ދިރާސީ އައު އަހަރު ފެށެން ގާތްވުމާއި ގުޅިގެން ދިރާގުން ވަނީ އެ ކުންފުނީގެ އައު ކެމްޕެއިން ކަމަށްވާ 'ދިރާގު ބެކް ޓު ސްކޫލް' ކެމްޕެއިން ލޯންޗުކޮށްފައެވެ.

ކޮންމެ އަހަރަކުވެސް ތަފާތު ޑިޒައިންތަކަށް ފޮތުގެ ކަވަރުތަށް ހެދުމަކީ ގިނަ ބެލެނެވެރިން އައު އަހަރު ތައްޔާރުވުމުގެ ގޮތުން ކުރަމުން އަންނަކެމެކެވެ. އެގޮތުން ދިރާގުގެ މި ކެމްޕެއިންގެ ދަށުން އެކުންފުނިން ވަނީ ކޮންމެ ކުއްޖެގެވެސް އައު އަހަރުގެ ފޮތް ކަވަރު މީސް މީޑިއާގައި ހިއްސާކޮށްލައިގެން ނަސީބުވެރި ފަސް ފަރާތަކަށް 1000 ރުފިޔާގެ ޚާއްސަ ސްޓޭޝަނެރީ ވައުޗަރެއް ލިބިމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެގޮތުން ދިރާގުގެ ޚާއްސަ މީސް މީޑިއާ ޕޯސްޓުގައި #DhiraaguBackToSchool ހޭޝްޓެގް ޖެހުމަށްފަހު އައު ސްކޫލް އަހަރުގެ ފޮތް ކަވަރު ހިއްސާކޮށްލުމުން މި ގުރުވަތުގައި ބައިވެރިވެވޭނެއެވެ.

މީގެ އިތުރުން، ދިރާގު 'ބެކް ޓު ސްކޫލް' ކެމްޕެއިންގެ ދަށުން އެކުންފުނިން ވަނީ އައު ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރ އަދި ހިލޭ ސެޓް-އަޕް ލިބޭ ޚާއްސަ ޕްރޮމޯޝަނެއްވެސް ފަށައިފައެެވެ.

އަންނަ އޯގަސްޓު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޚާއްސަ އޮފަރ ދިރާގުގެ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖެއް ނަގާ ފަރާތަކަށްވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން، މި ކެމްޕެއިންގެ ދަށުން 50 ޕަސެންޓް ޑިސްކައުންޓާއެކު އެންމެ 594 ރުފިޔާއަށް ދިރާގު މައިފައި ޑިވައިސްއެއް ގަތުމުގެ ފުރުޞަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ.

މި ލިމިޓަޑް ޓައިމް ޕްރޮމޯޝަން ކުރިއަށްދާނީ އޯގަސްޓު 31ގެ ނިޔަލަށެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހުރިހާ އުމުރު ފުރައަކަށް އެކަށޭނެގޮތަށް ފަރުމާކޮށް އަދި ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށްގެނެސްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު