އިންޓަނޭޝަނަލް ޕްރިމިއަމް ކޮލެޓީ ބްރޭންޑެއް ކަމަށްވާ "ޑީ އެންޑް ޕީ ޕާފިއުމަމް" ބްރޭންޑްގެ އައުލްޓްއެއް މާލޭގައި ހުޅުވައިފިއެވެ.

ރަށްދެބައިމަގުގެ ޗަމްޕާ ސެންޓްރަލް ހޮޓެލް ކައިރީގައި ހުންނަ މި އައުޓްލެޓް ހުޅުވާ ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއެވެ.

1999 ވަނަ އަހަރު ތުރުކީގައި އުފެއްދި ޑީ އެންޑް ޕީ ޕާފުމަމްއަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަން ހިނގާ ބައިނަގްއަގްވާމީ ބްރޭންޑެކެވެ. މި ބްރޭންޑް އުފެއްދުމުގެ އެ ވިސްނުމަކީ ވަރަށް އާދައިގެ ވިސްނުމެކެވެ. އެއީ ކޮންމެ މީހަކަށް ވެސް ވެސް ގަނެލެވޭ ވަރުގެ އަގުތަކެއްގައި ފެންވަރު ރަނގަޅު އަދި މީރުވަސް ދުވާ ޕަރފިއުމްތައް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތް ވުމަށެވެ.

އިންޓަނޭޝަނަލް ޕްރިމިއަމް ބްރޭންޑް "ޑީ އެންޑް ޕީ ޕާފިއުމަމް"ގެ މާލޭގެ އައުޓްލެޓް ހުޅުވަން ބޭއްވި ރަސްމިއްޔާތު

މިހާރު 24 އަހަރު ވެފައިވާ މި ބްރޭންޑުގެ އައުޓްލެޓްތައް ދުނިޔޭގެ 51 ގައުމެއްގެ، 100 އަށްވުރެ ގިނަ ސިޓީގައި ހިންގަމުންދާއިރު، އައުޓްލެޓްތަކުގެ އަދަދު 500 އަށްވުރެ މައްޗަށް އަރައެވެ. އަދި މި ބްރޭންޑްގެ އުފެއްދުންތަކުގެ އަދަދު 400 އަށްވުރެ މައްޗަށް އަރައެވެ.

މި ބްރޭންޑްގެ ޕަރފިއުމްތައް އުފެއްދުމުގައި ބުރަ މަސައްކަތްތަކެއް ކުރާއިރު، ކޮންމެ މިފަދަ ޕްރޮޑަކްޓެއް ވެސް ތައްޔާރު ކުރަނީ، ރަނގަޅު މިންވަރަކަށް އެންމެ ރަނގަޅު އިންގްރިޑިއަންޓްސް ބޭނުން ކޮށްގެންނެވެ. ބޭނުން ވަނީ ކަސްޓަމަރުންނަށް އުއްމީދާއި އެއްގޮތަށް ޕްރިމިއަމް ތަޖުރިބާ ހޯދައިދިނުމެވެ.

އޭގެ އިތުރުން ފާހަގަކޮށްލަން ޖެހޭ ކަމަކީ ޑީ އެންޑް ޕީ ޕާފިއުމަމް ތައްޔާރު ކުރަމުން ދަނީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމުތަކުން ފޯރުކޮށްދޭ ރޯ މެޓީރިއަލްސް ބޭނުން ކޮށްގެންނެވެ. މި މެޓީރިއަލްސް އަކީ އިންސާނުންގެ ސިއްހަތާ ގުޅުންހުރި ކޮންޓްރޯލްތައް އެންމެ މަތީ ފެންވަރެއްގައި ހުންނަ ތަކެއްޗަށްވާއިރު، ހުރިހާ ރޯ މެޓީރިއަލްތަކެއް ވެސް އައިއެފްއާރްއޭ (އިންޓަނޭޝަނަލް ފްރެގްރެންސް އެސޯސިއޭޝަން)ގެ ސްޓޭންޑަށް ފެތޭނެއެވެ.

އިންޓަނޭޝަނަލް ޕްރިމިއަމް ބްރޭންޑް "ޑީ އެންޑް ޕީ ޕާފިއުމަމް"ގެ މާލޭގެ އައުޓްލެޓް

އަދި ރަނގަޅު ފެންވަރެއްގައި އަގުތައް ހިފެހެއްޓުމަށްޓަކައި، އެ ބްރޭންޑްގެ ހުރިހާ ޕަރފިއުމްއެއްވެސް ވިއްކަނީ ސްޓޭންޑަޑް ފުޅިތަކުގައެވެ.

މާލޭގައި ހުޅުވި މި އައުޓްލެޓްގައި ވެސް އެތައް ވައްތަރެއްގެ ޕަރފިއުމް ލިބެން ހުންނާނެއެވެ. އެގޮތުން އަންހެނުންނަށް ހާއްސަ 225 ވައްތަރާއި، ފިރިހެނުންނަށް ހާއްސަ 144 ވައްތަރުގެ އިތުރުން ދެ ޖިންސަށް ހާއްސަ 25 ވައްތަރުގެ ޕަރފިއުމް މާލޭގެ އައުޓްލެޓް އިން ލިބެން ހުންނާނެއެވެ. އަދި މި ތަނުން ތިން ސަައިޒެއްގެ ޕަރފިއުމް ލިބެން ހުންނައިރު، އެއީ 30 އެމްއެލްގެ ފުޅިއެއް 300ރ. 50 އެމްއެލްގެ ފުޅިއެއް 699ރ. އަދި 100 އެމްއެލްގެ ފުޅިއެއް 999ރ އަށެވެ.

އޭގެ އިތުރުން މި އައުޓްލެޓް އިން، ޑިއޯޑްރަންޓާއި، ކޮލޯން އާއި އޫދް ޕަރފިއުމްގެ އިތުރުން، ނިޗް ކަލެކްޝަން، ކޮޓަރިއަށް ޖަހާ އެއަރ ފްރެޝަނަރ އާއި ވެހިކަލް އެއަރ ފްރެޝަނަރ އާއި ރީޑް ޑިފިއުސަރ ވެސް ލިބެން ހުންނާނެއެވެ.

މީރުވަސް ދުވާ ސެންޓްގެ އެތައް ބާވަތެއް ލިބެން ހުންނަ މި ފިހާރަ ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ރޭގަނޑު 22:30 އަށެވެ. އަދި ހުކުރު ދުވަހު ހަވީރު 16:00 އިން 22:00 އަށެވެ.

މި ފިހާރައިން ޑެލިވަރީ ހިދުމަތްވެސް ދެއެވެ. އެގޮތުން 9788158 އަށް ވަޓްސްއެޕް ނޫނީ ވައިބާ ކޮށްލައިގެން ބޭނުންވާ ކޮންމެ ޕްރޮޑަކްޓެއް މާލެ ސަރަހައްދުގެ ކޮންމެ ތަނަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަސްރު

    ވަރަށް ކޮލިޓީ ބުރޭންޑެއް

    • ނާނު

      ޓެސްޓު ކޮށްފިން! މަނީ ޓޯޓަލީ ވޯތު އިޓް

  2. ފާރިޝް

    އަޅުގަނޑުގެ ފެވަރިޓް، ވަރަށް އުފާ ވެއްޖެ ރާއްޖޭގައި ޑީޕީ ފިހާރައެއް ހުޅުވީމަ