އައްޑޫ ސިޓީގެ ހަންކެޑެ ސަރަހައްދުގައި ކުރިއަށް ގެންދަން ނިންމާފައިވާ އިންޓެގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓު ކަމަށް ބުނެ އެތަނުގެ ޑިޒައިން އޮންނާނެ ގޮތުގެ ފޮޓޯތަކެއް ހުކުރު ދުވަހު ހެނދުނު ސަރުކާރުން އާއްމު ކޮށްފިއެވެ.

މަޝްރޫއުގެ ތަފްސީލް ހާމަނުކޮށް މިއަދު ހެނދުނު މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން އާއްމުކުރި ފޮޓޯތަކާއިއެކު ކުރި ޓްވީޓްގައި ބުނެފައި ވަނީ ހަންކެޑެ އިންޓެގްރޭޓެޑް ޕްރޮޖެކްޓްގެ ސަބަބުން އައްޑޫ މުޅިން ތަފާތު އައްޑޫ ސިޓީއަކަށް ބަދަލުވެގެން ދާނެ ކަމަށެވެ. އަދި މިއީ އައްޑޫ ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުސަތުތަކާއި ކުދި ވިޔަފާރިތައް ފުޅާ ކުރަން ލިބޭނެ ފުރުސަތެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ހަންކެޑެ މަޝްރޫއުގެ ފޮޓޯތަކެއް ސަރުކާރުން އާއްމުކޮށްފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓް ލުން ފެށެން 24 ގަޑިއިރަށް ވުރެވެސް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.

ހަންކެޑެ ސަރަހައްދަކީ ބިދޭސީންނަށް ވިއްކަން ގެދޮރު އަޅާނެ ސަރަހައްދެއް ކަމުގައި ކަނޑައަޅައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވީ 2021 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ. އެ ގަރާރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޓުއަރިޒަމާއި ބެހޭ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އައްޑޫ ސިޓީގެ "ހަންކެޑެ" ސަރަހައްދަކީ ސަރުކާރުގެ ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަކާއި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރާ ސަރަހައްދެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ނަމަވެސް އެގަރާރު ނެރުން ފިޔަވައި އެސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީ ކުރަން ސަރުކާރުން ކުރި އެއްވެސް ކަމެއް އަދި ފެންނާކަށް ނެތެވެ.

ސަރުކާރުގެ އަމާޒަކަށްވެފައި އޮތީ ލޯކަލް ޓޫރިޒަމްގެ ތެރެއިން ފަސް އަހަރުގެ ތެރޭގައި އައްޑޫގައި 8،000 އެނދު ތަރައްގީކުރުމެވެ. ނަމަވެސް އަދި މިސަރުކާރު އައި ފަހުން އައްޑޫގައި އާއެއްވެސް ރިސޯޓެއް ނުހުޅުވެއެވެ. ކުރިން އައްޑޫގައި ހިނގަމުން އައި ދެ ރިސޯޓް ވެސް މިހާރު ބަންދުކޮށްފައި އޮންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އައުޓް

    ރައީސް އިބޫ އައުޓް ވަގު އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ޖޭޝަންކަރު ބޮޑު ވަގު އައުޓް ރައީސް އިބޫ އައުޓް ވަގު އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ޖޭޝަންކަރު ބޮޑު ވަގު އައުޓް ރައީސް އިބޫ އައުޓް ވަގު އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ޖޭޝަންކަރު ބޮޑު ވަގު އައުޓް ރައީސް އިބޫ އައުޓް ވަގު އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ޖޭޝަންކަރު ބޮޑު ވަގު އައުޓް ރައީސް އިބޫ އައުޓް ވަގު އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ޖޭޝަންކަރު ބޮޑު ވަގު އައުޓް ރައީސް އިބޫ އައުޓް ވަގު އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ޖޭޝަންކަރު ބޮޑު ވަގު އައުޓް ރައީސް އިބޫ އައުޓް ވަގު އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ޖޭޝަންކަރު ބޮޑު ވަގު އައުޓް

    20
    1
  2. ކިނބޫ

    ވޯޓާއް ދެދުވަހައް ވީމާ ފޮޓޯގަނޑު ދައްކައިގެން މޮޅުވެބޭނެކަމައް ހީނުކުރޭ. ވޯޓުލާ މީހުންވެސް އިބޫއައް ޕޮޓޯގަނޑެއް ފޮނުވާފަ ނިންމާލާ. ވޯޓެއް ނުލިބޭނެ

    23
  3. Anonymous

    އައްޑޫ މީހުން ހެއްލޭނެކަން މާޒީއަށް ބެލީމައެގޭ!!

    26
    1
  4. ޙަަަހަ

    އައްޑޫ އެކަނިތޯ ، ހުޅުމާލެ ފޭސް 2 ގެ ބީޗްފަޅި އެއޮތީ މިހަފްތާގައި ބަހާލާފަ ، ރައްޔިތުންނަށް އެނގޭބާ ، މުޅިއެތަނުން އެއޮތީ ކޮންމެސް ބަޔަކަށް ގޯތިބަހާ ، ލޮޓް ނަމްބަރ ޖަހާފަ ، ޒިންމާދާރު މީޑިއަރތަކުން ގޮސްބަލާބަލަ ، މީ ބޮޑުޖަރީމާއެއއ

  5. ހައުދަހައި

    މިހާގިނަ ތަރައްގީއައީމަ އައްޑޫދެން ކުރިއަރައިފިއެެއްނުން.. ދެން އައްޑޫއަށް ކިޔަންވީ ޔުނޭޓެޑް ސުޓޭޓްސް އޮފް އައްޑޫ އޭ.

  6. ރަން ރީނދޫ

    އަންނާނީ އަންނަނީ. ރިސޯޓް އަންނަނީ. ޕައުންޑް އަންނަނީ. ބުރިޖް އަންނަނީ، ގޭ ދޮށުގައި މަސްފެކްޓަރީ އަންނަނީ. ވީހާ ކުއްޖާ ގެ ހަދިޔާ ފޮށި އަންނަނީ. 400 މަންޒިލުން ފުލައިޓް އަންނަނީ.

    11
  7. ޙާދިސާބޭބެ

    އައްޑޫ މީހުން ޚައްސަކޮށް ހިތަދޫ މީހުންގެ ބޯކާލެވޭނެ ވަރަށް އަވަހަށް މިރަށުގެ 85% މީހުން ނަކީ ނޭފަތު ކުރިއަށް ވިސްނާމީހުން!

    10
    1
  8. ރަވީނާ

    ތިޔަރައްގީ ކަޑަޖެހުން ކޮންމެފާހަގަޖަހަންޖެހޭދުވަސްކާރިވުމުންފެނޭ
    އެއީހުވަފެނީދުނިޔެއަށްދާންއުޅޭމީހުންނަށްފެންނަގޮތް ހަގީގަތެއްނޫން
    ތިތަރައްގީއައުމާއިއެކުނަންބަދަލުކޮށްލާނީ "މިލްޓްރީސްޓޭޑްސްއޮފްއައްޑޫ"
    ޑިމަގްރަސީގެލާމިސޭލުނަމޫނާމިތިނުންފެއްނާނެ