ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އެމްޓީސީސީ "ރޯދަ ޕްރޮމޯ" އަލުން ފަށައިފިއެވެ.

އެމްޓީސީސީން މިއަދު އަލުން މި ޕްރޮމޯޝަން ފެށިއިރު، މި ޕްރޮމޯޝަން ކުރިއަށްދާނީ އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ސުޒުކީ، ޔަންމާ އަދި ސްކޮޓް ބެޑޯރ ބްރޭންޑްތަކުގެ އިންޖީންތަކުން ވަކި އިންސައްތައަކަށް ބޮޑެތި ޑިސްކައުންޓްތައް ލިބޭނެއެވެ.

އެމްޓީސީސީގެ ރޯދަ ޕްރޮމޯޝަން ފެށުން، މި ޕްރޮމޯޝަންގައި އިންޖީނުތަކުން ބޮޑެތި ޑިސްކައުންޓް ލިބޭނެ -ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

މި ޕްރޮމޯޝަން ލޯންޗް ކޮށްދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވީ މެދުކެނޑުމަކަށް ފަހު މި ޕްރޮމޯޝަން ކުރިއަށްގެން ދިއުމުގެ ބޭނުމަކީ ރޯދަ މަހު އިންޖީން ގަންނަން ދާ މީހުންނަށް އިތުރު ލުއި ފަސޭހަ ކަމެއް ރަމަޟާން މަހުގައި ގެނެސްދިނުން ކަމަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓު ލިބޭ ޕްރޮޑަކްޓްތަކުގެ ތޭރައައި ޔަންމާ އިންޖީނު، ސުޒުކީ އިންޖީނު ،ސްކޮޓް ބޭޑާ ކޮމްޕޮސައިޓްސް އަދި ފައިބާ ގްލާސް މެޓީރިއަލްސް، ކާސްޓްރޯލް ލުބްރިކަންޓްސް، ސުޒުކީ އަދި ޔަންމާ ސްޕެއާ ޕާޓްސް، މެރޯލް ސްޓީއަރިންގ ސިސްޓަމް، ޓިއުބް، ޝެފްޓް އަދި ޕްރޮޕެލާ ހިމެނެއެވެ.

އެމްޓީސީސީން ވިއްކާ ބައެއް ޕްރޮޑަކްޓްތައް -ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

އެމްޓީސީސީން ބުނީ މި ރޯދަ ޕްރޮމޯ ޓާގެޓް ކުރި ސެކްޓަރތަަކަކީ އިންޑަސްޓްރިއަލް ބޯޓް ބިލްޑިންގ އެންޑް އިންޖިނިއަރިންގ ޓޫރިޒަމް ދާއިރާ (ލިވަބޯޑުތައް، ރިސޯޓު އަދި ލޯކަލް ޓޫރިޒަމް) އާއި ފެރީ އަދި ލޮޖިސްޓިކަލް އޮޕަރޭޓަރުން އަދި މަސްވެރިންނަށް ކަމަށެވެ.

މީގެ އިތުރުން، އެމްޓީސީސީން ބުނިގޮތުގައި، މި ޕްރޮމޯޝަނާއި ގުޅޭ މައުލޫމާތު ދިނުމަށް އެކުންފުނީގެ ޓީީމުތަކުން މާލޭގެ ބަނދަރުމައްޗަށާއި، ހުޅުމާލޭ ކަންނެލި ޖެޓީގެ އިތުރުން ވިލިމާލޭ ބަނދަރުމަތި، ތިލަފުށީ އިންޑަސްޓްރިއަލް ސައިޓްށް އަދި ބޯޓު ޔާޑަށް ޒިޔާރަތް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު