ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ގެ ލީޑިން ޔޮޓް މެރީނާ ރިސޯޓުގެ އެވޯޑު ކްރޮސްރޯޑް މޯލްޑިވްސް އަށް ލިބިއްޖެއެވެ.

އަދާރަން ސިލެކްޓް ހުދުރަންފުށީގައި ރޭ ބޭއްވި މި އަހަރުގެ ސަޓާ އެވޯޑުގެ ހަވަނަ އެޑިޝަންގެ ހަފްލާގައި ލީޑިން ޔޮޓް މެރީނާ ރިސޯޓްގެ ޝަރަފުވެރި އެވޯޑް ކްރޮސްރޯޑްސް އާ ހަވާލުކޮށް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

ރާއްޖޭގައި އެންމެ ތަފާތު ކޮންސެޕްޓަކަށް ހިންގަމުންދާ ކްރޮސްރޯޑްސް އަކީ އިންޑަސްޓްރީގެ އެންމެ މަތީ ހަރުފަތްތަކުގައި ކުރިއަރަމުން އަންނަ ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ މަންޒިލެކެެވެ.

މީގެ ކުރިންވެސް ކްރޮސްރޯޑްސް މޯލްޑިވްސް އާއި އެތަނުގެ ރިސޯޓްތަކަށް އެވޯޑްތަކެއް ލިބިފައި ވެއެވެ. އެގޮތުން ބައިނަލްއަގްވާމީ އެވޯޑްތައްވެސް މި ތަންތަނަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ކޮންޑޭ ނާސްޓް ޓްރެވަލާސް އެވޯޑްސް އާއި ވޯލްޑް ލަގްޒަރީ އެވޯޑްސް އާއި ބުކިން.ކޮމް އާއި ޓްރިޕް އެޑްވައިޒަރ އިން އަހަރަކު އެއްފަހަރު ދޭ އެވޯޑްތައް ފާހަގަކޮށްލެއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ފަހުކޮޅު ހުޅުވި ކްރޮސްރޯޑްސް މޯލްޑިވްސްގައި ލައިފްސްޓައިލްގެ ދެ ރިސޯޓެއް ކަމަށްވާ ކަމަށްވާ ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އާއި ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން ސައި ލޭގޫން މޯލްޑިވްސް ހިމެނެއެވެ. މި ދެ ރިސޯޓްގައި ތިބޭ ފަތުރުވެރިންނަށްވެސް ކްރޮސްރޯޑްސްގެ ދަ މެރީނާގެ ވަސީލަތްތަކާއި، ތަންތަނަށް ވަދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޯކާދި

    ރައްޔިތުންނަށް ދޯކާދީފައި ރައްޔިތުންގެ މުދަލުން ވިޔަފާރިކޮށްފައި އަދި މެޑެލް ޖަހާފައި ފަތްކޮޅު އަރުވާފައި ރައްޔިތުންނަށް މަލާމާތްކުރަނީ.

    • ނާޝާ

      މިރާއްޖެގައި ތިބޭ ގިނަ ރައްޔިތުން ތިބެނީ ބޮލުރޮދި ކޮށިފައި ކަމަށްވާއިރު ކަންކަން ދާނީ އެހެންތާ.. އެބަޔަކުގެ ނެތް ބުއްދިއެއް ކިހިނެތް ހިންގާނީ. ބުއްދި ނެތް ރައްޔިތަކު އަބަދުވެސް ތިބޭނީ ކޮންމެވެސް ބަޔަކުގެ މަޅީގައި ޖެހި އަޅުދާސްތު ކުރެވިފައި.