އައްޑޫސިޓީގައި ހުންނަ ގަން އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްޤީ ކުރުމަށް އިންޑިޔާ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއަައިއޭ) އިން ބުނާގޮތުގައި ގަން އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއު ހަވާލުކުރެވުނީ އިންޑިއާގެ ރެނާޓާސް ކުންފުންޏާ އެވެ.

މިކުންފުންޏަކީ ރާއްޖޭގައި މިހާރުވެސް އޮޕަރޭޓް ކުރަމުންދާ ކުންފުންޏަކަށްވާތީ މިމަސައްކަތް ލަސްނުވެ ފެށޭނެ ކަމަށް އޭއައިއޭ އިން ވަނީ ބުނެފައެވެ.

ގަން އެއާޕޯޓަށް 80 އަހަރު ފުރުމުގެ މުނާސަބަތުގައި ގަމުގައި މިއަދު ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން އޭއަައިއޭގެ ޗެއާމަން އަޒާން އަހުމަދް ޒުހެއިރު ވިދާޅުވީ ގަން އެއާޕޯޓް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތަ ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

އަދި މީގެ ދެތިން ހަފްތާ ކުރިން އިންޑިޔާގެ ރެނާޓަސް ކުންފުންޏާ މިމަސައްކަތް ހަވާލުކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިމަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް އިތުރަށް ބޮޑުކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމު ކުރެވިގެންދާނެއެވެ. އަދި އެއާރޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާ އެކީ ކާގޯ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރާނެ ކަމަށް އޭއަައިއޭގެ ޗެއާމަން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ގަން އެއާޕޯޓް ތަރައްގީކުރެވުމުން ދެކުނު އިގުތިސާދީ ހަބަކަށް ވާނެ އެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެގޮތުން އެ އެއާޕޯޓަށް 17 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވާ އިރު، އެތަން ތަރައްގީ ކުރަން ނިންމާފައި ވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާދަލޭކް

    މިހާރު ރާއްޖޭގެ ހުރިހާ ކަމެއްވެސް ކުރަން ތިބި ބަޔަކީ އިންޑިޔާ.ދެއން އެހެން އެއްވެސް ބަޔަކަށް ނޭގޭނެ ކަމެއް ސާބަސް ރާއިސް

  2. މަބޭ

    އިންޑިއާއިން މިސަރުކާރުގެ ކަރައްމެހިމަޅި އެއްދުވަހުން އަނެއްދުވަހައް މިދަނީ ބާރުކުރަމުން މިކަމުގެހިތިރަހަ ރައްޔިތުންގެ ކަރުބުޑުުގަ ލާދުވަހު މިވެރިކަމުގަ މިތިބަ އެކަކުވެސް މިގައުމަކުނުތިބޭނެކަމީ ޔަގީންކަމެއް

  3. Anonymous

    އިންޑިޔާ އިންޑިޔާ🥸

  4. ބަރޯ

    ގައުމު ވިއްކާ ކައި ބަނޑުއަޅާ ހުސްކޮއްފި. މުޅިންވެސް ހިލާ އެހީގެ ދަށުން ދެވޭ ލޯނޭބުނެ އިންޑިޔާގެ ދަރަނި ދަންތުރައެއްގަ މި ގައުމުގެ ޖައްސާ އަގުބޮޑު އެސެޓްތައް ނުރައްކަލަށް ވައްޓާލައިފި