ދިވެހި ރުފިޔާ ޑިޖިޓަލް ކަރަންސީއަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމެންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފި އެވެ.

މިއަދު މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި އެންވަރަމެންޓް މިނިސްޓްރީގެ 2021 ވަނަ އަހަރުގެ އަރަހީ ރިޕޯޓް ހުށަހަޅުމުން މިނިސްޓްރީން ބުނީ ދިވެހި ރުފިޔާ ޑިޖިޓަލް ކަރަންސީއެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެ މަސައްކަތާއި ގުޅޭ މާބޮޑު ތަފްސީލެއް މިނިސްޓްރީން ހާމައެއް ކޮށްފައެއް ނުވެއެވެ.

މިނިސްޓްރީން މިއަދު ހުށަހެޅި ރިޕޯޓްގައި ބުނެފައި ވަނީ 2021 ވަނަ އަހަރު 10 އިދާރާއަކުން ހަދާފައިވާ 12 އެޕްލިކޭޝަން ހޯސްޓް ކުރުމަށް 20 ސާވާ ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި މިދިޔަ އިރު 521 އިދާރާ އަކާ ޑޭޓާ ސެންޓަރު ގުޅާލާފައިވާނެ ކަމަށާއި ދައުލަތުގެ ކޮމްޕިއުޓަރު ވިއުގަ މެދުވެރިކޮށް ރައްކާތެރިކަމާ އެކު އެއް އިދާރާއިން އަނެއް އިދާރާއާއި ޑޭޓާ ހިއްސާ ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.

ޑިޖިޓަލް އެކްޝަން ޕްލޭންގެ ދަށުން ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ވަކި ހިދުމަތެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ގާނޫނުގެ ދެލިކޮޕީ އެކުލަވާލައި، ތަރުޖަމާ ކުރެވިފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ ސަރުކާރުގެ ތެރޭގައި ކުރެވޭ ސްޓްރަކް ޗާޑް މަސައްކަތްތައް އޮޓޮމޭޓް ކުރުމަށްޓަކައި މައިކްރޮސޮފްޓް 365 ތައާރަފްކޮށް 34 ކައުންސިލެއް ފިޔަވާ އެހެން ހުރިހާ ކައުންސިލެއްގެ މަސައްކަތްތައް ކްލައުޑަށް ބަދަލުކޮށްފައިވާނެ ކަމަށެވެ.

ސަރުކާރުން މިހާރު ކުރަމުންދަނީ ނޭޝަނަލް ސައިބާ ސެކިއުރިޓީ ގާނޫނެއް އެކުލަވާލާ، ނޭޝަނަލް ސައިބާ ސެކިއުރިޓީ އޭޖެންސީއެއް ގާއިމްކޮށް، އެ މަސައްކަތަށް ބޭނުންވާ މީހުން ހޯދުމުގެ މަސައްކަތަކާއި ސަރުކާރުގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި 'ޖެމްސް'ގެ އާ ވާޝަން އެއް ތައާރަފު ކުރުން ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.

އަދި އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސްކޫލުތައް، ހެލްތު ސެންޓަރުތައް އަދި ކައުންސިލްތައް ހިމެނޭ ގޮތަށް ސަރުކާރުގެ ހާހެއްހާ އިދާރާ އޮންލައިންކޮށް މަސައްކަތް ކުރެވޭ ވިއުގަ އަކުން ގުޅާލުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    މިހާރުވެސް ޑިޖިޓަލް ނޫންތަ؟ ފާޑުފާޑުގެ ސްކޭމް މެސެޖްތައް އެކި ނަންނަމުގައި ފޮނުވައިގެން އެކައުންޓުގައި ހުންނަ ؛ާރިކޮޅު އެބަ ގެންދޭ. ޑިޖިޓަލް ވާނީ އެހާވަރަށް

    17
  2. އައްޑުއަން

    ނާ ހަމަ ތެދެއްތަ؟ އެންމެ ފުރަތަމަ އައްޑޫ ނަމުން ސިޓީ ކައުންސިލް ތިޔަ އޮންލައިން ވިއުގައަށް ގުޅާލާފައި އެތާ ތިބި މުވައްޒަފުން ތަމްރީނުކޮށް ދެއްވާ އެހެން ނޫނީ މިފަހަރަކު ވޯޓެއް ނުދޭނަމު

    • ކިޔަވަދީ

      ރާއްޖޭގައި މިއުޅެނީ ތަމްރީނުގެ މައްސަލައެއް ނޫން. ކިތަންމެ ތަމްރީނެއް ދިނަސް ކިޔައިދިނަސް ބުނެދިނަސް މިހާރު ދިމާވެފައި އޮތް މައްސަލަ ހައްލު ނުވާނެ. ހައްލުވާނީ ހުރިހާ ތަމްރީނެއް ހުއްޓާލާފައި އަޚުލާގު ނަމަކަށް ކިޔާ އެއްޗެއް އެއީ ކޯއްޗެއްކަން އެނގުނު ދުވަހަކުން.

  3. ގުދުގުދާބެއްޔާ

    ހެހެހެހެ! މިހުރި ފެންވަރ ވާރު ޕޭމަންޓް ސިސްޓަމްގައި! ޕޭމަންޓެއް ހަދަން ރިކުއެސްޓް ކުރީމާ އެޕްރޫވް ލިބެންދެން 12 ގަޑިއިރު މަޑުކުރަންޖެހެނީ! ފާޑުފާޑު އެޕްލިކޭޝަން މެދުވެރިކޮއް ކިއު ނަންބަރު ނަގަންމިޖެހެނީ؟؟؟ މިއީ ތަރައްޤީތަ؟ މިއަށް ތަނައްގުއި ކިއިއްޔާ މާރީތިވާނެ! ބަލާލަބަލަ މިސާލަކަށް ޕޭޕޭލް ޕޭނަންޓް ސިސްޓަމް!

  4. 😡😡😡

    ނުބައިވެގެންވާ އެޖެންޑާއެއް. ބަަލާބަލަ ދަ ގްްރޭޓް ރީސެޓް

  5. ×އޒސެދެ

    ފޮނި ކެނޑޭނީ... ލައްކަ ދުވަހުން ތިކަން ވިޔަސް ވާނީ..ވާއިރު އެހާ ތަކުލީފު ޖައްސާނެ..ގެރޭ،،،