ސުރުހީ ކިއާފަ އޮޅިއްޖެދޯއެވެ. އެކަމަކު މިއީ އޮޅުމަކުން ޖަހާފަ އިން ސުރުހީއެއް ނޫނެވެ. ތަފްސީލު ކޮށްދިނީމަ ތިބޭފުޅުންނަށް ވެސް މިކިއަން އުޅޭ އެއްޗެއް އެނގިދާނެއެވެ. ލޮނު ބިސްކޯދު އެންމެން ވެސް ކައި އުޅެއެވެ. ރާއްޖޭގައި ލޮނު ބިސްކޯދުގެ އާއްމުކޮށް މަޝްހޫރީ ދެތިން ބާވަތެކެވެ. އެއީ ސަޔާ އެއްކޮށް ގިނަފަރާތްތަކުން ބޭނުންކުރަމުން މި އަންނަ ވައްތަރުގެ ބިސްކޯދެވެ. މިކަހަލަ ބިސްކޯދު ގިނަ މީހުން ހުހަށް ކައެއް ނޫޅެއެވެ. ނަމަވެސް ލޮނު ބިސްކޯދަކީ ދިވެހިންގެ ފެވަރިޓެކެވެ.

ދެން ދިވެހިންގެ ފެވަރިޓް އެހެން ކާ އެއްޗެއްގެ ވާހަކަ ދައްކާނަމަ ޕިއްޒާ އަކީ ރަނގަޅު އެކައްޗަށް ވާނެއެވެ. ދަންވި ދަންވި ހެންނާއި، މޫވީ ނައިޓް ތަކަށާއި އެހެނިހެން ގެދަރިންގ ތަކަށް ވެސް އެންމެ ކަމުދާ އެކައްޗަކީ ޕިއްޒާއެވެ. އެހެންވީމާ މި ދައްކަން އުޅެނީ ކަމުދާ ދޭތި އެއްކޮށްލީމަ ދެން ވާނެ ގޮތުގެ ވާހަކައެވެ.

ހަމަގައިމުވެސް، ދިވެހިންގެ ހިތްތަކުގައި ތަފާތު ސްނެކްސް ތަކަށް އޮތް ލޯބި ކުޑައެއް ނޫނެވެ. ދިވެހިން އާއްމުކޮށް ބުނާގޮތަށް ބުނާނަމަ، ފޫހިކަން ފިލުވާލުމަށް މިކާލާ ލުއިކާނާ އަކީ ބެސްޓެވެ. އެގޮތުން ޕިއްޒާ ލޮނު ބިސްކޯދު މިކިއަނީ 'ޕަރލޭ މޮނާކޯ ޕިއްޒާ'ނަމަކަށް ކިއާ ބިސްކޯދަކަށެވެ. ޔަޤީނުން ވެސް ތި ގެންގުޅޭ ފެވަރިޓް ސްނޭކްސްގެ ލިސްޓަށް އިތުރުކޮށްލަން މިއީ ރަނގަޅު އެއްޗަކަށް ވާނެއެވެ.

ޕަރލޭ ބްރޭންޑަކީ މިހާތަނަށް އެތައް ރަހަތަކެއްގެ އެކި ކަހަލަ ބިސްކޯދު އުފައްދާފައިވާ، ގިނަބައެއްގެ އިތުބާރު ހޯދާފައިވާ މަޝްހޫރު ބްރޭންޑެކެވެ. އަދި މި ޕިއްޒާ ބިސްކޯދަކީ މިހާރު ޕާޓީތަކަށް ތައްޔާރުކުރާ ތަބަށް ފުރިހަމަކޮށްލުމަށް ވެސް ރަނގަޅު އެއްޗަކަށް ވާނެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ޕާޓީތަކާއި އެހެނިހެން ހަފްލާތަކުގައި ބަހައްޓާލުމަށް ވެސް މި ސްނޭކް ވަރަށް ކަމުދާނެއެވެ. އަދި މިއީ ސައި، ކޮފީ ފަދަ ބުއިންތަކާ އެއްކޮށް ވެސް ކާލަން ރަނގަޅު ކޮމްބޯއެކެވެ. ހަމަ ހީވާނީ ޕިއްޒާގެ މީރު ރަހަ ހިމެނޭ ކުދި ބައިޓްތަކެއް ނަގާހެންނެވެ.

އެމް.ޔޫ ސްޓޯރަކީ އަބަދުވެސް ތަފާތު އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ގެނައުމަށް މަސައްކަތްކުރާ އެއް ފަރާތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެގޮތުން މިފަހަރު ބާޒާރަށް ނެރެފައިވާ 'ޕަރލޭ މޮނާކޯ ޕިއްޒާ' އަކީ ޕިއްޒާގެ ރަހަ ހިމެނޭ ސޯލްޓް ކްރޭކަރސްއެކެވެ. ޕިއްޒާ ލޮނުބިސްކޯދޭ މިކިއަނީ އެހެންވެއެވެ. އެހެންކަމުން މިފަހަރު ޕިއްޒާ ބިސްކޯދެއްގެ ގޮތުގައި ކާލަންވީއެވެ. ކޮންމެ ބައިޓެއްގައި ވެސް މީރު ރަހަތައް ހިމެނޭ މި ބިސްކޯދުން ޕިއްޒާ ރަހަ ލާތޯ ޓެސްޓު ކޮށްލަން މިހިސާބުން ތިބޭފުޅުންނާ ހަވާލުކޮށްލާނަމެވެ.