަދި އެއްވަނަ ނަސީބުވެރިޔާއަށް 5000 ރުފިޔާގެ ޕީކަބޫ ގިފްޓު ވައުޗާއެއް ލިބިގެންދާނެ." އެސްޓީއޯއިން ބުނެފައި ވެއެވެ.

ހޯލްސޭލް ގެ ތިންވަނަ ނަސީބުވެރިޔާއަށް ލިބޭނީ ރަސަލް ހޮބްސެގެ ފެންކަ އްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަނެއް ކަމަށާއި ދެވަނަ ނަސީބުވެރިޔާއަށް ލިބޭނީ ރަސަލް ހޮބްސެގެ ފެންކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަން ގެ އިތުރުން ހަމަ މި ބްރޭޑްގެ ޕްރެޝަރ ކުކާއެކެވެ. އެއްވަނަ ނަސީބުވެރިޔާއަށް ލިބޭނީ 327 ގެ ޗެސްޓް ފްރީޒާ އެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އޭގެ އިތުރުން ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ޑެވޮންޑޭލް 1 ލީޓަރު ކިރު ޕެކެޓް އަދި ބައްލަވައި ގަންނަވާ ކޮންމެ ހިކި ކިރު ޕެކެޓަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ކަޕް އެއް ލިބޭނެ ކަމަށެވެ. އެސްޓީއޯއިން ބުނީ އެ ކަޕް އަކީ ލިމިޓެޑް އެޑިޝަން ކަޕްތަކެއް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު