ދާދި ފަހުން މާލޭގައި ހުޅުވި "މައި ޗިކަން" އިން ވިއްކާ ކުކުޅުގެ ކޮމްބޯ ޕެކޭޖް ގިނަބަޔަކަށް ކަމުގޮސްފިއެވެ.

މާލެ ސަރަހައްދުގައި ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ މައި ޗިކަންގެ ކޮމްބޯ ޕެކޭޖްތަކުގައި މީރުކޮށް ތައްޔާރުކޮށްފައިވާ ކުކުޅާއެކު، ފަރާޓާ ނޫނީ ނާން ލިބޭނެއެވެ. އާއިލާ ނޫނީ ރަހުމަތްތެރިން ނޫނީ އޮފީހުގައި ތިބޭއިރު، އެންމެން އެއްކޮށް ކެއުމަކަށް އިންސާފްކޮށްލާނަމަ އޯޑަރު ކުރަންވީއެވެ.

މައި ޗިކަން ރެސްޓޯރެންޓްގެ ރަހަ މީރު ކުކުޅު ޕެކޭޖްތަކުގެ ތެރޭގައި ޕެރީ ޕެރީ ޗިކަން، ތަންދޫރީ ޗިކަން، ބާބަކިޔު ޗިކަން އަފްޣާނީ ޗިކަން އާއި ޗިކަން ޓިއްކާ އެވެ. އޭގެ ތެރެއަށް ފަހުން އިތުރު ކޮށްފައިވާ ކޮމްބޯއަށް މާ ހިނގާ ކަމަށް މި ވަނީ ފާހަގަވެފައެވެ.

ކުކުޅު ކޮމްބޯ ޕެކްގައި ބަޓަރ ޗިކަން، ހަތަރު ފަރާޓާ އަދި އެއް ކުކުޅާއި ބިރިޔާނީ ހިމެނެއެވެ. އަދި ޗިކަން ކުއާޓަރ ޕެކްއަށް ބަލާއިރު، ވަޓަރ ޗިކަން، ދެ ފަރާޓާގެ އިތުރުން ކުކުޅު ކުއާޓަރ އެެއް ހިމެނެއެވެ. ހުކުރު ކުކުޅު ޕެކޭޖަށް ބަލާއިރު، ކުކުޅު، ތިން ފަރާތާ އާއި އެއް ބަޓަރ ޗިކަން ހިމެނެއެވެ.

އެހެންކަމުން ހުކުރު ދުވަހު މެންދުރު ގަޑީގައި އާއިލާއެކު ކެއުމަށްވެސް މިވަރެއް ނެތެވެ. ހާއްސަކޮށް ބިޒީކޮށް އުޅޭ މީހުން، މިތަނުން އޯޑަރުކޮށްގެން ގޭގެ ސުފުރާ މަތި ފަޅު ފިލުވާލަންވީއެވެ.

މައި ޗިކަންގެ ކޮންމެ ކުކުޅު ޕެކޭޖެއްގައިވެސް ބޭނުން ކުރާނީ 1200 ގެ ކުކުޅެވެ.

މައި ޗިކަންގެ ކުކުޅު ޕެކޭޖްތައް މާލެ ސަރަހައްދުގެ ކޮންމެ ތަނަކަށްވެސް ޑެލިވަރީކޮށްދޭނެއެވެ. އޭގެ ތެރޭގައި ހުޅުމާލެ ފޭސް ދޭއްވެސް ހިމެނެއެވެ.

މައި ޗިކަންގެ ޕެކޭޖްތަކަށް އޯޑަރު ކުރުމަށް ގުޅާނީ 9420808 އެވެ. މައި ޗިކަން އިން އޯޑަރު ނަގަން ފަށާނީ ހެނދުނު 11:00 ރޭގަނޑު 11:30 އަށެވެ.