ރާއްޖޭގެ ބާޒާރުގައި އޮރެންޖާއި އާފަލުގެ އަގު ވަރަށް ބޮޑަށް މައްޗަށް އަރައިފިއެވެ.

މާލޭގެ މާރުކޭޓާއި، ބައެއް ފިހާރަތަކަށް ބަލާއިރު، އާފަލާއި އޮރެންޖްގެ އަގު ވަރަށް ބޮޑަށް ވަނީ މައްޗަށް އަރައިފައެވެ. އަދި ބައެއް ތަންތަނުގައި އޮރެންޖާއި އާފަލު ލިބެން ނެތް އިރު، އެހެން ތަންތަނުން ވިއްކަމުން ގޮސްފައި ވަނީ ހަލާކުވާން ކައިރިވެފައި ހުރި ތަކެތިކަން ފާހަގަކުރެވިފައިވެއެވެ.

މީގެ ކުރިން 4ރ. އާއި 5ރ. ދެމެދުގެ އަގަކަށް ދެމުން ގެންދިޔަ އާފަލުގެ އަގު މިހާރު ހުރީ 7ރ. އާއި 12ރ އާ ދެމެދުގެ އަގެއް ގައެވެ. އެގޮތުން ފެހި އާފަލުގެ އަގު ބައެއް ފިހާރަތަކުގައި 12ރ. އަށް ހުރިއިރު، ކޮންމެވެސް ވަރަކަށް ހަލާކުވެފައި ހުރި ފެހި އާފަލު ހުރީ 8ރ. އަށެވެ. އަދި ރަތް އާފަލުގެ އަގު ހުރީ 7ރ. އަށެވެ.

މާރުކޭޓުގައި ވިއްކަން ހުރި އޮރެންޖުތަކެއް. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އޮރެންޖްގެ އަގުތަކަށް ބަލާއިރު، މީގެ ކުރިން 3ރ. އާއި 4ރ. އާ ދެމެދުގެ އަގަކަށް ލިބެން ހުރި އޮރެންޖް މިހާރު ހުރީ 8ރ. އަށެވެ.

ބައެއް ފިހާރަތަކުގައި އޮރެެންޖް ހުރީ ވަރަށް މަދުންނެވެ.

"ވަގުތު" އާ ވާހަކަދައްކަމުން ވިޔަފާރިވެރިއަކު ބުނީ، މިހާރު ރާއްޖޭގެ މާކެޓްގައި އާފަލާއި އޮރެންޖް އެކަށީގެންވާ މިންވަރަށް ލިބެން ނެތީ ކަމަށެވެ.

"މާކެޓްގައި ނެތީ ހަމަ. މިހާރު ތިބި މީހުން އަގު މައްޗަށް ޖައްސާލައިގެން މި އުޅެނީ". އޭނާ ބުންޏެވެ.

މާރުކޭޓުގައި ވިއްކަން ހުރި މޭވާތަކެއް ކައިރީގައި ދެ މީހަކު މަޑުކޮށްލައިގެން. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އެމީހާ ބުނީ މިދިޔަ ހަފްތާއިން ފެށިގެން، އާފަލާއި އޮރެންޖް ލިބުމުގައި ވަރަށް ބޮޑަށް ދަތިތަކެއް ދިމާވެގެން އުޅޭކަން ފާހަގަވި ކަމަށެވެ. ނަމަވެސް ނޮވެމްބަރު ކުރީކޮޅުން ފެށިގެން އޮރެންޖާއި އަފާލު ލިބުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމެއް އުޅޭކަން އެނގުނު ކަމަށް އޭނާ ބުންޏެވެ.

އާދަޔާ ހިލާފަށް ބޮޑުކޮށް އާފަލާއި އޮރެންޖްގެ ރާއްޖޭގެ އެކި ފިހާރަތަކުން ލިބެން ހުރިއިރު، ވިޔަފާރިވެރިއަކު ބުނި ގޮތުގައި އާއްމުކޮށް އާފަލާއި އޮރެންޖް ކެރެޓް މި ގެންނަނީ ދެކުނު އެފްރިކާއިންނެވެ. ނަމަވެސް ކޮންޓެއިނަރު ބޯޓުތަކަށް ނުފުރި ދިގުލައިގެން ދިއުމުގެ ސަބަބުން ރާއްޖޭގެ ޑިމާންޑާ އެއްވަރަށް މި ތަކެތި ނުލިބިގެން އަގުބޮޑު ކުރަން ފެށީ ކަމަށް އޭނާ ބުންޏެވެ.

މާރުކޭޓުގައި ވިއްކަން ހުރި މޭވާތަކެއް ކައިރީގައި މީހަކު މަޑުކޮށްލައިގެން. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އެހެންވުމުން ނޮވެމްބަރު މަހުގެ ކުރީކޮޅު ރާއްޖެއަށް ވަންނަން ހުރި ކޮންޓެއިނަރު ބޯޓުތައް ވަރަށް ބޮޑަށް ލަސްވެގެން ދިއުމުން ތަކެތި ލިބުން ވަރަށް ބޮޑަށް ދަތިވީ ކަމަށް އޭނާ ބުންޏެވެ.

"އެކަމަކު މިހާރު ބޯޓުތައް އަތުވެއްޖެހެން އަޅުގަނޑަށް ހީވަނީ، އެހެންވީމަ އަގުތައް ތިރިވެގެން ދާނެ ކަމަށް ގަބޫލު ކުރެވެނީ"

އޮރެންޖެގެ އަގު މީގެ ކުރިން ކޭހެއްގެ އަގު އުޅެނީ 300ރ. އާއި 350ރ. އާ ދެމެެދުގެ އަގެއްގައެވެ. ނަމަވެސް މިހާރު ބާޒާރުގައި އޮރެންޖް ކޭހެއްގެ އަގު 1000ރ. އާއި 1200ރ. ދެމެދުގެ އަގަކަށް ވަނީ މައްޗަށް އަރައިފައެވެ.

މީގެ ކުރިން އާފަލު ކޭހެއްގެ އަގު އުޅެނީ 500ރ. އާއި 450ރ. އާ ދެމެދުގެ އަގެއްގައެވެ. ނަމަވެސް މިއަދު އަގުތަކަށް ބަލާއިރު 750ރ. އާއި 800ރ. ދެމެދުުގެ އަގަކަށް ވަނީ އުފުލިފައެވެ.

މާރުކޭޓުގައި ވިއްކަން ހުރި އާފަލުތަކެއް. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މިއަދު މެންޑަރިން ކޭހެއްގެ އަގު ވަނީ 850ރ. އަށް އަރައިފައެވެ.

އެ ވިޔަފާރިވެރިޔާ ބުނި ގޮތުގައި، އަލުވީގެ އަގު ވެސް ވަނީ ބޮޑުވެފައެވެ. އެގޮތުން މީގެ ކުރިން 15ރ. އަށް ކިލޯއެއް ލިބެން ހުރި އަލުވީގެ އަގު މިހާރު 20ރ. އަށް އްޗަށް ޖެހިލާފައިވާ ކަމަށް އޭނާ ބުންޏެވެ.

"ކޮންޓެެއިނާތައް ނެރުނީމަ ދަށަށް ދާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ ޝޯޓޭޖެއް އުޅެން ފެށީ ނޮވެމްބަރުން ފެށިގެން، އެންމެން އަތުންވެސް ހުސްވާން ކައިރިވެފައި، ޑިމާންޑް އޮތީމަ އަސްލު އަގުތައް މައްޗަށް ގޮސްގެން މި އުޅެނީ"

އިތުރު ވިޔަފާރިވެރިއަކު ފާހަގަކުރިގޮތުގައި، ޑިމާންޑާ އެއް ވަރަށް ސަޕްލައި ނުލިބިގެން ރައްޔިތުންނަށް ތަކެތި ގެނައުމަށް އެއާ ފްރައިޓް މެދުވެރިކޮށް އާފަލާއި އޮރެންޖް ފަދަ ތަކެތި ގެނެެސްގެން ދަނީ ވިއްކަމުންނެވެ. މިކަމުގެ ސަބަބުން ވެސް އަގު ބޮޑުވެ، އަގުތަކަށް ބަދަލު އައިސްފައިވެއެވެ.

ރާއްޖޭގައި އާއްމުކޮށް މިގޮތަށް ތަކެތީގެ އަގު ވަރަށް ބޮޑަށް މައްޗަށް ޖެހިލައެވެ. ހާއްސަކޮށް އެެއްޗެއް ހުސްވާން ކައިރިވުމުން، ނޫނީ ނުލިބޭހެން ހީވުމުން އަތްނުފޯރާ ފަށަށް ތަކެތީގެ އަގުތައް ޖައްސާލައެވެ. އެކަމަކު ތަކެތި ލިބުމާއެކު އަގު ވަރަށް ބޮޑަށް ދަށްވެގެން ދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

    މުލީއާގޭ ގައި ކޮންމެ އަގަކަށް ވިއްކިޔަސް އާފަލާއި އޮރެންޖު ހުންނާނެއެވެ. ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރިޔަސް އިބޫ އަށާއި ފަޒުނާ އަށް "އަހަރުމެންގެ ޖީބުން" ނެގާ ފައިސާއިން އޮރެންޖާއި އާފަލު ކާން ލިބޭނެއެވެ. ވީމާ އިބޫ ވިސްނާނެ ކަމެއް ނެތެވެ. އަދި ވެސް ޓެކްސް ބޮޑު ކުރާށެވެ. ރައްޔިތުންގެ ތެރެއިން ބަޔަކު މިހާރުވެސް އުޅެނީ އެއްއިރު ކައިގެންނެވެ. އިބޫ ވަރުގެ ނުބައިނުލަފާ ވެރިޔަކު ދިވެހިރާއްޖޭގެ ތާރީޙް ވެސް ނުދެކެއެވެ.

    102
    4
    • އަހުމަދު

      އާފަލެއް 10 ރުފިޔާއަށް ހުއްޓަސް 10000އަށް ހުއްޓަސް ވަގުން ނަގާނީ ހިލޭ. ވަގު އިބޫ ހާހެއް ނޫވާނެތާ އެހެންވީމަ

      69
      2
    • މުބީނު

      އަހަރުމެންގެ ޖީބުން ލާރި ނަގައިގެން ފަޒުނާ ކޮންމެ ކަމެއްވެސް ކުރީ. ރާނީ މަރުވިއްޔޭ ކިޔާފަ އިނގިރޭސިވިލާތަށް ގޮސް ހެސްކިޔާފަ ޝޮޕިންގ ކުރީ. ލަދުޙަޔާތް ކޮބާ ފަޒުނާގެ؟

      56
      2
    • Anonymous

      ސުވާލަކީ އެ ތަކެތި ގަތީވެސް އެހާ އަގުބޮޑުކޮށްތޯ..ބާޒާރުން ތަކެތި މަދުވާ އިރަށް 5 ގުނަ މައްޗައް ޖައްސަންޖެހޭހޭ؟.އަރަތެއް ކަހަލަ ކަމެއް..

  2. ހ ގދ ސ

    ދެން ފައިދާހުރި ކާނާ ކާށޭ ޑރ ނުބުނާތި،

    85
    1
  3. ޙަފޯ

    މިދާވަރުން ދަންޏާ މިސަރުކާރުން ބޮޑުކުރި %8 ޖީއެސްޓީއަށް އަމަލުކުރަން ފެށުމުން އާފަލެއް ހުންނާނީ 15 ނޫނީ 16 އަށް. އަންނަ އަހަރަކީ ރައްޔިތުން ހަނާވެ އިނދަޖެހި ފައިސާއަށް ޖެހުމުން ލާރިކޮޅެއް ދިއްކޮށްލައިގެން ވޯޓް ކައްވާލަން ރަނގަޅު އަހަރަކަށް ވާތަން މި ފެންނަނީ. ުުުުަު

    79
  4. އަލީ އަލީ

    ނުގަނެބަލަ ހުންނާނެ ރާކަނިމަސް ކެވިފަ

    66
    1
  5. ވިކިލީކްސް

    މިއީ ވިންޓަ މޫސުމުގެ ކޮޅުމައްޗެވެ. އާފަލާއި އޮރެންޖު އަދި މެންޑަރިން ގިނަ އަދަދަކަށް އުފެދޭ މޫސުމެވެ.
    ބޭރުގައުމުތަކުގައި ނުލާހިކު ތިޔާގި އެވެ.

    57
  6. ހުސޭނުބޭ

    އޯގާތެރި ސަރުކާރުގެ އޯގާތެރިކަން ގިރާފައި ރައްޔިތުންނަށް ތިއޮއް ބޯންދެނީނު

    64
    1
  7. ސާބަސް

    އެންމެ ތިރީގަ އިން ފޮޓޯގަ ހުރި އާފަލުތަކަކީ ގަސް ކާނާއަށް އަޅަން ވެފަ ހުރި އާފަލުތަކެއް. އެވަރުންވެސް 8ރ ޖަހާފަ އޭނީ.. މިވަރު ވާއިރުވެސް އަގު ބޮޑުކޮށްފަ ވިއްކަން ލާފަ. އަހަރެމެންގޭ ކުންނާރު ގަސްދޮށަށް ފަތިސް ގަޑީގަ ވެރިފަ ހުންނަ ފާ ކުންނާރުވެސް މިއަށްވުރެ ރަނގަޅުވާނެ.

    48
  8. އަހައްމަދޫ

    ދެން ބާރަށްއަތް ޖަހާފައިވެސް ތިއަގަށް ގަންނަން ޖެހޭނީ. މިއީ އިބޫ އާއި އައުވާނުން ނުވެގެން އުޅުނު ކަންތައް. އަހަރު އަދި ނުފެށޭ.

    47
    2
  9. ޒާ

    މީހުންނަށް ބޭނުން ޖެހޭވަގުތު ބިސް، ކަނޑުމަސް، ކަނޑޫދޫ މިރުސް ކަރާ ފަދަ ބައެއްތަކެތީގެ އަގު ބައެއް ދުވަސްވަރު ވަރަށް ބޮޑު ކުރެއެވެ. އަހަންނަށް އެއީ އެއްވެސް މައްސަލަ އަކަށް ނުވެއެވެ. އަގުބޮޑުވީމާ އެދުވަސްކޮޅު އެ އެއްޗެއް ނުގަންނަމެވެ. މިގޮތް ދިވެހިން އާދަކުރުމުން ބޭކާރު ފައިސާ ޚަރަދު ނުވާނެއެވެ.

    23
    4
    • ބަނޑުހަރު

      މޭވާނުގަނެ އަހަރެމެން ބަނޑުހިކޭމީހުން ކިހިނެތް ފާހަނަ ކުރަނީ.

      32
  10. މަހާރެހެންދި ފެނަޑޯލް ފާތުމަ އެޅި ވަގު މިސްކިތް ހުޅުމާލެ

    ޔާމިނު އާއި ފާތުމަނކާން ވެސް ސޭބް ޢާއި ނާރިނގު ލިބެން ހުންނާނެ.

    2
    44
    • މުބީނު މާރނީ

      ހެކި ދައްކާ. ފާތުން ދިން ކަދުރު ކަލޭމެންނަށް ލިބުނީ. މި 4 އަހަރުގަ ކަލޭމެންނަށް ކަދުރު ކޮޅެއްހާ ހިސާބު ވެސް ފަޒުނާ ދިންތަ؟

      56
      1
      • ހަހަހަ

        އޭރު ދިނީ ފާތުމަ އަމިއްލަ އަށް ގެނައި ކަދުރު ވިއްޔާ ފައުންޑޭޝަން އިން ކޮންމެ އަހަރަކު ބަހަންވީނު . ފާތުމަ ފައުންޑެޝަން އިން ހިތާނީ ކޭމްޕް ވެސް ބާއްވަންވީނުން. އޭރުވެސް ވަގުން ތިބީ މިހާރު ވެސް ވަގުން އުޅުއްވަނީ

        2
        4
  11. ލީލީ

    ނިކަމެތިން ފެލާ ސަރުކާރު ...

    47
    1
  12. ރިސްމީ

    ދެން ބަލަން ހުރޭ ވޯޓަށް. ކުޅިދައްކާލާނަން

    45
    2
  13. އހ

    ޓިޗަރުންގެ އިތުރުކުރި މުސާރައައް ވުރެން ބޮޑުވާނެ ހުރިހާ އެއްޗެހީގެ އަގު.
    މުސާރަ ބޮޑު ކުރުން އޭގެން އެއްވެސް މަންފާއެއް ނުކުރާނެ

    38
    1
  14. ރާކަނި ސައްތާރު

    ޥަގު ފާތުމަ ގެ ސަދަގާތް ފައުންޑޭސަނުގެ ދީލަތި އެހީ ތައް ކޮބާ

    2
    46
    • މުބީނު މާރނީ

      ފާތުން ކޮންއިރަކު ވައްކަންކުރީ؟ ފާތުން ކޮށްދިންކަމަކާ ގާތަށްވެސް ތިޔަ ފަޒުނާ އަކަށް ކަމެއް ނުކޮށްދެވޭ. ފާތުން ހިނގި މަގަކުންވެސް ފަޒުނާ އަކަށް ނުހިނގޭނެ.

      40
    • ނާހަމަ ތެދެއް

      ދަލު ބޭރުން ޖެހިގެން އުޅޭ ސޮރަކަށް ވާނީ

      18
  15. މާރުކޭޓު

    ދެން ހުރިހާ އެއްޗެއް ފީކޮއްފަ އުކާލާ އޭރުން ލިބޭނެ ގިނައިން

    30
  16. ހެ

    ރާކަނިމަސް ކާންދޭނަށް މިފަހަރު އިބޫއަށް.

    33
    2
  17. މަރީ

    އޯގާތެރި ސަރުކާރެއްކަމައް ދައުވާކުރާ ސަރުކާރުން ރައްޔިތުންނަށް ބަލާވެރިކަން ޖައްސަނީ

    33
  18. ހައްވާ

    ދެންނިކަން ވޯޓު ހޯދަން އާދެބަލަ..އާފަލު އާއި އޮރެންޖު ބަހަމުން އަޔަސް މިސަރުކާރައް ދޭނެ ވޯޓެއް ނޯނާނެ ރައްޔިތު މީހާ އައްވެސް ދުވަހެއް އަންނާނެ

    35
  19. ހަސަނު

    ކޮބާ ކޮޗިން ފެރީ؟/ ހަހަހަހަހަހަ. ޕާޓީ ކުދިން ބުނީ 0.50 ލާރިޔަށް ލިބޭނެ ކަމަށް... ވަގުން 2023 ގަ ހަމަ ބިމައް ތިރި ކޮއްލާނަން

    15
    • ކޮޗިން

      ކޮޗިން ފެރީން އެތެރެ ކުރަންބޭނުންވީ އިންޑިޔާ ސިފައިންނަށް ހަތިޔާރު. ޚަތިޔާރު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެތެރެ ކޮށްފި. އެނިމުނީ.

  20. މަމެން

    ވޯޓު ހޯދަން ބޭނުމިއްޔާ އާފަލެއް ހިފައިގެން އާދޭ ކެރޭނެތަ. ޥެރިކަމުގައި މިތިބަމީހުން ވޯޓު ހޯދަންށޭ ކިޔާފަ މަމެންގެ ގޯއްޗަށް ވަދެއްޖެއްޔާ ދުވަހަކުވެސް އެމީހުން ލަދު ނުގަންނަވަރަށް ލަދު ގަންނުވާލާނަމެވެ

    16
  21. ޒީރޯ ޓޮލަރަންސް

    ވަރަށް އާދައިގެ ކުޑަ ކޮފީ ދެތަށި މިއަދު ލިބުނީ -/54 ރުފިޔާއަށް.

    14
  22. އަލިފުޅު

    އެމްޑީޕީއަކީ ރާއްޖޭގެ ރައީތުންގެ ލޭބޯ ހައިވާނުންތަކެއް

    9
    1
  23. ވާދޫފަރު

    ޢަބްދުﷲ ހިނި އާދޭތަ؟ ހިނި އާދޭތަ؟ އާފަލެއް 10، 12 އަށް އަގު ޖެހުނީމަ ހިނި އާދޭތަ؟

    5
    2
  24. މިތުރާ.

    ކާއެއްޗެހީގެ އަގު އުޅެނީ މަތިވެގެން ގޮސް އަތްނުފޯރާފަށުގަ، މާލޭގެ ވިޔަފާރިކުރާތަންތަން ހުންނަނީ ބޮޑުއަގުގަ ކުލިދައްކަންޖެހޭ،،،އައްޑޫސިޑީގެ ގިނަފިހާރަތަކީ ކުލި އަގުބޮޑު ފިހާރަތަކެއްނޫން، ކާންބޯން ބޭނުންކުރާ އެއްޗިސް އުޅެނީ މާލެ އަށްތުރެން %60 އަގުމަތީގަ، މިކަމާވާ ބަޔަކު ނުތިބޭ ލިބޭމީހުން ކާންވީ ނުލިބޭމީހުން ނުކާންވީ،،،އެތާގަ މަސައްކަތް ކުރާ ލޭބަރުންގެ މުސާރަވެސް އުޅެނީ މާލޭގެ ލޭބަރުން ނަށްތުރެން %50ކުޑަކޮށް،،،ކާބޯތަކެތި އަގު މަތިވާއިރު މީހުންގެ މުސާރަ ބޮޑު ނުވޭ،،،،މަގޭ ސަރުކާރު، ވިސްނަނީ ފައިގެ ފަެިގެ ބޮޑު އިންގިލިން،،،،ދެރަކަމެއް،،،

  25. އަލަމްގިރި

    ވޯޓެއްގެ އަގު ކިހާވަރެއްވާނެބާ! ދިވެހިން ލާރިއަށް ވޯޓު ގަންނަން ރެޑީވެ! އޭރުން މުއްސަނދިވާނެ! ލާދީނީ ސަރުކާރުން ރައްޔިތުން ގެ ޖީބު ފުރާލާނެ! 4 އަހަރު ތެރޭ ލިވާތު ލާރި، ވަގުލާރި، ވެންޓިލޭޓަރ ލާރި، ކޮވިޑްލާރި، ބުރިޖު ލާރި، ޒިނޭ ލާރި، ރަލުގެ ލާރި، ބޭންކުތަކުން ލޫޓުވިލާރި، ބޭރުގައުމުތަކުން ސަލާންޖެހިލާރި، ލާރިޖެހިލާރި، މި ހުރީ ހުސް މި ސަރުކާރުން ރައްޔިތުމީހާގެ ޖީބަށް އަޅަން ހޯދިހާލާރި! ކިހާ އޯގާތެރި ފައްކާ މަސައްކަތްތަކެއްކޮށްގެން މިހުރީ ލާރި ހޯދާދީފައި! 2023 އަަށް ސޯލިހު ޒިންދާބާދު ހަމަ!

  26. އިއްބެ

    ހުރިހާ ބޮޑެތި އަބާދީތަކުގައި އަސާސީ މުހިއްމު މަޝްރޫޢުތައ ްހިންގާ ނިމުމުން ވެރިކަމަށް އައިސް ބޮޑު ދަރަނި ބަޖެޓެއް ކަނޑައަޅައިގެން ކުދި ރައްރަށުގައި ފެނަކަ އޮފީހެއް އަޅައި ފަޅު ފުންކޮށް މިކިޔަނީ އަހަރެމެންވަރަށް މަސައްކަތްކުރިބައެއްނުތިބޭނޭ. ބަލަގަ ޒަރޫރީ އެންމެ އާދައިގެ ކާނާވެސް އަގުބޮޑުވެ ލިބޭލާރިކޮޅުން ނުފުދެން ފެށީމާ ދެން އަހަރެމެން ދިރިއުޅޭނީ ކހިނަކުންހެއްޔެވެ. ޓީޗަރުންނަށް 20000، ޕްރިންސިޕަލްުންނަށް 35000 ރ ނަރުހުންނަށް 18000ރ ދިނަސް އިދާރީ މީހުންނަށް ދޭ 7000ރ އިން ހަމަ އެއްކަ އާފަލު ގަންނަން ޖެހެހީ އެއް އަގަށެވެ. ޓީޗަރުންގެ ދަރިން ކާއެއްޗެހި ކާތިބުންގެ ދަރިން ކާހިތެއްނުވާނެހެއްޔެވެ؟ 5 އެޑްމިން އޮފިސަރުން އެއްކޮށްލީމާވެސް ޕްރިންސިޕަލް ކުރާވަރަށް ހަމަ މަސައްކަތް ނުކުރެވެނީހެއްެޔެވެ؟ އެހެންޏާފަހެ 5 އެޑްމިން އޮފިސަރުންނަށް ލިބޭ މުސާރަ ޕްރިންސިޕަލަކަށް އެއްމަހުން ލިބެއެވެ. ޕްރިންސިޕަލްވެސް ތަކެތިގަންނަނީ ހަމަ އެޑްމިން އޮފިސަރު ތަކެތިގަންނަ ފިހާރައިން އެއްއަގަށެވެ. އެހެންވެ މަސްނިމޭއިރު އެޑްމިން އޮފިސަރު އޮންނަނީ 3000 ، 4000 ދަރައެވެ. ޕްރިންސިޕަކް ، ޓީޗަރުން އަތުގައި ފޮރުވަން 10000ރ އޮވެއެވެ. މިވަރުގެ ތަފާތުކުރުން ބޮޑު ސަރުކާރެއް ނުދެކެމެވެ. ހަމަ ރައްޔުތުންގެ ފައިސާއެވެ.