ރ. މުރަވަންދޫގައި އަލަށް ތަރައްގީކުރާ މަތީ ފެންވަރުގެ "ޖޯއަލި މޯލްޑިވްސް" ރިސޯޓު އޮކްޓޯބަރު 1 ގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޖޯއަލި އަކީ ތްރީ ޑައިމެންޝަނަލް އިމޭޖް ހިމެނޭ ގޮތަށް ތަރައްގީކުރާ ހިތްގައިމު ރިސޯޓެކެވެ. އަދި އެ ރިސޯޓުގައި މަތީ ފަންތީގެ ކެއުންތަށް ލިބޭ ރެސްޓޯރެންޓުތަކުގެ އިތުރުން މަތީ ފެންވަރުގެ ވިލާތަށްވެސް ހުންނާނެއެވެ. އެގޮތުން އެ ރިސޯޓުގައި 73 ވިލާ ހުރެ އެވެ.

ޖޯއަލި ރިސޯޓުގައި ވޯޓާ ވިލާތަކުގައި އެއް ކޮޓަރިން ފެށިގެން ހަތަރު ކޮޓަރި ހިމެނޭ ވިލާތައް ވެސް ހުރި އިރު ކޮންމެ ވިލާއެއްގައި ވެސް އިންފިނިޓީ ޕްރައިވެޓް ޕޫލަކާއި ބަޓްލާ ސާވިސް އަދި ލައިބްރަރީގެ އިތުރުން ހިތްގައިމު އެތަކެއް މަންޒަރުތަކެއް ހުރެއެވެ.

މާލެ އިން ފުރައިގެން 45 މިނެޓުން ދެވޭ އެ ރިސޯޓުގެ ފަޅުތެރޭގައި ވަކިން ހަދާފައިވާ ތިން ކޮޓަރި އޯޝަން ރެސިޑެންސް އަދި އެއްގަމުގައި ހަތަރު ކޮޓަރީގެ ބީޗް ރެސިޑެންސް ވެސް ހުރެ އެވެ. އެއިން ކޮންމެ ކޮޓަރިއެއްގައި ޑްރެސިން ރޫމަކާއި ވޯލްކް އިން ކްލޯޒެޓް، އަދި ދެ އިންފިނިޓީ ޕޫލާއި ސްޕާއެއް ވެސް ހުރެ އެވެ.

އެ ރިސޯޓުގެ މަސައްކަތްކުރަމުންދިޔަ އިރު އެ ރަށުގައި ހުރި 1،000 އަށް ވުރެ ގިނަ ގަސް ހިމާޔަތްކޮށްފައިވާއިރު އެ ރިސޯޓުވެގެންދާނީ ފެހި އަދި ހިތްގައިމު ރިސޯޓަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖޯލޭ

    ޖޯލި ތޯ ނޫނީ ޖޯއަލި ތޯ؟

  2. ޖޯލިފަތި

    ތިތާގަވެސް ގިނަ ވާނީ ހަމަ ބޭރުމީހުން.
    ދިވެހިން ތިބޭނީ ދަށް ވަޒީފާ ތަކުގަ

    • ޑިމޮކްރަޓިސްޓް

      ބަލާނެކަމެއްނެތް ހުސް އިނޑިޔާމީހުން އަޅާލާފަ އޮންނާނީ.. ދިވެހިން ތިބޭނީ އެމީހުން ފައިދަށުގަ..

  3. އަންދާ

    ރ.އަތޮޅު މީހުންނަށް ވަޒީފާގެ ފުރުސަތު އޮންނާނެބާ؟