ރޯދަ މަހަށް ބާޒާރުގައި ތަކެތި އަގު ބޮޑުވެގެން ދާ ވާހަކަ އަޑު އަހަމެވެ. ބައެއް ތަންތަނުން ތަކެތި އަގު ބޮޑުކޮށް ވިއްކަނީ، އިތުރު ގޮތެއް ނެތި، މީހުން ގަންނާނެ ކަމުގެ ޔަގީންކަންވެސް އޮތުމުންނެވެ. އެކަމަކު ހާސް ވާނެ ކަމެއް ނެތެވެ. މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ރެޑްވޭވްގެ ފިހާރަތަކުން ރޯދަ މަހަށް އެންމެ ބޭނުންވާ ހުރިހާ ސާމާނެއް ވަރަށް ހެޔޮ އަގުގައި ލިބޭނެއެވެ.

"އަޅުގަނޑު މި ދެނީ ޔަގީންކަން، ރޯދަ މަހަށް ބޭނުންވާ ހުރިހާ ސާމާނެއް ރެޑްވޭވްގެ ފިހާރަތަކުން ހެޔޮ އަގުގައި ލިބެން ހުންނާނެ". ރެޑްވޭވްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ރެޑްވޭވްގެ ފިހާރައެއް: ވަގުތު އިމޭޖަސް - އަހުމަދު ޖައިސަމް

ރޯދަ މަހު އެންމެ ބޭނުންވާ ތަކެތީގެ ތެރޭގައި ހިމެނޭ، ބިސް، ފިޔާ އަލުވި، ލުނބޯ، ޗީޒް، ބަޓަރާއި، ބީންސް، މަސް ދަޅުގެ އިތުރުން، އެހެނިހެން ދަޅު ކާނާ އާއި ފިނުކުރި ބާވްތަތައް ވަރަށް ހެޔޮ އަގުގައި ރެޑްވޭވްގެ ހުރިހާ ފިހާރަތަކުން ލިބެން ހުންނާނެއެވެ. މި ނިމުނީއެއް ނޫނެވެ. ތަރުކާރީ އާއި މޭވާގެ ބާވަތްތައްވެސް މި ފިހާރަތަކުން ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ.

ރެޑްވޭވްގެ ފިހާރައެއް: ވަގުތު އިމޭޖަސް - އަހުމަދު ޖައިސަމް

އެހެންކަމުން ތަކެތި އަގު ބޮޑުވެގެން، ރޯދަ މަހު ތައްޔާރު ކުރާ ބާވަތްތަކަށް ބޭނުންވާ އެއްޗެހި ނުގަނެވޭ ހިސާބަށް ނުދާނެ ކަމުގެ ޔަގީންކަން ރެޑްވޭވް އިން ދެއެވެ.

ރެޑްވޭވް އިން މާލެ ސަރަހައްދުގައި 15 ފިހާރައެއް ދަނީ ހިންގަމުންނެވެ.