ޑޮލަރުގެ ދަތިކަން ހައްލުކޮށް ބޭރު ފައިސާ ރިޒާވް ހިފެހެއްްޓޭނީ ޑޮލަރުގެ ބޭންކު ރޭޓު 17 ރުފިޔާއަށް ބޮޑުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މަރަދޫގައި ހުންނަވައިގެން ވާހަކަ ދައްކަވަމަުން ރައީސް ނަޝީދު ވިދާޅުވީ، މިހާރު ރާއްޖޭގެ ބޭރުފައިސާ ރިޒާވް އޮތީ ކަންބޮޑުވާންޖެހޭ ހާލަތެއްގައި ކަމަށާއި، އެކަމަށް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ، މިހާރުވެސް ޑޮލަރުގެ އަގަކީ 17 ރުފިޔާ ކަމަށާއި، އެނޫން އަގަކަށް ޑޮލަރު ނުލިބޭ ކަމަށެވެ. އެހެން ކަމުން 15.42 ގެ ގޮތުގާ ރޭޓު ކަނޑައަޅައިގެން އަމިއްލަ ނަފްސަށް އޮޅުވާލުމަކީ ބޭކާރުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޑޮލަރު ބްލެކް މާކެޓްގައި ވިއްކުނީމާ ދެން ވާގޮތަކީ އެއިން ބޮޑު ފައިދާއެއް އެބަ ނެގޭ. އެހެންވީމަ އެކަމުގައި ކޮންޓްރޯލަށް އަނެއްކާ ވެސް އަޅުގަނޑަށް ފެންނަނީ ކަރަންސީ ފްލޯޓް ކުރަން. އެ ގޮސް އެ ހަގީގީ އަގެއްގައި އެ ހުންނަތަނެއްގައި ހުންނަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ޑޮލަރު ވިއްކާ އަގަކީ 17 ރުފިޔާ ކަމަށާއި، އެހެން ކަމުން ބޭންކު ރޭޓަކީވެސް އެއީކަމުގައި ކަނޑައަޅަން ޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ، މި ބަދަލާ ފިނޭންސް މިނިސްޓަރާއި ގަވަރުނަރުވެސް ދެކޮޅުކަމަށެވެ. މިއީ އެފަދަ ބަދަލެއް ގެންނަން ރަނގަޅު ދަނޑިވަޅު ނޫން ކަމަށް އެބޭފުޅުން ވިދާޅުވެފައިވާކަމަށާއި، ނަމަވެސް މިއީ އެބަދަލު ގެނައުމަށް އެންމެ ރަނގަޅު ވަގުތުކަމަށް އަމިއްލަފުޅަށް ގަބޫލުކުރައްވާކަމަށް ނަޝީދު ވިދާޅުވިއެވެ.

2008 ވަނަ އަހަރު ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއިރު ޑޮލަރުގެ އަގަކީ 12.75 އެވެ. އޭރު ބްލެކް މާކެޓްގައި 14 ރުފިޔާއަށް ޑޮލަރު ލިބެއެވެ. ނަމަވެސް ނަޝީދުގެ ސަރުކާރުން ވަނީ ޑޮލަރުގެ އަގު 15.42 އަށް މައްޗަށް ޖައްސާފައެވެ. އެއާއިއެކު ބްލެކް މާކެޓްގައި ޑޮލަރު ލިބޭ އަގު 17 ރުފިޔާ އަށް އަދި ބައެއް ފަހު އެއަށްވުރެ ވެސް މާމައްޗަށް ދަނީ އުފުލެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ހަސަން

    ލާރި އެކައުންޓްތަކުގައި މިލިއަނުން ހުންނަ މީހުންނަށް ޑޮލަރުގެ ރޭޓް 25 ރުފިޔާއަށް ބޮޑުކުރަން ފެނޭ.

    41
  2. ސަމާ މާލެ

    އެމްޑީޕީން ދިވެހި ރައްޔިތުން ބިކަ ކުރާނެ. ޑޮލަރުގެ އަގު 10 އެކަށް ދައްކުރާން ވީ. ނަސީދު އެހެރީ ވެރިކަމާ ހެދި މޮޔަވެސް. 2023 އެމްޑީޕީ އަކަށް ނުލިބޭނެ ކަން ޔަގީން.

    59
    2
  3. ކާފަ

    ހަމަ ބޮޑުކުރީ ބުލެކް މާރކެޓްގަވެސް އަގު ބޮޑުވާނެ، 17 ރުފިޔާއައް ހަދައިފިނަމަ ބުލެކް މާރކެޓުގަ 20 ރުފިޔާއައް ޑޮލަރެއް ޖެހޭނީ،
    ކުޑަކުދިންނައްވެސް އެވަރު އިނގޭނެ🙊🙊🙊

    66
  4. ރަބަރޭ

    ނަސީދު ކަލޭ ތިޔައީ ރާއްޖެއަށް ޖެހިފައިވާ ބޮޑު މުސީބާތެއް ކަލޭގެ ވެރިކަމުގައި ރާއްޖޭގައި ޑޮލަރު އަގުބޮޑު ކުރީ އޭގެ ސަބަބުން ބާޒާރުގައި މުދަލުގެ އަގު ބޮޑުވެގެން ދިޔައީ

    72
  5. މަރީ

    އަނެއްކާ އަނެއް ބަލާ. ކޮންމެ ފަހަރަކަު އަރައިފަ މިކަހަލަ ޖަރީމާއެއް ހިންގާ އެބައޭ

    67
  6. ާައަހުމަދު

    ނަށީދު ކަލެޔައް އެނގޭތަ އަހަރަމެން ގެ މުސާރަ 2008 ކާ ޖެހެން ދެން ޖަމާވީ ރާއްޖެ ބޭންކައްޑޮލަރުން،އެކަމަކު ކަލޭ އައި ގޮތައް އައިސް ރިސޯޓުން މުސާރަ ޑޮލަރުން ޖަމާނުކޮއް ރުފިޔާއިން ޖަމާކުރާށޭ ބުނިހިސާބުން ކަލޭމަތިން ރިސޯޓުގަ އުޅޭ ދިވެހިން ފޫހިވެއްޖެ.
    މިކަން ރަނގަޅު ކޮއް ދީބަލަ ދެންވެސް.އަހަރަމެން ވެސް ޑޮލަރު ބޭނުން ،އެކަމަކު ރިސޯޓުން ކިޔަނީ ސަރުކާރުން ނިންމާފަ އޮތް ގޮތޭ އެއީ ހަމަ ރުފިޔާއިން ނޭ މުސާރަ ދޭނީ.

    41
    2
    • ޙަަަހަ

      ނަޝީދު ކޮންމެ ކަމެއްކުރިއަސް ރިސޯޓްތަކުގައި އުޅެމީހުން ވޯޓުދެނީ ނަޝީދަށް ، އަނގަތެޅިދާނެ އަމަލަކުން ނުފެނޭ ، ވޯޓްގުނާއިރު އަހަރެމެންނަށްފެނޭ ، އެހެން ބަޔަކު ކިތަންމެ ބޮޑު ތަފާތުކޮށް އޮތަސް އެމްޑީޕީ ބުނާނެ ރިސޯޓް ފޮށިތައް ގުނަން ފެށީފަ އަސްލު ފެންނާނޭ ، ހަމަ އެހެން ތިބުނަނީ

      27
  7. އަޖާއިބެއް

    ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހެއް ބަހައްޓަވަންވީތޯ؟ އަހަރެން ހީކޮށްގެން މިހުރީ މިހާރު އެކަން މަނިކުފާނު ކޮށް ނިންމައިފި ކަމަށް.

    39
  8. ަސދަސދަސދ

    ފުދޭވަރަކަށް ހުސްވަގުތު ލިބިގެން ކުރާނެ ކަމެއް ނެތި، ދައްކާނެ ވާހަކަ ހުސްވެ ކޮސްގޮވަނިކަމަށް ފެނޭ

    43
  9. ރައް

    ކަލެއަށް ލިބޭ މުސާރަތަކާއި އިނާޔަތް ތަށް %50 ކުޑަކުރަން ޖެހޭ،،،

    57
  10. Anonymous

    މީނާ މިގައުމުން ބޭރުކުރަން ފެންނަނީ.

    53
  11. ޢަޙްމަދު

    ކޮއްމެ ޑޮލަރެއް ކާރީ އަލަމްގިރިއެއް ބަހައްޓާ.

    39
    1
    • މި

      އަސްތަޤްފިރުﷲ

  12. އަބްދޫ

    މާމޮޅުވާހަކައަކަށް ވެގެންތަ ތިވާހަކަ ތިކިޔަނީ ވެރިކަމަށް 2008 ގަ އައިއިރު 12/85 އަށް ޑޮލަރު ލިބޭ ވެރިކަމައައުމަށް ވީ ވައުދެއް 10 ރުފިޔާ އަށް ޑޮލަރު ހަދާދިނުން. މިވައުދު ފުއްދުމުގެ ނަމުގަ ޑޮލަރު ބޭންޑެއް 10/28 އާއި 15/42 ހަމަޖެއްސި އެއީ އަގު 10/ އަންނަގޮތަށް ހެދިއްޖެތާ އޭގެސަބަބުން ޑޮލަރެއްގެ އަގު 18/ އަށް ވުރެ މަތިވެގެން ދިޔައީ އެއަގުން މިމީހުން ފައިދާނެގި ތިލަފުށި ހިއްކަންހަވާލުވެފަ ހުރި ފަރާތަށް 52 މިމލިއަން ރުފިޔާ ދޭން ޖެހިގެން އެފައިސަ ދިން. ޑޮލަރުއަގު ބޮޑުވީ ޑޮލަރު ރިޒާވް ހުސްވެ އާމްދަނިއަށް ލިބޭ ޑޮލަރުވެސް ޑޮލަރުގެ ކަޅު މާޒާރަށް ނެރެން ފެށުމުން. މީނަޔާއި މީނަގެ މީހުން ޑޮލަރުގަ އުދުހުނީ އެހެން މިހުނަށް 18/ އަށް ވެސް ޑޮލރެއް ނުލިބޭ ގައުމުގެ ދަރަނި 3 އަހަރުތެރޭ
    28.5 ބިލިއަނަށްއެރުވި .ހަރުމުދާ ވިއްކި ބިދޭސީންގެ ޑިޕޮޒިޓްގާ ހުރި 11 މިލިއަންޑޮލަރުވެސް ނަގައިގެން ބޭނުންކޮށްލި މީނަގެ އިސްތިއުފަސިޓީ ކިޔާލީމައެގޭނެ ގައުމަށްގެއްލުންދިންކަން އެސްިޓީގަ އެބައޮތް އިތުރަށް ގެއްލުންދެވިދާނެތީ އިސްތިއުފަދިނީކަމަށް. ޑޮލަރުގެ އަގާ ބެހޭވާހަކަ ދެއްކުމުގެ މީނަގެގާނޫނީ ހައިސިއްޔަތަކީކޮބާ ؟

    18
    1
  13. ައަޙްމަދު

    އަހަރެން މިފަހަކަށް އައިސް އަބަދުވެސް ޑޮލަރު ގަންނަނީ 15.42 ނުވަތަ 16.00 އަށް. ވީމާ ނަޝީދު ތިޔަ ވިދާޅުވަނީ އިތުރު ފުޅެއް

    18
  14. މިސްޓާރ ޓޭ

    ނަޝީދު ރައިސް ކަމައް އެންމެ ފުރަތަމަ އެރިގޮތައްވެސް ހަލާކު ކޮއްލީ ރާއްޖޭގެ އިކޮނޮމީ، ޑޮލަރުގެ ބްލެކް މާކެޓް ވެސް ހުޅުވެން ޖެހުނީ ނަޝީދާ ހެދި. މަ ހިތައް އަރާ މީނަގެ ފުރަގަސް ފަރާތުން ހާދަ ލާރިއެއް އޮހޭތީޔޭ މީނަގެ ފަހަތުން މީސްމީހުން މިދުވަނީ.

    25
    1
  15. Anonymous

    ކުރީގައި ގޮވީ ވެރިކަން ހޯދަން އުޅުނުއިރު ޑޮލަރު އަގު 10 ރުފިޔާއަށް ކުޑަކުރާނަމޭ
    މީތަ ހެޔޮވެރިކަން ކޮށްދޭ ގޮތަކީ

    29
  16. މުޖޫ

    ނޫން. ޑޮކަރެއްގެ އަގު 100 ރުފިޔާއަށް ހަދަން ޖެހޭ.

    18
  17. ޏާޒްނި

    ޑޮލަރަށް ހަދަން ޖެހޭ ގޮތް ނިންމާނީ އެމްއެމްއޭ އާއި ފިނޭންސުން. މަޖިލީހުގެ ރައީސަކަށް ނޭނގޭނެ ޑޮލަރަށް ހަދަންޖެހޭ ގޮތެއް.

    32
  18. ޝީބޯ

    މިކަލޭގެ އަނެއްކާ ޱޮލަރާ ކުޅެގައްންވީދޯ. މިދެން އަހަރުމެނަށް ޖެހިފަވާ ބޮޱުވެގެވާ މުސީބާތެއް. މީނަގެކިބައިން އަހަރުން މިންޖުކުރަށްވާތޯ އެއްމެން ދުއާކުރަންވީ

    18
  19. ކެނެއްރޭ

    ހަމަ މީނަ ދޯ ވެރިކަމަށް އަންނަން ވީ ވައުދުތަކުގެ ތެރޭގައި ޑޮލަރެއް 10 ރުފިޔާޔަށް ކުޑަކުރާނަމޭ ބުނީވެސް!

    14
  20. ރެޓޭ

    ޑޮލަރުގެ އަގު ބޮޑުކުރާކަށް ނުޖެހޭ!

    16
    1
  21. ާވާނުވާ

    މިމީހާގެ އުދަގޫ މިގައުމައްވަރައްބޮދުވެޖެ އަގަނުތަޅާ ގޮޑިދުއްވަންދޭބަލަ..........

  22. Anonymous

    އަންނިގެ ވިސްނުންހުރީ ދިވެހިން ބިކަކުރަން. ފުރަތަމަ ވެރިކަމަށް އައިސް ޒަމާނުއްސުރެ 12.84 ގައި ހިފެހެއްޓިފައިހުރި އަދި ފަސޭހައިން އެއަގަށް ލިބޭ ޑޮލަރު ބޮޑުކުރީ 17 އަށް. ނަމަވެސް ޑޮލަރުގެ އަގުއޭރު މަގުމަތިން ލިބޭ ރޭޓަށް 15.42 އަށް ހިފެހެއްޓުމުން އެއަގު ހަމަޖެއްސީ. ޑޮލަރު ލިބުން ދަތިވެ ކަޅުބާޒާރަށް ދިޔައީ ޕާޓީ މީހުނަށްވެރިކަމަށް އައިގޮތަށް ޚަޒާނާ ދަވާލައި ޑޮލަރުކޮޅު ވަގަށް ނަގައި ބަހައިގެން. އަނެއްކާ ޔާމީނު ވެރިކަމަށް އައިސް ޑޮލަރު އަގު ކޮންޓްރޯލްކޮށް ޑޮލަރު ލިބުން ތިޔާގިކުރި. އަނެއްކާ އެމްޑީޕީ ވެރިކަމަށް އައިސް އެއްކޮށްފައިހުރި ޑޮލަރުކޮޅުވަގަށް ނަގައިފި. މިހާރުން ދެން ގޮވަނީ ޑޮލަރު 17 އަށް ބޮޑުކުރަން. ޑޮލަރު ނުލިބިގެން އުޅޭއިރު ހައްލަކީ އަގުބޮޑުކުރުންތޯ ނޫނީ ޑޮލަރުގެއަގު ހިފަހައްޓައިެން ޔާމީންގެ ސަރުކާގައި ހެދިހެން ކޮންޓްރޯލްކޮށް ގެން ޑޮލަރު ހަމައަގުގައި ފަސޭހައިން ލިބޭނެ ގޮތެއް ހެދުންތޯ.

  23. ހުސައިން މަނިކު

    އެމްޑީޕީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު މިކަލޭގެ ޑޮލަރުގެ އަގު ބޮޑުކުރޭ އެބަ. މި ކެރަފާ ނަޝީދަކީ މިގައުމަށް ޖެހިފަ އޮތް ބޮޑު ބލ އެއް. ކާނެ ވަރަށް ކައިފަ ޑޮލަރު އަގު ބޮޑު ކޮށްފަ ޖީއެސްޓީ ބޮޑު ކުރުން މީނަ ކުރާ ކަމަކީ، މީނަ އިނގިރޭސި ވިލާތައް އަރުވާލަން ވެއްޖެ މިހާރު

  24. އކްމެޑް

    ބަޔަކަށް ތުރާލެއް ޖެހޭނީ މިވަރަށް. ބަލަ މިއީ އެއްކަލަ ފްލޯޓް ކުރި މީހާއޭ. އޭރު ފްލޯޓް ކުރީމަ އަގު ހެޔޮވާނެއޭ ކިޔާފަ ބޭންޑެއް ހެދީ. ހެދީމަ ވީ ބޮޑު. ކޮބާ ހެޔޮވާނެއޭ ބުނި ހެޔޮވުން؟

    3
    1
  25. މޮޔަސޮރު

    މިގައުމަށް ޖެހިފައި ހުރި ބޮޑުކަމެއް. ކަލެއަށް ދައުލަތުން އެކައުންޓް ފުރާ ކޮންމެ މަހަކު ލާރިދިނަސް އަހަރެމެން ނިކަމެތިންނަށް ތިއީ ވަރަށް ބޮޑު ނިކަމެތިކަމެއް. ކޮބާ ލަދު ރައްޔިތުންގެ ޙައްޤޭ ކިޔަމުން ހިގަމުން ދާއިރު، އަހަރެމެން ގެ ޓްކެސް ފައިސާ ، ކަމެއްނުކޮށް ބަޑުއަޅާއިރު ހިތަކަށް އެއްޗެއްވެސް ނާރާ

  26. ކޮރަކަލި

    17 ކަށް ނޫން ހަދަންވީކީ27ހަދަންވީ

  27. ކޮއްކޮ

    ކޮއްކޮ ކުޅޭއިރައް ޑޮލަރު މައްޗައްދޭތަ