ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އެންމެ 149 ރުފިޔާއަށް 100ޖީބީ ޑޭޓާ 5 ދުވަހުގެ މުއްދަތަށް ލިބޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދާދި ފަހުން ދިރާގުން ތައާރަފް ކުރި މި 5 ދުވަހުގެ ޑޭޓާ ޕެކްއަކީ ދިރާގުގެ 100ޖީބީ ޑޭޓާ ޕެކްގައި ހިމެނޭ އޮފަރއެކެވެ. އެގޮތުން މި ޕެކްއާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ގޭމްކުޅެ، މިއުޒިކް ސްޓްރީމްކޮށް، ފިލްމް ނުވަތަ ސީރީޒް ބަލާލެވޭނެއެވެ.

މި ޑޭޓާ ޕެކްގެ އިތުރުންވެސް ދިރާގުން ވަނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ތަފާތު މުއްދަތުގެ 100 ޖީބީ ޑޭޓާ ޕެކްތަކެއް ތައާރަފްކޮށްފައެވެ.

100ޖީބީ 3 ދުވަހުގެ މުއްދަތަށް 100 ރުފިޔާއަށް
100ޖީބީ 7 ދުވަހުގެ މުއްދަތަށް 225 ރުފިޔާއަށް
100ޖީބީ 15 ދުވަހުގެ މުއްދަތަށް 400 ރުފިޔާއަށް
100ޖީބީ 21 ދުވަހުގެ މުއްދަތަށް 550 ރުފިޔާއަށް
100ޖީބީ 30 ދުވަހުގެ މުއްދަތަށް 750 ރުފިޔާއަށް

މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކްޓިވޭޓް ކޮށްލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަހަރެމެން ބޭނުން ވަނީ ބޮޑު ޖީބީ އެއްނޫން ، އަހަރެމެން ބޭނުންވަނީ 150 ރުފިޔާއައް 5 ޖީބީ ވިޔަސް 30 ދުވަހުގެ ޕެކޭޖު. ތިޔަ 100 ޖީބީ ހަފުތާއެއް ތެރޭ ހުސްކުރަން ފޯނު އަތުން ދޫނުކޮއް 24 ގަޑި އިރު އޮންނަން ޖެހޭނީ. މީ ސޯލިހު އިންޓަނެޓައް ގެނެސްދިން ހެޔޮ ބަދަލު.