ބަދިގެއަށް ބޭނުންވާ ސާމާނު އެއް ތަނަަކުން ލިބޭ، ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަޝްހޫރުކަން ހޯދާފައިވާ "ރެޑްސްޓަރ"ގެ މައި ފިހާރަ ފަރީދީ މަގު އެމްއެޗްއޭ މާޓް ކުރިމައްޗަށް ބަދަލުކޮށް، "ރެޑްސްޓަރ ރިސޯޓްވެއާ"ގެ ނަމުގައި އަލުން މިރޭ ހުޅުވައިފިއެވެ.

ރެޑްސްޓަރ މައި ފިހާރައިގެ ގޮތުގައި މީގެ 10 އަހަރުން ކުރިން ފެށިގެން ހިދުމަތް ދެމުން ގޮސްފައި ވަނީ ފަރީދީ މަގު ގަޑި ބުރު ކައިރީގައެވެ.

ރެޑްސްޓަރގެ ފިހާރަ ހުޅުވުން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ރެޑްސްޓަރ ވެގެން ގޮސްފައި ވަނީ ފާއިތުވެދިޔަ އަހަރުތަކުގައި އާއްމުންގެ މެދުގައި އާއި ވިޔަފާރި ވެރިންގެ މެދުގައި ވަރަށް މަގްބޫލު ފިހާރަައަކަށެވެ.

ރެޑްސްޓަރގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ، ރެޑްސްްޓަރ ފިހާރަ ބަދަލު ކުރުމުގެ މައިގަނޑު ބޭނުމަކީ ކަސްޓަމަރުންނަށް ފަސޭހަ ގޮތުގައި އެއްތަނަކުން ތަކެތި ބަލާލުމުގެ ފުރުސަތު ފޯރުކޮށްދީ، ޖާގައިގެ ގޮތުން ތަނަވަސް ތަނެއްގައި ވިޔަފާރި ފުޅާ ކުރުން ކަމަށެވެ.

ރެޑްސްޓަރ ފިހަރައިއިން ބަދިގެއަށް ބޭނުންވާ ސާމާނެއް އެއްތަނުން ލިބޭނެ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

"އަޅުގަނޑުމެން ދުނިޔޭގެ މަޝްހޫރު ބްރޭންޑްގެ އުފެއްދުންތައް ވަރަށް އަވަހަށް ތައާރަފް ކުރާނަން، އަދި ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި އެ ތަކެތި ލިބޭނެ ގޮތް ހެދުމަކީ އަޅުގަނޑުމެންގެ އަމާޒެއް."، އޮފިޝަލް ވިދާޅުވިއެވެ.

މި ފިހާރައިގައި ވިޔަފާރި ކުރުމަށް ދެ ފަންގިފިލާ ހުންނާނެއެވެ.

ރެޑްސްޓަރ ފިހަރައިއިން ބަދިގެއަށް ބޭނުންވާ ސާމާނެއް އެއްތަނުން ލިބޭނެ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ރެޑްސްޓަރ އަކީ ރިސޯޓްތަކަށާއި، އަދި ހޮޓެލްތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގައި ވިޔަފާރިވެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ވިޔަފާރިއެކެވެ. އޭގެ އިތުރުން، ގޭތެރޭގައި ހިފާ ގެންގުޅޭ ތަކެތި އެއް ތަނަކުން ލިބިދޭ، އާއްމުންގެ އިތުރުބާރު ހޯދާފައިވާ ވިޔަފާރިއެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ރެޑްސްޓަރގެ މި ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން ރޭގަނޑު 10:00 އަށެވެ.

ރެޑްސްޓަރ ފިހަރައިއިން ބަދިގެއަށް ބޭނުންވާ ސާމާނެއް އެއްތަނުން ލިބޭނެ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

މި އަހަރުގެ ކުރީކޮޅު ރެޑްސްޓަރ އިން ވަނީ ހުރިހާ މުދަލެއް އެއްތަނަކުން ދައްކާލުމުގެ ބޭނުމުގައި އޯކިޑް މަގުގައި ރެޑްސްތަރ ޝޯވރޫމްގެ ނަމުގައި ޝޯވރޫމެއް ހުޅުވާފައިވެއެވެ. އަދި މީގެ އިތުރުން، ރެޑްސްޓަރގެ އިތުރު ފިހާރައެއް ޗާންދަނީ މަގުގައި ވެސް ހިންގަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޟައި

    މަރުހަބާ

  2. މުހައްމަދު

    މުއިއްޒުގެ ބަނޑު މިހާރު ހިނދިއްޖެދޯ.. ޔާމީނުގެ ވެރިކަން ނިމުނީމާ ވިހެއީ ތޯއްޗެ..