މޯލްޑިވްސް ލިވިންގ އެކްސްޕޯ 2022 ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބައިވެރިވެއްޖެ އެވެ.

ލިވިންގ އެކްސްޕޯ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 15،16،17 ޑިސެމްބަރު 2022ގެ ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. އެ އެކްސްޕޯ ކުރިއަށް ގެންދަނީ ދަރުބާރުގޭގަ އެވެ.

ލިވިންގ އެކްސްޕޯގައި އެޗްޑީސީގެ ސްޓޯލް ހުންނާނީ ދަރުބާރުގޭގެ ރަންނަބަޑޭރި މާލަމުގެ ސްޓޭޖުގައެވެ.

އެޗްޑީސީން ލިވިން އެކްސްޕޯގައި ބައިވެރިވެފައިވަނީ އެ ކޯޕަރޭޝަނުގެ ބިޔަ މަޝްރޫއެއްކަމުގައިވާ ތިލަފުށި މާސްޓާ ޕްލޭނާއިއެކު ސިނާއީ ވިޔަފާރިއަށް ބޮޑެތި ފުރުސަތުތަކާއި އެކީގަ އެވެ.

އެ އެކްސްޕޯގައި ތިލަފުށި މާސްޓާޕްލޭން ރަސްމީކޮށް އެޗްޑީސީއިން މިއަދު ވަނީ ލޯންޗްކޮށްފަ އެވެ.

ލިވިން އެކްސްޕޯ 2022 ގެ ތެރެއިން:-ވަގުތު އިމޭޖެސް:އަހްމަދް އަލީ

ތިލަފުށި މާސްޓާޕްލޭން ލޯންޗުކުރެވިގެން ދިޔުމާއިއެކު މާސްޓަރޕްލޭނާއި ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ސްޓޯލަށް ޒިޔާރާތްކޮށްލުމުން ލިބިގެންދާނެ ކަމަށް އެޗްޑީސީއިނަ ބުނެ އެވެ.

އެކުލަވާލެވިފައިވާ ތިލަފުށީގެ މާސްޓާޕްލޭންގައިވާ ގޮތުގެ މަތިން، ތިލަފުށީގައި ދިމާވެފައިވާ ބިމުގެ ޖާގައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ތިލަފުށީގެ ބިން ހިއްކުމަށް ވަނީ ނިންމާފައި ކަމަށް އެޗްޑީސީއިން ބުނެ އެވެ.

އެގޮތުން ސިނާއީ އެކި ބޭނުންތަކަށް ބޭނުންވާ ފަރާތްތަކަށް ބިން ގަތުމަށާއި ބިން ކުއްޔަށް ދުކުރުމަށް ފުރުސަތު ހުޅުވާލެވިގެންދާނެއެވެ.

އަދި ބިމުގެ ބޮޑުމިނުގައި 5000-35000 އާއި ދެމެދުގެ އަކަފޫޓުގެ ޕްލޮޓުތައް ހުންނާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.