ދިވެހި ރުފިޔާގެ އަގު ދަށަށް ދިއުން ހުއްޓުވަން ފައިސާ ޗާޕުކުރުން ހުއްޓާލަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ގޮވާލައިފިއެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 މައްދާގައި ހިމެނޭ ހ،ރ އަދި ބ ގައި ބަޔާންކޮށްފައިވާ މާއްދާތައް ސަސްޕެންޑްކޮށް ފައިސާ ޗާޕުކުރަން ފެށީ ކޮވިޑުގެ ތެރޭގައެވެ.

ނަމަވެސް ކޮވިޑްގެ ހާލަތު ނިމުނު ފަހުން ވެސް އެ މާއްދާތަކުގެ ސަސްޕެންޝަން އަދިވެސް އުވައެއް ނުލައެެވެ.

އެހެން ނަމަވެސް އެގޮތަށް ފައިސާ ޗާޕުކުރާނަމަ ރާއްޖޭގެ ފައިސާގެ އަގު ހިފަހައްޓަން އުނދަގޫވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެން ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގައި އޮންނަ ފިކްސް އެކްސްޗޭންޖް ރޭޓް ސިސްޓަމަކެވެ. އެހެންކަމުން ރާއްޖޭގެ ފައިސާގެ އަގު ހިފެހެއްޓުމަށް މަނިޓަރީ ޕޮލިސީތައް އިތުރަށް ވަރަށް ބޮޑަށް ހިފެހެއްޓުމަަށް އައިއެމްއެފްއިން ލަފާދީފައި ވެއެވެ.

ކޮވިޑާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިން މަދުވެ ރާއްޖޭގެ އިގްތިސާދު 33.5 ޕަސެންޓް އަޑިއަޅާލިއެވެ. އެހެން ނަމަވެސް ޑޮލަރަކަށް ޖެހޭ ރުފިޔާގެ އަދަދު އޭރުވެސް އޮތީ 15.42 ގައެެވެ.

އެކަމަކު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ރާސްލާފައި ދަނީ ވަރަށް ބޮޑަށް ދަށަށް ދަމުންނެވެ. ކުރިން 985 މިލިއަން ޑޮލަރުގެ ރިޒާވްގައި މިހާރު ހުރީ 695 މިލިއަން ޑޮލަރުގައެވެ. އަދި ބޭނުންކުރެވޭ ރިޒާވްގެ އަދަދު ވަނީ 100 މިލިއަން ޑޮލަރަށް ވުރެ ދަށްވެފައެވެ.

ރާއްޖެގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ދަމުންދާ އިރު އަވައްޓެރި ސްރީލަންކާ މިހާރު ވަނީ ބަނގުރޫޓުވެ އެގައުމުގެ ފައިސާގެ އަގު ވަނީ ވެއްޓިފައެވެ.

ރާއްޖެއިން ވެސް ހަރުދަނާ ފިޔަވަޅުތަކެއް ނާޅާނަމަ ލަންކާއިން ވީގޮތް ވެދާނެކަމަށް ދުނިޔޭގެ ބައެއް މާލީ އިދާރާތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ބުުނަނީ ރާއްޖެ ބަނގުރޫޓް ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަރީރާ

    ދައުލަތުގެ މާލީކަންކަން ހިންގުމުގައި ހަރުދަނާކަންގެއްލި ބޮއްސުންލީ އެކަމާއި ހަވާލުވެފައިވާ ފިނޭންސު މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރާއި ރައީސުލް ޖުމްހޫރިއްޔާ އަދި އެމްއެމް އޭގެ ގަވަރުނަރުގެ އިހުމާލުން ކަމުގައިވާއިރު މިއެންމެން ގެ މައްޗައް ދައުވާ އުފުލަން ޖެހޭ. މިކަމުން މިވެރިން ބޮލާލާޖަހައި ވަރިހަމަ ވެގަނެގެން ތިބެނާ ދީގެން ނުވާނެ.. މިއީ ރައްޔިތުންގެ އެތަކެއް ހައްގެ އެކުލެވޭއަދި ގައުމު ފުނޑިގެންދާވަރު ކަންކަން.

    16
  2. ޔާމް

    ދައުލަތުގެ މާލީ ހާލަތު ސަރުކާރުން ރައްޔިތުންނަށް ވަނީ އެހެންވީމާ އޮޅުވާލާފައިތާ ފާއިތުވެދިޔަ މަސްތަކުގައި.

    14
  3. ހުސޭނުބޭ

    އެންމެ މޮޅު މީހާ ހުންނާނެ ފައިނޭންސް މިނިސްޓަރުކަމުގައި. އައިއެމްއެފް އަށްވުރެވެސް އޭނަ މޮޅުވާނެ. ލޮލް

    18
  4. މުޖުތާޒު

    ޢައިއެމްއެފަށް ގޮންޖަހާފަ އަދިވެސް ރުފިޔާ މިބައިމީހުން ޗާޕުކުރުން ނުހުއްޓާނެ މިއޮތީ ސަރުކާރެޢް

  5. ކާފަބޭ2020

    އެއީ ތަންފޮޅާސާފްކުރާމީހާއަށްއޮޅިގެންލިޔެވުނުހާސަރެއް! ވީމާ، މިއޮޅޭސަރުކާރުން ހާސްވާކަށްނުޖެހޭނެދޯ؟

  6. ރަން ރީނދޫ

    އަނގަ އޮތިއްޔާ ކާޅެއް ނުކާނެ ދޯ ވަގުންގެ އަމީރު.

  7. އަބުދުﷲ

    ދަރަނިމައްޗައް ދަރަނިވެރިވެ އިސްނަގާ އުޅެން ލަދުގަންނަންޖެހިފަވާ ވާނެގިތެއްވާން ބައްސާލެވިފަ މިވާ ދިވެހިގައުމު މިއަހަރު މިފާސްކުރި 60% އިތުރު ބަޖެޓުގެ ސަބަބުން ދުވަހަކުވެސް ސަލާމަތް ނުވާ ވަރުގެ ނިކަމެތި ފަގީރު ކަމެއްގެ ތެރެއަށް މިގައުމުގެ އާމުން ވެއްޓިގެންދާނެ.!!!!! މިޔައްވުރެ ރަގަޅުވާނެ މިގައުމައް މެދުނުކެނޑި 1 އަހަރު ބޮންއަޅާ އިމާރާތްތައް މުގުރާ 50000 މީހުން މަރާލިޔަސް. !!!!!!!ސާލިހުގެ ސަރުކާރުގެ ސުންޕާކަމުގެ ބޮޑުކަމާއެވެ. !!!!!!