ފާމަސޫޓިކަލް އުފެއްދުންތައް އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށްވާ އިނގިރޭސިވިލާތުގެ އެސްޓްރަޒެނިކާގެ އުފެއްދުންތަކެއް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި، އަދި ރާއްޖޭގެ ލީޑިން މެޑިކަލް ސަޕްލަޔ އެސްޓީއޯއިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަން ފާހަގަކޮށްފައިވާއިރު، އެ ކުންފުނިން ބުނީ އެސްޓްރަޒެނިކާގެ މި އުފެއްދުންތައް އެސްޓީއޯއިން ފޯރުކޮށްދެމުންދާނީ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރގެ ގޮތުގައި ކަަމަށެވެ.

މިއާއެކު ބޭސް އުފައްދާ ސީދާ ކުންފުންޏާ ގުޅިގެން ޚަރަދު ކުޑަކޮށް ބޭސް އެތެރެކުރެވި، ދާއިމީ ބަލިތަކަށް އާއްމުކޮށް ބޭނުންކުރަންޖެހޭ ބޭސް ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބާރު ލިބިގެންދާނެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އެސްޓީއޯއިން އަބަދުވެސް ކަށަވަރުކުރާ އެއްކަމަކީ ރާއްޖެ އެތެރެކުރެވޭ ބޭސް ތަކަކީ ފެންވަރު ރަނގަޅު ބޭސްތަކަކަށްވުމެވެ. އެހެންކަމުން އެސްޓްރަޒެނިކާ ފަދަ ކުންފުންޏެއްގެ އުފެއްދުންތައް ލިބޭނެ މަގު ހޯދުން ވެގެންދާނީ އެސްޓީއޯއިން ފޯރުކޮށްދޭ ބޭހާމެދު ރައްޔިތުންގެ އިތުބާރު އިތުރަށް ބޮޑުވެގެންދާނެ ކަމަކަށް ކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ.

އެސްޓްރަޒެނީކާ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ 14 ބޭހެއް އާސަންދައިގެ ދަށުން ކަވަރު ކުރުމަށް ވަނީ ރަޖިސްޓްރީ ކުރެވިފައެވެ. މީގެ ތެރޭގައި ކެންސަރު ބައްޔާއި، ގޭސްޓްރިކް، އަދި ހަކުރު ބަލީގެ މީހުންނަށް ޚާއްސަ ބޭސްތައްވެސް ހިމެނެއެވެ.އެސްޓްރަޒެނީކާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ބޭސް ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި، އެސްޓީއޯގެ އަމާޒުތަކައް ވާސިލްވުމަށް އިތުކުރިއެރުންތައް ގެނުވައިދެވޭނެއެވެ.

އެސްޓީއޯގެ އަމާޒަކީ އިތުރު މެދުވެރިއަކާ ނުލައި ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އުފައްދާ ސީދާ ކުންފުނިތަކުން ފެންވަރު ރަނގަޅު ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ފުޅާދާއިރާއެއްގައި ލިބޭނެ މަގުފަހިކޮށްދިނުމެވެ. މި ގޮތަށް ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެ ކުރުން ވެގެންދާނީ ޑޮކްޓަރުން ބޭސް ލިޔެދިނުމުގައި ފެންވަރު ރަނގަޅު ބޭސް އިޚުތިޔާރު ކުރާނެ ދާއިރާ ފުޅާވެ ބަލި މީހާއަށް އަވަހަށް ނަތީޖާ ފެންނާނެފަދަ ގޮތަކަށް ފަރުވާ ލިބުމަށް މަގުފަހިވެގެންދާނެ ކަމަކަށެވެ. މިއީ ދިވެހިންގެ އާންމު ސިއްހަތާއި ދިރިއުޅުމަށް ލިބިގެން އަންނަ އިތުރު ކުރިއެރުމެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ އެސްޓްރަޒެނިކާގެ ނަމަކީ ކޮވިޑްގެ ތެރޭގައި މީހުންގެ ސިކުނޑީގައި އެ ނަމެއް ހަރުލި، އިތުބާރު އޮތް ބްރޭންޑެއް ކަމަށެވެ.

މީގެ އިތުރުން އެސްޓީއޯއިން އަންނަނީ މިހާރުވެސް ރާއްޖެއަށް ބޭނުންވާ ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެކުރުމަށް 26 ކުންފުންޏާއެކު އެއްބަސްވުން ހަދައި ސީދާ ކުންފުނިތަކުން ރާއްޖެއަށް ބޭސް އެތެރެކުރަމުންނެވެ.

މިއީ ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބިގެން އަންނަ ފާހަގަ ކޮށްލެވޭ ކުރިއެރުމަކަށްވާއިރު، މި ކުރިއެރުމާއެކު އާންމުން ބޭނުން ކުރަމުން އަންނަ ބޭހުގެ ފެންވަރު ރަނގަޅުވެ، ބޭސް ލިބުމުގެ ދަތިތަކަށް ބޮޑު ހައްލެއްލިބިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. 12321

    ތިއީ މއ ކޮށީގެ ތިންބެއިންގެ ވިޔަފާރިޔެއްތަ، އެއްބަޔަކައް ހުރިހާ ބާރެއް މިދެނީ ކީއްވެ، ތިއީ އެކޮމްޕެނީގެ އިންޑިޔާ ފެކްޝަން، އިންޑިޔާއިން ކޮވިޑް ވަކްސިން އޭ ކިޔާފަ އެއްޗެއް ގެނެސް ރާއްޖޭގަ ޓެސްޓް ކުރިމީހުން، ތިހެން ހެޑްލައިން އެޅިޔަސް އަހަރެމެން ނަކައް ނޮއޮޅޭނެ، ދިވެހި ރަތްޔިތަކައް ރަގަޅަކައް އެއްކަމެއްވެސް މިސަރުކާރުން ނުކުރާނެ

  2. ކޮށީގެކޮށިން

    ތިތާ އެބަތިބި އެއްބަނޑު ތިން މީހުން. ހުންނާނެތާ ފޯރިއެއް

  3. ޕުޓިން

    ތިޔައީ ބޭސްވެރިކަމުގެ ނަމުގައި އިންސާނީ ޖީލެއް ހަލާކު ކޮށްލި ބައެއް. ތިބޭސްތައް ރަގަޅަށް ދިރާސާ ކުރުމަށް ގޮވާލަން. ކޮވިޑް ތެރޭގައި މި މީހުން ނެގި ފައިދާ އާއި ކަނޑައެޅިގެން ގެއްލުން ލިބޭ ވެކްސިން ތަކެއް ޖެހި ހަނދާން އާކޮށްލަން ޖެހޭ.

  4. 😡😡😡

    ދިވެހިންމީ ލެބްރެޓްސް އެއް ނޫން

  5. ވިސްނާ

    ކޮވިޑު އެސްޓަރާނެކާ ވެކްސިނ ޖެހިފަހުންް ސަލާމަތްނުވެގެން އެތައްބަޔަކު އެބައުޅޭކަން މިމީހުނަށް ހަމަނޭންގެނީތަ؟!!!

    • ސޮއްޓި

      ގްޕްތާ މެން އަތުން އެވެސް ހޯދަން މިޖެހެނީ