އެސްޓާސް އިން މިއަދު އަހަރުމެންނަށް ގެނެސް ދިން އާ ހަބަރަކީ އެތަނުން ބޭނުން ޑިޒައިނަކަށް ބޭނުން ގޮތަކަށް ކިޗަން ސެޓް ތައްޔާރުކޮށްދޭ ހަބެރެވެ. މިއީ ގިނަބަޔަކަށް އުފާވެރި ހަބަރަކަށްވެގެންދާނެ ކަމާއި މެދު ޝައްކުވެސް ކުރާނެ ކަމެއް ނެެތެވެ.

އަބަދުވެސް ދިވެހިންނާއި އެންމެ ރައްޓެހި އެސްޓާސްއިން ބުނަނީ، އެސްޓާސްގެ "ކިޗަސް ސެޓްސް: އެނީ ޑިޒައިން ޔޫ ވޯންޓް" ކަމަށެވެ.

އެސްޓާސް އިން ބުނީ، ބޭނުން ގޮތަކަށް ބޭނުން ޑިޒައިނެއްގެ ބަދިގެ ސެޓްތައް ތައްޔާރުކޮށްލެވޭއިރު އެކަމުގެ މަސައްކަތުގައި އުޅޭނީ އެ ކުންފުނީގެ ވަޑިން ކަމަށެވެ. އަދި މި ބަދިގެ ސެޓްތައް ތައްޔާރު ކުރުމަށް ބޭނުން ކުރަނީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއްކަމަށްވާ "ވަޓީ"ގެ ޗިކަން އެޕްލަޔަންސް އެވެ.

އެ ކުންފުނިން މައުލޫމާތުދޭ ގޮތުގައި، މި ބަދިގެ ސެޓް ތައްޔާރު ކުރުމަށް އެ ކުންފުނީގެ ވަޑިން އެ ގެއަކަށް ދާނެއެވެ. އަދި ބޭނުންވާ ސެޓްގެ ސައިޒާއި، އެ ސެޓް އިންނާނެ ތަނާއި، އަދި އެ ސެޓް ބަދިގެއަށް ވައްދާ އިންސްޓޯލްވެސްކޮށް ދޭނީ މި ވަޑިންނެވެ.

މިއީ ގޭގެ ބަދިގެ ސެޓް ރީތިކޮށް ބޭނުންވާ ޑިޒައިނަކަށް ބަހައްޓަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތަކަށް ވެގެންދާއިރު، އެސްޓާސް އިން ވަނީ މިކަމުގެ ހާއްސަ ޕެކޭޖްތަކެއްވެސް ތައާރަފްކޮށްފައެވެ.

އެސްޓާސްއަކީ ފަރުނީޗަރުތަކާއި، އޮފީސްތަކަށް ބޭނުންވާ ސާމާނުތައް ފޯރުކޮށްދިނުމުގައި ދިވެހިންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެވެ.