ދިރާގުގެ 34 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ތަފާތު ހާއްސަ އޮފަރތަކެއް ތާއަރަފްކޮށްފިއެވެ.

އެ ކުންފުނީގެ އަހަރީ ދުވަހުގެ މުނާސަބަތުގެ އިތުރުން ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ހުޅުވާލެވިފައިވާ މި 2 އޮފާރވެސް އޮކްޓޫބަރު މަސް ނިމުމާއި ހަމައަށް ކުރައަށްދާނެއެވެ.

އޭގެ ތެރެއިން ފުރަތަމަ އޮފަރ 125ޖީބީ އެންމެ 125 ރުފިޔާއަށް ލިބޭ އޮފަރ އެކެވެ. މި އޮފަރ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ނެގޭނެއެވެ. މި އެޑް-އޮން އެކްޓިވޭޓް ކުރުމުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭނެއެވެ.

ދެވަނަ އޮފަރ އަކީ އިތުރު ޑެއިލީ ޑޭޓާ އޮފަރއެވެ. މި އޮފާރގެ ދަށުން އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސަޅި ޑެއިލީ ޕްލޭންސްގެ ދަށުން ދެގުނަ ޑެއިލީ ޑޭޓާ ލިބޭނެއެވެ. ހަމަ ކުރިއެކޭ އެއްއަގެއްގައި ކަސްޓަމަރުންނަށް މިހާރު ކަސްޓަމަރުންނަށް ސަޅި 90 ޕްލޭންއިން ދުވާލަކު 2ޖީބީ ޑެއިލީ ޑޭޓާ، ސަޅި 150 ޕްލޭންއިން ދުވާލަކު 4ޖީބީ ޑެއިލީ ޑޭޓާ އަދި ސަޅި 210 ޕްލޭންއިން ދުވާލަކު 6ޖީބީ ޑެއިލީ ޑޭޓާ ލިބޭނެއެވެ.

މިހާރު މި ދެ އެޑް-އޮންވެސް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ދިރާގު އެޕް މެދުވެރިކޮށް ނެގޭނެއެވެ.

މީގެ އިތުރުން ދިރާގުން ވަނީ އެ ކުންފުނީގެ މީސް މީޑިއާގައި ޚާއްސަ ގުރުއަތެއްވެސް ތައާރަފުކޮށްފައެވެ. މީގެ ދަށުން ހަތް ނަސީބުވެރިއަކަށް 'އައުކޭ ޓްރޫ ވަޔާރލެސް އެއާރބަޑް' ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. މިގޮތުން ދިރާގުން އެބޭފުޅެއްގެ ދިރިއުޅުމަށް ގެނައި ފާގަތިކަމަކީ ކޮބައިކަން އެކުންފުނީގެ ފޭސްބުކް، ޓްވިޓާރ ނުވަތަ އިންސްޓަގްރާމް ޕޭޖުގައި ކޮމެންޓްކޮށްލައިގެން މި ގުރުއަތުގައި ބައިވެރިވެލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލްތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ގިނަ އަގުހުރި އޮފަރތަކަކާއިއެކު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު