މޮކްޓެއިލްސް އަކީ ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި މަޝްހޫރު ބުއިމެކެވެ. އަދި މީގެ އެކިއެކި ފްލޭވަރތަކާއި ރަހަތައް ތަޖުރިބާ ނުކުރާ ޒުވާނެއް މިހާރު މަދުވާނެއެވެ. އާއްމުކޮށް ކެފޭ ރެސްޓޯރަންޓްތަކުން އެކި ކަހަލަ މޮކްޓެއިލްސްތައް ލިބެއެވެ. ނަމަވެސް، މި ބުއިމަކީ އާއްމުކޮށް ބޮވޭ ވަރަށް ވުރެން އަގުބޮޑު ބުއިންތަކެއް ކަން އެންމެނަށް ވެސް އެނގެއެވެ. ދެން މި ބުއިންތައް ތަޢާރަފްވެގެން ދިއައީ ރާއްޖޭގައި ހުންނަ ޖޫގޯ ފަދަ ބުއިންތައް ވިއްކާ ފިހާރަތަކުންނެވެ. ނަމަވެސް، އެންމެ ތަށްޓެއްގެ އަގު ވެސް އާއްމުކޮށް އުޅެނީ 50ރުފިޔާ އިން މަތީގައެވެ.

މިއީ ކަމާކަންފަށާފައި ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭނެ ބުއިމަކަށް ގިނަ މީހުނަކަށް ނުވެއެވެ. އެއީ ކުރަންޖެހޭ މަސައްކަތް ވެސް ފުދޭވަރަކަށް ބުރަވުމުންނެވެ. އަދި ގަންނަން ޖެހޭ އެއްޗެހި ވެސް އަގުބޮޑު ވެފައި ގިނަވުމުންނެވެ. ނަމަވެސް، ހާއްސަ ހަފްލާތަކާއި އެކިކަހަލަ ސެލެބްރޭޝަންތައް މިހާރު އެންމެ ފަޅުފިލާނީ މޮކްޓެއިލްއަކާ އެކުގައި ކަން ޔަގީނެވެ. އެހެންކަމުން މިއޮތީ މިކަމުގެ ހައްލެވެ. އެމް.ޔޫ ސްޓޯރއިން އަލަށް ރާއްޖޭގެ މަރކެޓަށް ތަޢާރަފްކޮށްފައިވާ 'ލެ ސެލެބްރަސިޔޮން މޮކްޓެއިލްސް' އަކީ ރެޑީ ޓް ޑްރިންކް މޮކްޓެއިލް އެކެވެ. މާނައަކީ ހަމަ މި ފުޅި ވަގުތުން ވެސް ބޯލަންވީއެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ، އައިސްކޮޅެއް ތަށްޓައް އަޅާލާފައި ދެން މި މޮކްޓެއިލްއާ މިކްސްކޮށްގެން ބުއިމެވެ. މޮކްޓެއިލް އޭގެ ގޮތުގައި ބޮވޭނީ އޭރުންނެވެ.

'ލެ ސެލެބްރަސިޔޮން މޮކްޓެއިލްސް' އަކީ ސްޕެއިންގެ އުފެއްދުމެކެވެ. އަދި މި ބުއިމުގެ މަޝްހޫރު ފްލޭވަރތަކުގެ ތެރޭގައި 'ޕީނާ ކޮލާޑާ' ، 'މޮހީޓޯ' ، 'މާގަރީޓާ' އަދި 'ކައިޕްރީނިޔާ' ހިމެނެއެވެ. މި ބުއިމުގެ 1.75 ލީޓަރުގެ ފުޅީގެ އަގަކީ 120ރުފިޔާ އެވެ. މިއީ މޮކްޓެއިލް ޑްރިންކްތައް ރާއްޖެއިން ލިބޭ އަގުތަކަށް ބަލާއިރު ހެޔޮ އަގެކެވެ.

އެހެންކަމުން، އެތައް ސާމާނެއް ގަނެ، ސުމަކުން މަސައްކަތް ފަށާ މޮކްޓެއިލް ތައްޔާރުކުރުމުގެ ބަދަލުގައި މިބުއިން ގަނެ އައިސްކޮޅަކަށް އަޅާލައިގެން ނުވަތަ ސޯޑާއަކާއި މިކްސްކޮށްލައިގެން ނުވަތަ އެއްވެސް އެއްޗަކާ މިކްސްނުކޮށް ވެސް ބޯލަންވީއެވެ. ގޮތް ނިންމާނީ އެމީހަކު އަމިއްލައަށެވެ. މިއީ ގޭތެރޭގައި ބާއްވާ ފެމިލީ އިވެންޓްތަކަށާއި އެހެނިހެން ސެލެބްރޭޝަންތަކަށް ވެސް ރަނގަޅުވާނެ ކޮލިޓީ މޮކްޓެއިލްއެކެވެ. ވީމާ، ލަސްނުކޮށް އަޖުމަ ބަލާލުން ކިއެއްތޯއެވެ؟