ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ޚިދުމަތްދޭ ކުންފުނި ކަމަށްވާ ދިރާގުން ސެމްސަންގްގެ އެންމެފަހުގެ ސްމާރޓްފޯން، ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް5 އަދި ގެލެކްސީ ޒެޑް ފްލިޕް5 މޯބައިލް ފޯނުތަކަށް ޕްރީ-އޯޑަރަށް ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް5 އަދި ގެލެކްސީ ޒެޑް ފްލިޕް5 ޕްރީ-އޯޑަރު ކުރާ ދިރާގު ކަސްޓަމަރުންނަށް ކޮންމެ ފޯނާކާއެކު ހިލޭ ގެލެކްސީ ވޮޗް6 ކްލަސިކްއެއް ލިބޭނެ ކަމަށެވެ. މީގެއިތުރުން ދިރާގުން ގަންނަ ކޮންމެ ފޯނަކާއެކު ކަސްޓަމަރުންނަށް 6 މަސް ދުވަހުގެ ނިޔަލަށް ކޮންމެ މަހަކު 10ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބޭ ޚާއްސަ އޮފަރއެއްވެސް އެކުންފުނިން ވަނީ ހުޅުވާލާފައެވެ.

ސެމްސަންގުން ނެރޭ މި އެންމެ ފަހުގެ ދެ މޮޑެލްއަކީ ދިރާގު 5ޖީ ނެޓްވޯކަށް ސަޕޯޓްކުރާ އަދިއީ-ސިމް ވެސް ބޭނުންކުރެވޭ ދެ ފޯނެވެ. ތަފާތު ފޯލްޑަބަލް ޑިޒައިނަކާއެކު، މި ފޯނުތަކުންސްމާރޓްފޯނާއި ޓެބްލެޓް މޯޑާ ދެމެދު ފަސޭހަކަމާއެކު ބަދަލުކޮށްލެވޭ، އެންމެ ފަހުގެ ޒަމާނީޕްރޮސެސަރާއި ބޮޑު ރޭމްއާއެކު ގޭމިންގ، ސްޓްރީމިންގ އަދި މަލްޓި-ޓާސްކިންގ އެންމެ ފުރިހަމައަށް ކޮށްލެވޭނެއެވެ.

މިހާރު ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ ޒެޑްފޯލްޑް5 އަދި ޒެޑް ފްލިޕް5 ޕްރީ-އޯޑަރު ކޮށްލެވޭނެއެވެ.

ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާއިހަމައަށް ގެނެސްދީ، މިހާރަށްވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރުގާ

    ސޮރީ ! ދިރާގަކައް މަ އިތުބާރެއް ނުކުރަން.

    1
    1