އެލުމީނިއަމް އާއި ބިއްލޫރީގެ ހުރިހާ މަސައްކަތެއް އެއް ތަނަކުން ކުރެވޭނެ ގޮތް ހެދުމަށް ހިޔާރު ކުރަންވީ "ފަހި އެލުމީނިއަމް"އެވެ.

އެ ކުންފުނީގެ ވޯކްޝޮޕްގައި މިފަދަ މަސައްކަތް ކުރުމުގައި އުޅެނީ ތަޖުރިބާކާރު ބައެކެވެ. އެގޮތުން އެލުމީނިއަމް ދޮރާއި، ދޮރުފަތް އަދި އެކި ޑިޒައިންތަކުގެ ގޭޓް ދޮރު ހެދުމަށާއި، އަދި ފާހަނައިގެ ދޮރު ހެދުމަށް ފަހި އެލުމީނިއަމް ވަރެއް ނެތެވެ.

ފަހި އެލުމީނިއަމް އިން ތައްޔާރުކޮށްފައިވާ ގޭގެ ދޮރެއް

މި މަސައްކަތުގައި ވަރަށް ގިނަ ދުވަހުގެ ތަޖުރިބާ ހުރި އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި، އެ ކުންފުންޏާ ހަވާލުކޮށްގެން ރާއްޖޭގެ އެކި ރިސޯޓްތަކުގައި މަސައްކަތްތައް ކޮށްފައި ވެއެވެ. އަދި ބޮޑެތި އިމާރާތްތަކާއި، ހިޔާ ފްލެޓްތަކުގެ މިފަދަ މަސައްކަތްތައްވެސް އެ ކުންފުނިން ކޮށްފައި ވެއެވެ.

އެ ކުންފުނީގެ މަސައްކަތަށް މީހުންގެ ރިިވިއުސް

އެ ކުންފުންޏާ ހަވާލުކޮށްގެން އެފަދަ މަސައްކަތެއް ކުރާނަމަ ދީފައިވާ މުއްދަތު ތެރޭގައި ނިންމުމާއި، ރީތިވުމުގެ އިތުރުން، ފަރުވާތެރިކަމާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.

އަދި އެ ކުންފުނީގެ ކަސްޓަމަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބިއިރު، އެ ކުންފުނިން ދިން ޔަގީން ކަމަކީ ރަށުގައި ހުރެގެންވެސް ބޭނުންވާ ވައްތަރެއްގެ އެލުމީނިއަމް ދޮރު ހަދައިދީ، ބޯޓާއި ހަމައަށް ޑެލިވަރީވެސް ކޮށްދޭނެ ކަމެވެ. އެހެންކަމުން ޖެހޭނީ ކުރެހުން ވައިބާ ކޮށްލާށެވެ. އޭރުން އެ ކުންފުނިން އަގާއި، ކޯޓޭޝަންވެސް ފޯރުކޮށްދޭނެއެވެ.

ފަހި އެލުމީނިއަމް އިން ތައްޔާރުކޮށްފައިވާ ގޭގެ ދޮރުތައް

އޭގެ އިތުރުން، އެ ކުންފުނީގެ ވޯކްޝޮޕް އިން ކްލެޑިންގ ޝީޓާއި، އެލުމީނިއަމް އެސެސަރީސްގެ އިތުރުން، އެލުމީނިއަމް ޕްރޮފައިލް އަދި އެސްއެސް އިސްކުރު ހޯލް ސޭލް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

އެ ކުންފުނިން މި މަސައްކަތް ކުރުމަށް ހާއްސަކޮށް ހަދާފައިވާ ވޯކްޝޮޕް ހުންނާނީ ލިލީ މަގުގައި ހުންނާނީ ގ. ހިޔާދޮށުގޭ (ޕާކިސްތާން އެމްބަސީ) ކައިރީގައެވެ. އެ ކުންފުނީގެ ނަމްބަރަކީ 7776306 އެވެ.

އެ ކުންފުނިން ކޮށްފައިވާ މިފަދަ މަސައްކަތްތައް ފެންނަ ފޮޓޯޓައް، 30،000 އަށްވުރެ ގިނަ ފޮލޯވާސް ތިބޭ އެ ކުންފުނީގެ ފޭސްބުކް ޕޭޖް އިން ފެންނަން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު