މިދިޔަ ޖުލައި މަހުގެ ތެރޭގައި ތަކެތީގެ އަގުތައް އުފުލުނު ނަމަވެސް އިންފްލޭޝަން ރޭޓް 2.3 އިންސައްތައަށް ހިފެހެއްޓިފައިވާ ކަމަށް ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަކޮށްފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އެންމެ ފަހުން އާންމުކުރި ޖުލައި މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓުން ދައްކާ ގޮތުގައި ޖުލައި މަހު ތަކެތީގެ އަގުތައް ވަނީ ޖޫން މަހަށް ވުރެ 0.06 ޕަސެންޓު މައްޗަށް ޖެހިލާފަ އެވެ. އޭގެ ކުރީ މަހު އިންފްލޭޝަން ހުރީ 0.10 ޕަސެންޓުގައެވެ.

ފާއިތުވީ މަހުގައި ކަނޑުދަތުރުފަތުރުގެ އިތުރުން ކާބޯތަކެތީގެ އަގުވެސް ވަނީ އުފުލިފައެވެ. އެއްގަމު ދަތުރާއި ކަނޑު ދަތުރުފަތުރަށް ބަލާއިރު ކަނޑު ދަތުރުގެ އަގުތައް މިވަނީ 13.57 އިންސައްތަ މައްޗަށް ގޮސްފައެވެ. ތަރުކާރީގެ އަގު 4.17 އަށް އިތުރުވެފައިވާއިރު މޭވާގެ އަގުތައް 0.93 އިންސައްތަ މައްޗަށް ވަނީ ގޮސްފައެވެ. އަދި ހަމައެއާއެކު މަހުގެ ބާވަތްތަކުގެ އަގު 0.33 އިންސައްތަ ވަނީ މަތިވެފައެވެ.

އެންމެ ބޮޑަށް އަގު ވެއްޓުނީ ކަރަންޓާއި ވައިގެ ދަތުރުފަތުރުތަކުންނާއި މުވާސަލާތީ ހިދުމަތްތަކުންނެވެ. ތަކެތީގެ އަގު މައްޗަށް ދިޔަނަމަވެސް ޖޫންމަހާ އަޅާ ބަލާއިރު ޖުލައިމަހުގައި އިންފްލޭޝަން ރޭޓް ވަނީ ހިފެހެއްޓިފައެވެ. ޖޫންމަހު އިންފްލޭޝަން ހުރީ 0.10 ޕަސެންޓުގައެވެ. އެހެންކަމުން ޖުލައިމަހު މިވަނީ ވަރަށް ބޮޑުތަން ހިފެހެއްޓިފައެވެ.

ޖޫން މަހުގެ ތެރޭގައި އިންފްލޭޝަން އުފުލެން މެދުވެރިވީ މަހުގެ ބާވަތްތަކާއި، ތަރުކާރީ އާއި އެޕްލަޔަންސްތަކުގެ އިތުރުން ވައިގެ ދަތުރުފަތުރާއި ކިރާއި ކިރުން އުފައްދާ އެހެނިހެން ބާވަތްތަކާއި ބޭހާއި އަންނައުނުގެ ބާވަތްތަކުގެ އަގު އުފުލުމާ ގުޅިގެންނެވެ. އަގު ހެޔޮވީ މޭވާގެ ބާވަތްތަކުންނާއި، މުވާސަލާތީ ހިދުމަތްތަކާއި ފަރުނީޗަރުންނެވެ.

ޖޫން މަހު އެންމެ ބޮޑަށް އަގު އުފުލުނު ބާވަތްތައް:

  • މަހާއި މަހުގެ އުފެއްދުންތައް - %2.48
  • ތަރުކާރީގެ ބާވަތްތައް - %2.11
  • ކަރަންޓާއި، ކަރަންޓު ނޫން އެޕްލަޔަންސްތައް - %1.41
  • ކިރާއި ކިރުގެ އުފެއްދުންތައް - %0.61

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ކޮތަޅު އިބުރާހީމް. މުރުދާބާދު