ރާއްޖޭގައި އެންމެ މަޝްހޫރު ކޯސްޓް ކިރުގެ އަގު ވަރަށް ބޮޑުވެއްޖެއެވެ.

ކޯސްޓް ކިރު ފުލް ކްރީމްގެ 900 ގްރާމް ދަޅެއް މިހާރު ހޯލް ސޭލްކޮށް ކުރިން ވިއްކީ 141.67ރ. އަށެވެ. އެކަމަކު، މިހާރު އެ ވަރުގެ ދަޅެއް ހޯލް ސޭލް ކުރަނީ 154.58ރ. އަށެވެ.

މި ވައްތަރުގެ ކިރު ރާއްޖެ އަށް އިމްޕޯޓް ކުރާ ބީއެޗްއެމް އިން ވެސް ވަނީ ކޯސްޓް ކިރުގެ އަގު ބޮޑުކޮށްފައެވެ. އެގޮތުން ކޯސްޓް ކިރުގެ 400 ގްރާމްގެ އެންމެ ކުޑަ ދަޅު ކޭހެއް ދެން ވިއްކާނީ 1،710ރ. އަށެވެ. އަދި 900 ގްރާމްގެ ކޭހެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 1،855ރ. އަށެވެ.

ބީއެޗްއެމް އިން 1،800 ގްރާމްގެ ދަޅު ކޭހެއް 1،795ރ. އަށް ވިއްކާ އިރު، 2،500 ގްރާމްގެ ކޭހެއް ދެން ވިއްކުމަށް ހަމަޖެހިފައި ވަނީ 2،425 އަށެވެ.

ފުލްކްރީމް މިލްކް ޕެކެޓްގެ 800 ގްރާމްގެ ކޭހެއް ވިއްކާ އަގަކީ 1،380ރ. އެވެ. އަދި 2،250 ގްރާމްގެ ކޭހެއް ވިއްކާނީ 1،860ރ. އަށެވެ.

ކޯސްޓް ކިރަކީ ޖީއެސްޓީ ނަގާ ބާވަތެއް ނޫނެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި ކޯސްޓް ކިރުގެ އަގު މި ބޮޑުވީ ކޮވިޑާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ވެސް އެ ތަކެތީގެ އަގު ވަރަށް ބޮޑު ތަނުން އުފުލުމުންނެވެ.

ކޯސްޓު ކިރު އަގު ހެވީ އަދިވެސް "ލިބޭ" ގައި!

ރާއްޖޭގެ ފިހާރަތަކުގެ ތެރެއިން ރީޓެއިލްކޮށް އެންމެ އަގުހެޔޮކޮށް ވިއްކާ ފިހާރައަކީ "ލިބޭ"އެވެ.

ކޯސްޓް ފުލް ކްރީމް މިލްކް ޕައުޑާގެ 900 ދަޅެއް "ލިބޭ" އިން ދެން ވިއްކާނީ 168ރ. އަށެވެ. މީގެކުރިން ލިބޭއިން އެ ވަރުގެ ދަޅެއް ވިއްކާފައި ވަނީ 154ރ. އަށެވެ. ބީއެޗްއެމް އިން 1800 ގްރާމްގެ ދަޅެއް ހޯލްސޭލްކޮށް މީގެކުރިން ވިއްކާފައި ވަނީ 274.17ރ. އަށެވެ. އެކަމަކު، މިހާރު ވިއްކަނީ 299.17ރ. އަށެވެ. ލިބޭ އިން އެ ވަރުގެ ދަޅެއް ކުރިން ވިއްކާފައި ވަނީ 292ރ. އަށެވެ. މިހާރު ވިއްކަނީ 320ރ. އަށެވެ.

ކޯސްޓް ފުލް ކްރީމްގެ 2،500 ގްރާމްގެ ދަޅެއް ބީއެޗްއެމް އިން ހޯލްސޭލްކޮށް ކުރިން ވިއްކަނީ 371.67ރ. އަށެވެ. މިހާރު އެ ވަރުގެ ދަޅެއް ވިއްކަނީ 404.17ރ. އަށެވެ. ލިބޭ އިން އެ ވަރުގެ ދަޅެއް ކުރިން 398ރ. އަށް ވިއްކި އިރު، މިހާރު އެ ވަރުގެ ދަޅެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 430ރ. އަށެވެ.

އެ ވައްތަރުގެ 2،250 ގްރާމްގެ ދަޅެއް 285ރ. އަށް ކުރިން ބީއެޗްއެމް އިން ހޯލް ސޭލް ކުރާ އިރު، މިހާރު އެ ވަރުގެ ދަޅެއްގެ އަގަކީ 310ރ. އަށެވެ. ލިބޭ އިން އެ ވަރުގެ ދަޅެއް 298ރ. އަށް ރީޓެއިލްކޮށް ކުރިން ވިއްކި އިރު، މިހާރު އަގަކީ 330ރ. އެވެ.

އަށްސަތޭކަ ގްރާމްގެ ކޯސްޓް ފުލް ކްރީމް މިލްކް ޕައުޑާ ދަޅެއް 105.83ރ. އަށް ހޯލްސޭލް ކުރާއިރު މިހާރު ބީއެޗްއެމް އިން ދަޅެއް ވިއްކަނީ 115ރ. އަށެވެ. ލިބޭ އިން އެ ވަރުގެ ދަޅެއް ކުރިން 120ރ. އަށް ވިއްކި އިރު، މިހާރު އެ ވަރުގެ ދަޅެއް ވިއްކަނީ 130ރ. އަށެވެ.

ކޯސްޓް ފުލް ކްރީމް މިލްކް ޕައުޑާގެ 400 ގްރާމް ދަޅެއް ބީއެޗްއެމް އިން ކުރިން ހޯލްސޭލް ކުރީ 65.63ރ. އަށެވެ. މިހާރު އެ ވަރުގެ ދަޅެއް ވިއްކަނީ 71.25ރ. އަށެވެ. ލިބޭ އިން އެ ވަރުގެ ދަޅެއް 72ރ. އަށް ކުރިން ވިއްކި އިރު، މިހާރު އެ ވަރުގެ ދަޅެއް ވިއްކަނީ 80ރ. އަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަ

    ކޯސްޓު ކިރު ކަމަކުމުދޭ މިހާރަކު!! ގިރިޔަސް ހުންނަނީ ހުސް ކުނޑި

    10
    2
    • Anonymous

      ކޯންޗެއް ރަނގަޅީ؟ އަހަރެން ވަކި ރަގަޅު ތޯ ބަލަން ބޭނުން.

      4
      1
  2. ހޮއްކޮ

    ސަރުކާރު ތަކުން ޖީއެސްޓީއާއި ކުޅުމުގެ ނަތީޖާ މިފެންނަނީ

    9
    3
  3. Anonymous

    އަހަރެން ބޮނީ ދިޔާ ކިރު. ހިކިކިރުގަ އޮކްސިޑައިޑައިޑް ކޮލެސްޓްރޯލް ހުރެއޭ ކިޔާތީ.

  4. ބީއެޗްއެމް ގެ ވިޔަފާރި ބަނގުރޫޓު ވެދާނެ

    ފައިސާ އިތުރު ކުރުމުގެ ދަހިވެތި ކަމުގައި ދުވަސްދުވަސް ކޮޅުން މިމީހުން ކޯސްޓް ކިރުގެ އަގު ބޮޑު ކުރަމުން ގޮސް މިހާރު ރަނަށްވުރެ ކޯސްޓް ކިރުގެ އަގު ބޮޑުކޮށްފި އެވެ. ކޮވިޑްގެ ސަބަބުން އެއްޗެހީގެ އަގު ބޮޑުވިއްޔާ ވާނީކީ ދުނިޔޭގައި ކޮވިޑް ބަލި މައިތިރިވެ ކުރިން ބަންދުކުރި ވިޔަފާރީގެ ދޮރުތައް ހުޅުވުނީމަކާއެއް ނޫނެވެ.

  5. ޑެނީ

    އިބުރާހިމް ޖީއެސްޓީގެ ގޮތުގައި ބޮޑުކުރި އަށް ޕަސެންޓް މިއޮއް ފެންނަން ފެށީ ޖީއެސްޓީ ނުނަގާ އެއްޗެއްގެ އަގު ބޮޑު ކޮއްފައި ބޭރު މާރކެޓް އަގު އެރީ އޭ ކޮވިޑޭ ނުކިޔާ

  6. ދަރަނި ދަންތުރަ

    ސޯލިބޭ ބުނީ ޓެކުސް ބޮޑުކުރިޔަސް ތަކެތީގެ އަގުބޮޑު ނުވާނޭ އެއީ އޭނަ ވިއްކާ އެއްޗެއްގެ އޭނަޔަކީ ވަގަށް ބަގުރާ ވިއްކި މީހެއް ، ފެށުމަކީ ވަށްކަން ނިމުން މިއަންނަނީ ވެސް ވަށްކަމުން ، އިރާދަކުރެއްވިއްޔާ 2023 ރިޔާސީ އިންތިހާބުގައި މީނަ ކަސްތޮޅު އަޅުވާނަން

  7. ފަހަރި

    ކޯސްޓަށް ނޫނެކޭ ބުނެބަލަ