ރާއްޖޭގައި އާ އިންޓަނޭޝަނަލް އެއާލައިނެއް ގާއިމް ކުރުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް)އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސަރުކާރު ހިއްސާވާ ދެ ކުންފުންޏެއް ޖޮއިންޓް ވެންޗާއެއް ހަދައިގެން އިންޓަނޭޝަނަލް އެއާލައިންއެއް ފަށަން މަަސައްކަތް ކުރަމުންދާކަން ސަރުކާރު ހިންގާ މައި މާޓީ އެމްޑީޕީން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އެމްއެފްއެމްސީން ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރާއި ކަނެކްޓިވިޓީއަށް ބައިނަލްއަގްވާމީ ފެންވަރުގައި އިންގިލާބީ ބަދަލުތަކެއް ގެނެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

މޯލްޑިވިއަނުން ވިދާޅުވީ، މި މަސައްކަތުގެ ދަށުން އެމްއެފްއެމްސީއާ އެކު އިކުއިޓީ ޕާޓްނަރެއްގެ ގޮތުގައި ޖޮއިންޓް ވެންޗާއެއް ގާއިމުކުރެވި، ބައިނަލްއަގްވާމީ ދަތުރުތައް އިތުރަށް ފުޅާކޮށް، ދިގު ރާސްތާގެ މަންޒިލްތަކަށް ވައިޑް ބޮޑީ ފްލައިޓްތައް އިތުރުކޮށްދޭނެ ކަމަށެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް މަގުފަހިކޮށްދީ، ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ފުޓޫޕްރިންޓް އިތުރަށް ފުޅާކުރުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަގީގަތް

    މޯލްޑިވިއަން ބަގުރޫޓް ކޮއްލާފަ ދެން ކީކޭ މިކިޔަނީ

    7
    1
  2. އަލީ

    މި ހުންނަނީ ވޯޓު ލިބިދާނެކަމަށް ކުރާ ކަންތައްތައް.

  3. މުލޭ

    އެހެން ގޮތަކުން ދަމައިގަންނަން ކުރާ މަސައްކަތަކާ ވައްތަރު.

  4. ހުސޭނުބޭ

    އަސާގަނޑު ހިފައިގެން ހިނގާ 90 އަހަރުގެ މުސްކުޅިއަކު އޮލިމްޕިކް 100 މީޓަރުން ރަންމެޑަލް ގެނައުމުގެ މަސައްކަތް ފެށިކަކަށް ބުނުމުން ތިޔަށްވުރެ ފަސޭހައިން ޤަބޫލުކުރެވޭނެ!

  5. މޯލްޑިވިއަން

    މޯލްޑިވިއަން ތިކަމަށް ފުޅާނުކުރެވެނީ ކީއްވެބާ. ޢަނެއްކާވެސް ކަޓުނަގަން އާކޮންޓްރެކްތަކެއްގަ ސޮއެކުރަންވީ

  6. މޯލްޑިވިއަން

    އެތެރޭގެ އުދެހުންްތައް އަގުހެޔޮ ކުރަން މަސައްކަތް ކުރިއްޔާ މާ ރަނގަޅު ވާނެ

  7. ފަތޫ

    ހުވަފެން އެހެންނޫނަސްމިގައުމުގާއިންޓަނޭޝަނަލްއަމިއްލައެއްވެސްބޯޓެއްބާއްވާނެކަމެއްނެތް ސަބަކީމިގައުމުގާއެވަރަށްދަތުރުކުރާނެމީހުންނެތީމާޓިކެޓްއައްނުފޯރާނެތީ މިއަށްވުރެމާފައްކާވާނެމިހާރުމިގައުމުގާހުރިއެއާޕޯޓްތައްއޮޕްރޭޝަނަށްގެނައީމާ މިހާރުތިއޮޕްރޭޓްކުރަނީމާލޭއެކަނި މާލޭންކޮންމެއެއާޕޯޓަކަށް އަދިކޮންމެއެއާޕޯޓަކުންމާލެއަށް އޭގެބަދަލުގާ ހަނިމާދޫންފުރާމީހާމާލެނުގޮސް ގަމަށް ފުއަައްމުލަކަށް ހުވަދޫއަށް ލާމަށް ރާއަށް މިގޮތަށްވަށާއިޖެހޭގޮތަށްހަދާބަލަ ދެންއަގުހެއުކޮށްބަލަވަޒީފާއިތުރުކުރަންމުދާވެސްކުޑައަގެއްގާއޮޕްރޭޓްކޮށް 24/7 ގަޑިއަށްޚިދުމަތްދޭންފަށާބަލަ މީގިނަރައްޔަތުންބޭނުންވާނެގޮތެއް މިހާރުމިހުންބަލަންބޭނުންވާތަންތަންބަލާލަންވެސްދެވޭނެ

  8. ފަތޫ

    ހުވަފެން އެހެންނޫނަސްމިގައުމުގާއިންޓަނޭޝަނަލްއަމިއްލައެއްވެސްބޯޓެއްބާއްވާނެކަމެއްނެތް ސަބަކީމިގައުމުގާއެވަރަށްދަތުރުކުރާނެމީހުންނެތީމާޓިކެޓްއައްނުފޯރާނެތީ މިއަށްވުރެމާފައްކާވާނެމިހާރުމިގައުމުގާހުރިއެއާޕޯޓްތައްއޮޕްރޭޝަނަށްގެނައީމާ މިހާރުތިއޮޕްރޭޓްކުރަނީމާލޭއެކަނި މާލޭންކޮންމެއެއާޕޯޓަކަށް އަދިކޮންމެއެއާޕޯޓަކުންމާލެއަށް އޭގެބަދަލުގާ ހަނިމާދޫންފުރާމީހާމާލެނުގޮސް ގަމަށް ފުއަައްމުލަކަށް ހުވަދޫއަށް ލާމަށް ރާއަށް މިގޮތަށްވަށާއިޖެހޭގޮތަށްހަދާބަލަ ދެންއަގުހެއުކޮށްބަލަވަޒީފާއިތުރުކުރަންމުދާވެސްކުޑައަގެއްގާއޮޕްރޭޓްކޮށް 24/7 ގަޑިއަށްޚިދުމަތްދޭންފަށާބަލަ މީގިނަރައްޔަތުންބޭނުންވާނެގޮތެއް މިހާރުމިހުންބަލަންބޭނުންވާތަންތަންބަލާލަންވެސްދެވޭނެމިއީވާނެކަންތައް މިމީހުންރައްޔަތުންގޮބޯހައްދާފާ ކޮންމެރަށަކުންފުރިޔަސްއެމީހަކަށްމާލެގޮސްގެންނޫނީއަނެއްތަނަކަށްނުދެވޭގޮތަށް ކޮބާތަތިހުރިހާއެއާޕޯޓްހެދުމުގެފައިދާއަކީ