ރާއްޖެއަށް 33 އެއާލައިންއަކުން ދަތުރު ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އެއާލައިންތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ގިނަ އެއާލައިންތަކެއްވެސް ހިމެނެއެވެ.

އެގޮތުން އެންމެ ގިނައިން މިހާރު ރާއްޖެ އަށް ދަތުރު ކުރަމުން ދަނީ އެމިރޭޓްސް އެއާލައިން އާއި ގަތަރު އެއާވޭސްއެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނައިން ދަތުރުތައް ބާއްވަމުންދާ ސަރަހައްދަކީ ޔޫރަޕާއި މެދުއިރުމައްޗެވެ. އަދި އެންމެ ގިނައިން އެއް ގައުމަކުން އެއާލައިން އަންނަނީ ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މަގާމުގައި އޮތް އިންޑިއާއެވެ. އެ ގައުމުން ރާއްޖެއަށް ހަތަރު އެއާލައިންއަކުން އުދުހެއެވެ.

އޭޝިއާގެ އެކި ބައްރުތަކުގެ ގައުމުތަކުގެ ބޯޑަރު ހުޅުވަމުން ދިއުމާއެކު ގިނަ ގައުމުތަކުން ދަނީ ރާއްޖެ އަށް ދަތުރު ފަށަމުންނެވެ.

އެންމެ ފަހުން އޭޝިއާގެ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅާލާފައިވާ އެއް އެއާލައިންއަކީ އެއާ އޭޝިއާއެވެ. އަދި އެންމެ ފަހުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ އިޓަލީގެ ވެރިރަށް ރޯމްއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ދަތުރުކުރާ އެ ޤައުމުގެ ގައުމީ އެއާލައިން އިޓޭލިއާ ޓްރާސްޕޯޓޯ އެއިރޯއެވެ. އެ އެއާލައިނުން ކުރަނީ ސީދާ ދަތުރުތަކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 1,656,403 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 1,307,503 ޓޫރިސްޓުންނާ އަޅާ ބަލާއިރު އިތުރުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައްވާލި

    ކިތަންމެ ގިނައިން މީހުންއަޔަސް ލިބޭލާރިއެއް ތަރައްގީއައް ކުރެވޭހަރުދަނާ މަސައްކަތެއްނެތް ހައްތާވެސް ރައްޔިތުން އަތުން ދަމަނީ

    • އައްޔަ

      އެއީ ސޯލިބެއަށް ޖެހިފައި ހުރި ފަރުވާއެއް ނެތް ބައްޔެކޭ