ދުނިޔެއަށް މަޝްހޫރު "އަޖުމަލް ޕާރފިއުމް އޮއިލް" ޕޮއިސް ޕްރިމިއަމް އިން ވިއްކަން ފަށަފިއެވެ.

މަޝްހޫރު އެތައް ބްރޭންޑެއްގެ ޕްރޮޑަކްޓްތައް ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ޕޮއިސް ޕްރިމިއަމް ވިއްކަން ފެށި އަޖްމަލް ބްރޭންޑަކީ މީގެ 72 އަހަރު ކުރިން ދުނިޔޭގެ މާކެޓަށް ނެރެނު ކޮލިޓީ ޕަރފިއުމްތައް އެކުލެވޭ އަދި އެތައް ބައެއްގެ ބޮޑު މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ބްރޭންޑެކެވެ.

މިގޮތުން 1995 ގައި މި ބްރޭންޑުން ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ޕާރފިއުމް ފްރެގްރެންސް އުފައްދާފައެވެ. އެއީ ”Dahn Al Oudh Moattaq“ ނަމަކަށް ފްރެގްރެންސެކެވެ. މި ފްރެގްރެންސް ގެ 12
އެމް އެލް ފުޅިއެގެ އަގަކީވެސް އެމެރިކާ ޑޮލަރުން ބަލައިނަމަ 700.00 ޑޮލަރު ނުވަތަ 8,694.00ރ. އެވެ.

މަޝްހޫރު "އަޖުމަލް ޕާރފިއުމް އޮއިލް" ޕޮއިސް ޕްރިއަމްއިން ލިބޭނެ - ފޮޓޯ: ޕޮއިސް ޕްރިމިއަމް

އެހެންކަމުން މި ބްރޭންޑް ވެފައި ވަނީ ގިނަބަޔަކަށް އެނގޭ އެތައް ބައެއްގެ ހިތްޖެހިފައިވާ ބްރޭންޑެކެވެ.

ޕޮއިސް ޕްރިމިއަމް އިން މައުލޫމާތުދޭގޮތުގައި އަޖުމަލް ޕާރފިއުމް އޮއިލްގެ މިހާރު ހުރީ އޮރިޖިނަލް ޕެކިންގައި ހުންނަ 12 އެމްއެލް ފުޅީގެ އިތުރުން 3 އެމްއެލް، 6 އެމްއެލްގެ އިތުރުން 9 އެމްއެލް ވަކިން ފުޅިއަށް އަޅައިގެން ލިބޭގޮތަށެވެ.

މަޝްހޫރު "އަޖުމަލް ޕާރފިއުމް އޮއިލް" ޕޮއިސް ޕްރިއަމްއިން ލިބޭނެ - ފޮޓޯ: ޕޮއިސް ޕްރިމިއަމް

އަޖުމަލް ޕާރފިއުމް އޮއިލްއަށް ވަރަށް ބޮޑު ޑިމާންޑެއް އޮންނަކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ބްރޭންޑްގެ އިތުރު ވައްތަރުތައް ގެނައުމަށް ޕޮއިސް އިން ދަނީ ވިސްނަމުންނެވެ.

ޕޮއިސް ޕްރިމިއަމްއަކީ ނަން މަޝްހޫރު ޕާރފިއުމްއާއި ސްކިން ކެއަރ އަދި ހެއަރ ކެއަރގެ އޮރިޖިނަން ޕްރޮޑަކްޓްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދޭ ފިހާރައެކެވެ.

މަޝްހޫރު "އަޖުމަލް ޕާރފިއުމް އޮއިލް" ޕޮއިސް ޕްރިއަމްއިން ލިބޭނެ - ފޮޓޯ: ޕޮއިސް ޕްރިމިއަމް

ރަށްދެބައިމަގު ބޮޑުފެންވަޅުގޭ ކުރިމަތީގައި ހުންނަ ޕޮއިސް ޕްރިއަމްގެ ނަމްބަރަކީ 9166499އެވެ.

ކިޔުންތެރިންގެ ހިޔާލު