ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ސުހެއިލް އަހްމަދު އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސުހެއިލް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ކަމުން އިސްތިއުފާ ދެއްވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ސުހެއިލް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ކަމުން އިސްތިއުފާ ދެއްވި ނަމަވެސް ސަރުކާރުން ހިންގާ ބޮޑު މަޝްރޫއެއްގެ މަސައްކަތާއި އޭނާ ހަވާލުވާނެ ކަމަށް "ވަގުތު" އަށް މައުލޫމާތު ދެއްވި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ. ނަމަވެސް ސުހެއިލް ދެން ހަވާލުވާނެ މަސައްކަތާއި ބެހޭ އިތުރު ތަފްސީލެއް އޮފިޝަލް ނުދެއްވައެވެ.

ސުހެއިލް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ކަމަށް ފުރަތަމަ އައްޔަން ކުރީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައެވެ. އެހައިހިސާބުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް އޭނާ އެމަގާމުގައި ހުންނެވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުހެއިން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ކަމުން ވަކިކުރި ނަމަވެސް ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމުން ސުހެއިން 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހު ވަނީ އަލުން މެނޭޖިން ޑިރެކްޓަރ ކަމަށް އައްޔަން ކޮށްފައެވެ.

އެޗްޑީސީ އަކީ ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދޭ އެއްކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޙަސަނުލް

    ތީ އެއްވެސް ހިންގުންތެރި ކަމެއް ހުރި މީހެއް ނޫން ތާކު ހުރި ބޮލެއް

  2. ތައްޓޭ

    އެއީ ސަރުކާރަށް އާމްދަނީ ހޯދައިދޭ ކުންފުއްޏެއްނޫން އެއީ ސަރުކާރާއި ދިވެހި ރަށްޔިތުންނަށް އެތައް ޚިދުމަތަކާއި ފުރުސަތު ތަކެއް ކޮންމެ ސަރުކާރެއް އޮތަސް ފާޅުގައި ކޮށްދޭ ދިވެހި ދައުލަތުގެ %100 ކުންފުންޏެއް ....

    5
    4
  3. އޯ1އޯ

    ހިސާބުތަކު ކުދިންނަށް ހުޅުމާލޭ ބިންވިއްކާ ސޭޓު މީ!

    12
    • ރާއްޖެތެރޭ ސޮރު

      ދެން އަނެއްކާ ތިޔަ ކަހަލަ އެހެން މަގާމެއް ނުވަތަ ތިއަށް ވުރެ މުސާރަ ބޮޑު މަގާމެއް ދީ ސުހެއިލަށްވެސް. މީ ވެސް 65 އަހަރު ވިޔަސް ރިޓައާ ކުރަން ނުޖެހޭ މާލޭ ގަބީލާ ބޭފުޅެއްނު. އެހެންވީމަ ކަށްވަޅަށް ދާންދެން އޮންނާނެ މަގާމުތައް. އެންބަސީއަކަށް ތޯއްޗެ ލާނީ މީނަވެސް ދެން. ބަލަދު އަރާފައި ތިބި މީހުންނަށް އެބަޖެހޭ ނެތް މަގާމުތައްވެސް ހަދައިގެން ދޭން. ކިޔަވައިގެން ތިބި ސިޔާސީ ކަންކަމާ ނޫޅޭ މީހަކަށް ނެތޭ ރަނގަޅު ވަޒީފާ ގަނޑެއްވެސް ލިބެން ސޯލިހު ސަރުކާރުގެ ނުބައިކަމުން

  4. Anonymous

    އިސްތިއުފާ ދިނަސް ސޮހޮއިލު ހިންގާފައިވާ ޖަރީމާތަކަށް އަދަބުދޭންޖެހޭނެ.

    14
  5. ޝާމީ

    ނު އުފުލޭ ވަރު ދަރަނި ނަގާ ކުންފުނި ބަނގުރޫޓުވާވަރަށް ދަރަނި އަޅުވާނެ ކޮންމެވެސް ކުންފުންޏަކާއި ހަވާލުވާންވީ.

  6. ރިސާރޗް

    ސުހައިލު އަކީ ގާބިލު ބޭފުޅެއް ، ކަނޑު އޮތް ތަނެއް ހިއްކުމުން ފެށިގެން ، ބޮަަޑު އާބާދީ އަކަށް ފަހިވާ ގޮތަށް ހުރިހާ ހިދުމަތްތަކާއި އެކު ބޮޑު ސިޓީއެއް ބިނާކުރީ ސުހައިލުގެ ސީދާ ބެއްލެވުމުގެ ދަށުން. ސުހައިލު އަކީ އެޗް.ޑީ.ސީ އަށް ކުރިމަތިވި ވަރަށް ގިނަ ގޮންޖެހުންތަކަށް ޓެކުލު ކޮށް ހައްލު ހޯއްދެވި ގާބިލު އެމް.ޑީ އެއް ގުޑް ލަކު

    4
    1
  7. ކަމަނަ

    ވާވަރު ވީކަމަށް ލަފާކުރެވެނީ..

    13
  8. ވަގު

    ކާނެ ވަރައް ކައި ނިމުނީދޯ

    14
  9. ސޮހޮލު

    ސޮހޮލުގެ ތަށީގަ ފުދޭވަރަކަށް ހުރީކަންނޭގެ

    10
  10. ދިވެހި ދިދަ

    ބަލަ ވަޞީލަތް ހުރިތަނަކުންދޯ ގިނަޢާމްދަނީ ނެރެވޭނީ...ހުޅުމާލޭ ފ2 ގައުލޭރައްޔިތުން ފެލުން ސުހޭލުގެ ކަމަކީ އަވަހަށް އިސްތިެުފާދީފަ އެހެންތާކަށްދޭ

  11. މުޙައްމަދު

    މިވަގުތަށް ބަނޑު ފުރުނީ ދެއްތޯ މަނިކުފާން

  12. އމއ

    ކޭކަމެއް ނުކައިކަމެއް ނޭންގެ. އެކަމަކު ވަރަށް ދޮގު ހަދާ މީހެއްކަން އެނގޭ. އަމިއްލަ ތަޖްރިބާގައި މިހެން މިބުނީ!!!

  13. މުޙައްމަދު އަނަސް

    ސުހައިލު ވަކިވިޔަސް ސުހައިލުގެ ޒައާމަތުގައި މިސަރުކަރުން އެޗްޑީސީއިން ހިންގާފައި ހުރިބޮޑެތި ކޮރޮޕްޝަނާ ޖަރީމާތަށް ބެލޭނެދުވަސް އަދިއަންނާނެ. އެކަމަށް ސުހައިލު ޖަވާބުދާރީވާންވާނެ.

    އެޗްޑީސީ އެއީނަމެއްގަ އޮންނަތަނެއް. ހުޅުމަލޭގެ ހާލު މިހާރު ވަރަށްދެރަ. ވެހިކަލްތަކުން މަގުފުރާ ތޮއްޖެހެމުންދަނީ. މަގުތަކުގައި ބާވެ ހަލާކުވެފަހުންނަވެހިކަލްތަށް ތޮއްޖެހިފަ.