ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން މުޅިން އައު އޮންލައިން ޓެންޑަރ ޕޯޓަލްއެއް ލޯންޗް ކުރަން ތައްޔާރުވެއްޖެއެވެ.

އެމްއޭސީއެލްއިން ބުނީ މި ޕޯޓަލްގެ ޒަރީޔާއިން ޓެންޑަރއާއި ގުޅުންހުރި ހުރިހާ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި އޮޓޯއިން ސްޓްރީމްލައިންކޮށް ބެލޭނެ ކަމަށެވެ.

ޓެންޑަރ ޕޯޓަލް ލޯންޗް ކުރުމަށް ހަމަޖެހިފައިވަނީ މާރިޗް ފަސް ވަނަ ދުވަހުގައެވެ.

ޓެންޑަރ ޕޯޓަލްގެ ސަބަބުން ވެންޑަރުންނަށް ރަޖިސްޓްރީ ކުރުމާއި، ޖަވާބުދާރީ ވުމަށް މަރުކަޒީ ޕްލެޓްފޯމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، އެމްއޭސީއެލް އިން ދޫކުރާ ބީލަންތަކާއި، ކޯޓޭޝަން ހޯދުމަށް އެދި ހުށަހެޅުން (އާރުއެފްކިޔު)، އަދި އެކްސްޕްރެޝަންސް އޮފް އިންޓަރެސްޓް (އީއޯއައި) އަށްވެސް ފަސޭހައިން ޖަވާބު ލިބިގެންދާނެއެވެ.

ބީލަން ޕޯޓަލް ފަރުމާކޮށްފައިވަނީ ހާމަކަން ބޮޑުކޮށް ޕްރޮކިއުމަންޓް މަރުހަލާގައި އިންސާފުވެރިކަން ކަށަވަރު ކުރުމަށެވެ.

ވެންޑަރުން ރަޖިސްޓްރީކޮށް ބީލަން ޕްރޮސެސްގައި ބައިވެރިވުމަށް ޕްލެޓްފޯމެއް ހޯދައިދިނުމުގައި އެމްއޭސީއެލްގެ އަމާޒަކީ އެ ކުންފުނީގެ ޓެންޑަރިންގ ހަރަކާތްތަކުގައި ބައިވެރިވުމަށް އިތުރު ވެންޑަރުން ޝައުގުވެރި ކުރުވުން ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

އަދި މި ޕޯޓަލްގެ އެހީގައި އޮފީހަށް ހާޒިރުވެގެން ކުރަންޖެހޭ ޕްރޮކިއުމަންޓް މަރުހަލާތައް މަދުވެ، ލުއި ފަސޭހަ އިތުބާރު ބޮޑު ހަމައެއްގައި މަސައްކަތް ކަށަވަރުވެގެންދާނެ ކަމަށްވެސް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

ބީލަމަށް ހުށަހަޅާ ފަރާތްތަކުންވެސް މި ޕޯޓަލްގައި ރަޖިސްޓްރީވުމަށް www.macl.aero ގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އެ ވެބްސައިޓްގެ "ޓެންޑަރ" ސޮފްހާއަށް ވަނުމަށްފަހު 'ޓެންޑަރ ޕޯޓަލް' ޓެބް ޚިޔާރުކުރުމަށް އެމްއޭސީއެލްއިން އިރުޝާދުދީފައި ވެއެވެ.

އެމްއޭސީއެލްއިން އިތުރަށް ބުނެފައިވާގޮތުގައި ޓެންޑަރ ޕޯޓަލްއަކީ އެ ކުންފުނީގެ ހުރިހާ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ޕޯޓަލްއަކީ އެމްއޭސީއެލްގެ ހުރިހާ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމާއި ޚިދުމަތުގެ ހަރުދަނާކަން ކުރިއެރުވުމުގެ އަމާޒަށް އެޅޭ އެއް ފިޔަވަޅު އެމްއޭސީއެލްއިން ބުނެފައި ވެއެވެ.
އެ ޕޯޓަލްގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަ ތަޖުރިބާއެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އޮތުމުގެ އިތުރުން ވެންޑަރުންނާއި ޖުމްލަ ޕްރޮކިއުމަންޓް ޕްރޮސެސް ކުރިއަށް ވުރެ ތަރައްޤީ ވާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަލަސްތިން

    އިންޑިޔާގެ ރޯ އެޖެންޓުން ފަސޭހައިން ބޭލޭގޮތަ ދެރަ

  2. މުހައްމދު

    މިހާރުވެސް މިތަނުގެ ޕްރެޖެކްޓް ތަކަކީވަކިބަޔަކަށް ހާއްސަކުރެވިގެން ކުރިއަށް ގެންދާ ކަމެއް މިސާލަކަށް ކެންޓީން މިތަނަށް ހޯދާ ޓިޝޫ ޑަސްބިން ކޮތަޅު ބައްލަވާ ލައްވާ