ރާއްޖޭގައި ފިނިކުރި ކާބޯތަކެތި ފުޅާދާއިރާއެއްގައި ހޯލްސޭލް ކުރަމުންދާ ކުކުޅު ފިހާރައިގެ އެޖެންޓަކަށް ވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިފިއެވެ.

ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރ މާޝިތާ އާދަމް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށަކުންވެސް އެ ފިހާރައިގެ އެޖެންޓެއް ހަަމަޖެހިގެންދާނެ ކަމަށެވެ.

"މިއީ ކަސްޓަމަރުންނަށް މިހާރަށް ވުރެ ބޮޑަށް ފަސޭހަވެގެންދާނެ ކަމެއް އަޅުގަނޑުމެން އެތެރެ ކުރާ ޕްރޮޑަކްޓްތައް ހޯދަން، މިއީ ރަށުގައި ހުރެގެން އާމްދަނީ ހޯދުމަށް ޒުވާނުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއް.".

މާޝިތާ ވިދާޅުވީ، ކުކުޅު ފިހާރައިން ރާއްޖޭގެ ރިސޯޓްތަކަށް ވެސް ސަޕްލައި ކުރުމުގައިވެސް ހަރަކާތްތެރިވަމުންދާއިރު، ކޮލިޓީ އަދި ފްރެޝް ސާމާނު ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަންދޭ ކަމަށެވެ.

ރާއްޖޭގައި ފިނިކުރި ކާބޯތަކެތި އަބަދުވެސް އެންމެ އަގުހެޔޮކޮށް ވިއްކަމުންދަނީ ކުކުޅު ފިހާރައިންނެވެ.

އެ ފިހާރައިގެ އެޖެންޓަކަށް ވާން ބޭނުންވާ ފަރާތްތަކުން ގުޅަންވީ 9986575 އަށެވެ.

ކުކުޅު ފިހާރައަކީ މިހާރު ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފިނިކުރި ކާބޯތަކެތި ފޯރުކޮށްދޭ ކުންފުންޏެކެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށަކަށް ކުކުޅު ފިހާރައިގެ ޕްރޮޑަކްތައް ލިބެމުންދާނެއެވެ.

އަދި އެ ފިހާރައިން ވަރަށް ކައިރި ކައިރީގައި ޕްރޮމޯޝަންތައް ބާއްވާއިރު، މިހާރުވެސް ކުކުޅު ފިހާރައިން ކޮންމެ ހަފްތާ އަކު ހިލޭ ޗިކަން ނަގެޓްސް ކޭހެއްލިބޭ ޕްރޮމޯޝަނެއްް ދަނީ ކުރިއަށެވެ. ،މިގޮތުން ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖްގައިވާ ޕޯސްޓަށް ލައިކް، ޝެއަރ، ކޮންމެޓް އަދި ޓެގް ކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު