އިމާރާތްކުރުމުގެ ސިނާއަތުގައި އެންމެ ނުފޫޒު ބޮޑު އެއް ފެއަރ ކަމަށްވާ "ބިގް 5" ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވެއްޖެއެވެ.

އެސްޓީއޯ އިން ބުނީ އެސްޓީއޯއިން މި ފެއަރގައި އެގްޒިބިޓަރެއްގެ ގޮތުގައި ބައިވެރިވުމުގެ މަގްސަދަކީ އެސްޓީއޯ ކޮންސްޓްރަކްޝަންސްގެ ވިޔަފާރި ބައިނަލްއަގްވާމީ ބާޒާރަށް ފުޅާކުރުމުގެ ފުރުސަތު ފަހިކުރުމެވެ.

އެސްޓީއޯ މޯލްޑިވްސްެގެ ނަމުގައި މި ފެއަރގައި ގާއިމްކޮށްފައިވާ ސްޓޯލްގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވިއްކާ، ހިލަ ހިލަވެލި، ދަގަނޑު، ދަގަނޑު ހޮޅި، ފަތި ހޮޅި އަދި ޕްލައިވުޑާއި، ޝަޓަރިންގ ފިލާގެ އިތުރުން އެސްޓީއޯ ސިމެންތި ދައްކާލާފައި ވެއެވެ.

ޑިސެމްބަރު މަހުގެ 5 ން 8 އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޑުބާއީގައި ކުރިޔަށްދާ މި ފެއަރގައި ދުނިޔޭގެ 60 އަށްވުރެ ގިނަ ގައުމަކުން އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވެއެވެ. އަދި 150 އަވުރެ ގިނަ ގައުމުން ފެއަރގައި ބައިވެރިވެއެވެ.

"ބިގް 5" ގައި ހަތަރު ޓްރިލިއަން ޑޮލަރުގެ މިޑްލް އީސްޓް އޭޝިއާ ސަރަހައްދުގެ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން ބައިވެރިވެއެވެ. ކޮންސްޓްރަކްޝަން ދާއިރާގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާގެ ލީޑަރުންގެ މަޝްވަރާތަކާއި ކޮންސްޓްރަކްޝަން ދާއިރާގެ ތަފާތު ފޯރަމްތައް ވެސް މިފެއާގެ ތެރޭގައި ކުރިއަށް ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަމިއްޔާ

    މަޖާކަމެއް މިއީ..
    އެންމެ ހެއްވާ ކަމަކީ ބޭރުގެ ކުންފުންޏަކުން ރާއްޖޭގެ އެސްޓީއޯއަށް މުދާ ގެންނައިރުގަ، މިބުނި ބޭރުގެ ކުންފުނިވެސް ބިގް5 ގަ ބައިވެރިވި.