މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ދަށުން ހިންގަމުންދާ ސަން އައިލެންޑް އާއި ޕެރަޑައިސް އައިލެންޑް ރިސޯޓްގެ ނަން ބަދަލުކޮށްފިއެވެ.

ވިލާއިން ވަނީ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ނަމުގައި ހިންގަމުން ދިޔަ ކުންފުނީގެ ނަން ވިލާ ރިސޯޓްސް އަށް އިއްޔެ ބަދަލު ކޮށްފައެވެ.

އަދި އެ ކުންފުނީގެ ދަށުން ހިންގަމުންދާ ދެ ރިސޯޓްގެ ނަން ވެސް ވަނީ ބަދަލުކޮށްފައެވެ. ޕެރަޑައިސް ރިސޯޓްގެ ނަން "ވިލާ ނޮޓިކާ" އަށް އަދި ސަން އައިލެންޑްގެ ނަން "ވިލާ ޕާކް" އަށް ވަނީ ބަދަލުކޮށްފައެވެ.

ވިލާގެ ފަސް ރިސޯޓެއް އޮވެއެވެ. އެއީ ސަން އައިލެންޑާއި ޕެރަޑައިސްގެ އިތުރުން ފަން އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓެވެ.

ހޮލިޑޭ އައިލެންޑް ރިސޯޓު އެންޑް ސްޕާ އަލުން ތަރައްގީ ކުރުމަށްޓަކައި ރިސޯޓު ވަނީ ބަންދުކޮށްފައެވެ. އެ ރިސޯޓު "ވިލާ ހެވަން" ގެ ނަމުގައި މި އަހަރުގެ ފަހުކޮޅު ހުޅުވަން ވަނީ އަމާޒު ހިފައިފައެވެ.

އޭގެ އިތުރުން ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ނަން ވިލާ ވިލެޖަށް ބަދަލުކޮށް 2025 ވަނަ އަހަރު ހުޅުވުމަށް އެ ކުންފުނިން ވަނީ ނިންމައިފައެވެ. އަދި ފަން އައިލެންޑް ރިސޯޓް އެންޑް ސްޕާ ތަރައްގީކުރުމަށް ފަހު 2027 ގައި ހުޅުވުމަކީ ވެސް އަމާޒެކެވެ.

ވިލާ ރިސޯޓްއިސް ހިންގާ ރިސޯޓަކަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ރިސޯޓްތަކެކެވެެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަރަފަކައްދަ

    ރީބްރޭންޑް ކުރިއަސް ދަޢުލަތައް ދައްކަން ޖެހިފައިވާ ފައިސާ އެއް ވާނަމަ އެފައިސާއެއް ދައްކަންޖެހޭނެ.

    18
    2
  2. ޕާރކް މުއައްޒިފެއް

    ނަން ބަދަލުކޮށް ރި-ބްރޭންޑް ކުރިޔަކަސް ނުވާނެ.. ރި-ބްރޭންޑް ކުރީމާ ހުރިހާ މުއައްޒަފުންނަށް ޖެހޭ މަސައްކަތްތައްވީ އިތުރު.. އޭގެބަދަލުގަ އެއްވެސް މުއައްޒަފަކަށް ލުބުނު ފައިދާއެއްނެއް. އަދި އިތުރު ފައިދާއެއްނުލިބޭއިރު ކަނޑައެޅުފައިވާ ގަޑިއަށް މުސާރަ/ސާވިސްޗާރޖް ލިބޭނަމަވެސް ރަނގަޅު... މަރިޗް ނިމި އޭޕްރިލް ފެށިގެން ކުރިޔައްދާއިރު އަދިވެސް ފެބުރުއަރީ މަހުގެ ސާވިސްޗާރޖް އެއްވެސް މުއައްޒަފަކަށް ނުލިބޭ..

    9
    1
  3. ެައަބްދޫ

    ނަން ބަދަލުކުރަނީ ދަރަންޏަށް ފިލަން ނުވަތަ އައު ލޯނު ހޯދުމުގެ ހުވަފެނަކަށް ވެދާނެ.

    8
    2
  4. ވވ

    ރާއްޖޭގެނަންވެސް ވިލާ ރާއްޖެ ކިންގުޑަމް އަށް ބަދަލުކުރަން.

    6
    1
  5. ހުސޭނުބޭ

    ވެރިކަން ލިބިއްޖިއްޔާ ދިވެހިރާއްޖެވެސް ރިބްރޭންޑް ކުރާނެތާ! ވިލާ ރާއްޖެ

    6
    2