ރާއްޖޭގެ ބާޒާރުގައި އޮރެންޖެއްގެ އަގު ވަރަށް ބޮޑުތަކުން އަނެއްކާވެސް މައްޗަށް ޖެހިލައިފިއެވެ.

މާލޭގެ ބާޒާރަށް ބަލާއިރު، އޮރެންޖާއި އާފަލުގެ އަގު ވަރަށް ބޮޑަށް މައްޗަށް ޖެހިލާފައި ހުންނަތާ ފަސް ވަރަކަށް ދުވަސް ވެއްޖެއެވެ. އާފަލައި އޮރެންޖްގެ އަގު މައްޗަށް ޖެހިލާފައި ވަނީ ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުލިބުމުގެ ސަބަބުންނެވެ.

އެގޮތުން މީގެ ދެ ދުވަސް ކުރިން މާލޭގެ ބާޒާރުގައި 8ރ. އަށް ލިބެން ހުރި އޮރެންޖެއްގެ އަގު މިރޭ ބަލާލިއިރު، ހުރީ 12ރ، އާއި 13ރ. ދެމެދުގެ އަގެއްގައެވެ.

އަދި ފާހަގަކޮށްލަން ޖެހޭ ކަމަކީ ގިނަ ތަންތަނުން އޮރެންޖް ލިބެންވެސް ނެތް ކަމެވެ.

އާފަލުގެ އަގުތަަކަށް ބަލާއިރު، 7ރ. އާއި 12ރ އާ ދެމެދުގެ އަގަކަށް ވަނީ އުފުލިފައެވެ.

"ވަގުތު" އާ ކުރިން ވާހަކަދެއްކި ވިޔަފާރިވެރިއަކު ބުނިގޮތުގައި، މިހާރު ރާއްޖޭގެ މާކެޓްގައި އާފަލާއި އޮރެންޖް އެކަށީގެންވާ މިންވަރަށް ލިބެން ނެތުމުން، އެ ދެ ބާވަތުގެ އަގު މައްޗަށް ޖައްސާލާފައި ވެއެވެ.

އާފަލެއް 12ރ. އަށް، އޮރެންޖެއް 8ރ. އަށް، އަގުތައް އަތް ނުފޯރާ ފަށަށް!

އެ ވިޔަފާރިވެރިޔާ ބުނި ގޮތުގައި އާއްމުކޮށް އާފަލާއި އޮރެންޖް ކެރެޓް ދެކުނު އެފްރިކާއިން ގެންނައިރު، ކޮންޓެއިނަރު ބޯޓުތަކަށް ނުފުރި ދިގުލައިގެން ދިއުމުގެ ސަބަބުން ރާއްޖޭގެ ޑިމާންޑާ އެއްވަރަށް މި ތަކެތި ނުލިބިގެން އަގުބޮޑު ކުރަން ފެށީއެވެ.

ނަމަވެސް އޭނާ ކިޔާދިންގޮތުގައި، މިހާރު ބޯޓުތައް ރާއްޖެ އަަށް ވަނީ އައިސްފައެވެ. އެހެންކަމުން އެ މުދާތައް ނެރެވޭހާ އަވަހަކަށް މި މޭވާތަކުގެ އަގުތައް ދަށަށް ދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް

    އިބޫ ދެކޭ ގޮތުގައި ފަޒުނާ އާއި ޔަމާން އާއި ސާރާ ނޫނީ މޭވާ ކާނެ ކަމެއް ނެތެވެ. އަހަރުމެންގެ ވެސް ތިބެނީ ދަރިން ކަމެއް އިބޫ ނުދެކެއެވެ. ބޭނުން ވަރަކަށް އިބޫ ގެ ރަޙްމަތްތެރިންނަށް އަހަރުމެންގެ ލާރި ގަނޑު ބަހާލީމާ ރައްޔިތު މީހާ މޭވާ ކާނެ ފައިސާ އެއް ނުހުންނާނެއެވެ. ރައްޔިތުން މިތިބީ ކާނެ އެއްޗެއް ނެތި ބަނޑަށް ޖެހިފައެވެ. އިބޫ އާއި އިބޫ ގެ ދަރިންނަށް މުލީއާގޭ ކާ-މޭޒުމަތީ ގައި އޮރެންޖު އެބަހުރި ދޯއެވެ؟ އަހަރުމެންގެ ޙަރަދު ގައެވެ. އިބްރާ އަށް 15 މިލިއަން، ޤާސިމް އަށް 136 މިލިއަން، އެހެންގޮސް އިބޫގެ ގުޅުންހުރި އެންމެނަށް އިބޫ އަހަރުމެންގެ ލާރި ބަހާލީ ރައްޔިތުން ބަނޑަށް ޖައްސާފައެވެ. އިބޫގެ ނުބައި ނުލަފާ ކަމާއެވެ. ޔާމީން ޒިންދާބާދު!

  2. ފަހަރި

    ކިނބޫގެ ވައުދު ހެނދުނު ނާސްތާ ބުއްތައްޓެއް ދޮންކެޔެ ބިސްގަނޑު 2 ބަނޑުގަ އަރުބަ ގައަތީއްސުރެ ކުދިކުދި ހަދިޔާފޮޝިތައް ރައްޔިތުމީހާ ނޭވާހޮޅިން އަތްބާނާ ގޮހޮރުވެސް ދޮވެލަނީ އަދިވެސް 2 ބިސްޗޮއިސްއޭކިޔަނީ ކުރިމަތިނުލާ ފުރަގަސްލީމަ މަރަނގަޅުވާނެ

    14
    1
  3. ސަލްމާ

    ޝުކުރިއްޔާ، އިބޫ، ޝުކުރިއްޔާ އިންޑިޔާ، އިބޫ އެދޭ ގޮތަށް ލޯނު ދީ، ނޭޕާލަށް ހެދި ގޮތަށް މިޤައުމަށް ހަދާލަ ދެއްވާ. ޝުކުރިއްޔާ މޯދީބެ. ތީ މި ދިވެހި ޤައުމުގެ ނޫނު ގައިނު ކާފު ލާމު މީމް ނޫނު ޢިއްޒަތް ލިބިފަ ހުރި މިޤައުމުގެ ބާނީ.

    10
  4. އައިމަން

    ބާޒާރުގައި ތަކެތި މަދުވީމާ އަގުބޮޑުކޮއްގެން ވިއްކުމަކީ ހަމައެއްމެ ރަގަޅުގޮތެއްތޯ؟

    6
    2
  5. Anonymous

    އަވައްޓެރި އިންޑިޔާއިން ހެޔޮ އަގުގައި އޮރެންޖު ކޮޅެއް ގެނެސް ދެއްވުން އެދެން.
    އެއީ މިހާރު މީ އިންޑިޔާގެ ވަރަށް ގާތްބައެއްނު.
    މަސްދަޅު އަގުބޮޑު ކޮއްފައި ، މޭވާކޮޅުވެސް ފަޤީރުންނަށް ކެވޭ ގަރެއްނޫން.

    11
    2
  6. ފަސީލް

    އަދި އޮރެންޖެއްގެ އަގު 50 ރުފިޔާއަށްވެސް އަރާފާނެ.. ދެން އަގު ދަށްވާއިރުވާނީ އަނެއްކާވެސް 8 ރުފިޔާ ނުވަތަ 10 ރުފިޔާއަށް. މިއީ ވިޔަފާރިވެރިން ތަކެތީގެއަގު މައްޗައް ޖައްސަން ހިންގާގޭމެއް. ކޮންޓޭނަރު ނާންނާތީޔޯލަ އޮރެންޖުގެ އަަގު ބޮޑުވަނީ. އެކަމަކު ދެން ކޮންޓޭނަރު އަޔަސް ކުރީގަވިއްކިވަރަށް މި ވިޔަފާރިވެރިން އޭގެ އަގު ދަށެއް ނުކުރާނެ. ރައްޔިތުން ހަދަންވީ ގޮތަކީ ކޮންޓޭނަރުތައް އައީމަ ހަތަރު މަސް ވަންދެން އެއްވެސްތަނަކުން އޯރެންޖު ނުގަންނަންވީ. އޭރުން ގެނާހާ އޯރެންޖެއް ހަލާކުވެ އުކާލާހިސާބަށް ދިޔާމަ އޯރެންޖެއް 0.50 ލާރިއަށްވެސް ވިއްކަންފަށާނެ. މިގައުމުގެ ބަޔެއް ވިޔަފާރިވެރިންނަކީ ސާރިދޯޅަތަކެއްފަދަބަޔެއް.

    4
    1
  7. ބަބޫ

    ދެން ޖެނުއަރީގަ ޓެކްސް ބޮޑުވާއިރަށް އަނެއްކާ ބޮޑުކުރާނެ. މިކަން ކޮންޓްރޯލް ކުރެވޭނެ ވަރުގެ ފެންވަރެއް ސަރުކާރަކު ނެތް. ބޮޑުތަނުން ފެއިލް

  8. ވީޥާ

    ނިކަމެތި ރައްޔިތުން ހަނާވަނީ.. އިބުރާހިމު ވޯލުޓު ކަޕު ބަލަން ގޮސް ތަޅާބުރުވަނީ..

  9. ލުލު

    2023 ސޮރީ އިބުޫ

  10. ގަހާ

    އިބޫ އަށް ވޯޓު ލެވުނީތީ މިހާރު ވ ދެރަވޭ..

  11. ރައްޔިތު މީހާ

    އެހައްނުގަނޭ ފީވާން ގާތްވީމަ ވިޔަފާރިވެރިން ތެޅިގަންނާނެ

  12. ރަން ރީނދޫ

    މަހީކުރީ މި ސަރުކާރު އައީ މާ ލައްކަ އަގުހެޔޮވާނޭކަމަށް. މިމީހުންގެ ވާހަކަޔާއި،ދިމާ އިދިކޮޅަށް ކަންކުރަނީ. ނުކިޔަވާ ތަނެއް ދޮރެއް ނޭނގޭ މުރައްކަބު ސާލިބޭ ފައިބާ. ކޮންފަދަ ދުއްޕާން ގޮލައެއް.

  13. ރަދީފުލް ކުމާރު

    ރައްޔިތުންނޭ އޮރެންޖް ބޯއިކޮޓްކުރޭ. އޭރުން ޖެހޭނީ ހަމަބިމަށް ތިރިވާން.

  14. ޖުއްބާ

    13ރ ވެސް އަގުހެޔޮ. 30ރ އައް އޮރެންޖެއް އެރީމަ ދިވެހިންނައް އަފިހުން އެމްޑީޕީގެ އޯގާތެރިކަން އިނގޭނީ..

  15. ސުލައިމާން

    ކޮބާތަ މިކަންކަން ބަލަން ހުންނަ ފައްޔާޒު. ސްޓޮކް ނެތިއްޔޭ ކިޔާފައި ވިޔަފާރިވެރިން ހަމަ ބޭނުންވީމަ ބޭނުން އަގަކަށް މިގޮތަށް އަގުބޮޑުކޮށް ވިއްކާއިރު މި ފައްޔާޒު މީ ކީއްކުރާ މީހެއް. އޭނާގެ އޮފީހުން މިކަންކަން ބަލާ ފިޔަވަޅު އަޅަންޖެހޭނެ. ރައްޔިތު މީހާ އޮރެންޖެއް 13 އަށް ގަންނަތަން ބަލަން މިމީހުން މިތިބެނީ އަތް އުރާލައިގެން ހެވިފައި. މީދެން ބޮޑުވަރު.

  16. މަރީ

    މަޖުލީހުގައި ތިބިދިވެހި ރައްޔިތުންނަށް ގައްދާރުވެ އަމިއްލައެދުމުންފޯވެފަ ތިބި ބަޔަކު ލައްވާކުރުވި ގެއްލުން ދެނެވި އަމަލެއްގެ ނަތީޖާ މިފެންނަނީ