މޯލްޑިވިއަނުން އޭޓީއާރު މަރުކާގެ އިތުރު ދެ މަތިންދާބޯޓު ގަންނަން ނިންމައިފިއެވެ.

މީޑީޔާއަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ މޯލްޑިވިއަނުން އޭޓީއާރް 600-42 މަރުކާގެ އިތުރު ދެ މަތިންދާބޯޓު ގަންނަން ނިންމައި އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ބޯޓު ރާއްޖެ ގެންނަނީ އަންނަ ޑިސެމްބަރު މަހުގައެވެ. ދެވަނަ ބޯޓު ގެންނަން ހަމަޖެހިފައިވަނީ ދެ އަހަރު ފަހުން 2025 ގައެވެ.

ޑިސެމްބަރގައި ގެންނަ ބޯޓުގައި 46 ފަސިންޖަރުންގެ ޖާގަ ހުންނާނެ ކަމަށް އެކުންފުނިން މައުުލޫމާތުދެއެވެ.

މޯލްޑިވިއަން އިން މިދިޔަ ޖުލައި މަހު ވަނީ އިތުރު ދެ ބޯޓު ކުއްޔަށް ހޯދުމަށްވެސް އިއުލާންކޮށްފައެވެ. އެއީ 42 މީހުންގެ ޖާގައިގެ ދެ ބޯޓެވެ.

މިއަހަރުކުރީކޮޅު މޯލްޑިވިއަންއިން 5 ބޯޓު ކުއްޔަށް ގެންނަން ނިންމައި އެބޯޓުތައް ދޫކުރާނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. އެކުންފުންޏަށް ބޭނުން ވަނީ މުޅިން އާ ނުވަތަ ބޭނުންކުރަމުން އަންނަ އޭޓީއާރު 42-600 މަރުކާގެ ފަސް ބޯޓެވެ.

އެކުންފުނިން ކުއްޔަށް ނަގަން ބޭނުންވާ ފަސް ބޯޓްގެ ތެރެއިން ތިން ބޯޓު ބޭނުން ވަނީ އޮޕަރޭޓިން ލީސް ނުވަތަ އެ އެއާލައިންގެ ދަތުރުތަކުގައި ބޭނުންކުރުމަށް ހަދާ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ބޯޓުތައް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ތެރޭގައި ރާއްޖެ ގެންނަން ބޭނުންވާ ކަމަށް އޭރު މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

އައިއޭއެސް އިން ބުނި ގޮތުގައި ފަސް ބޯޓްގެ ތެރެއިން އެއް ބޯޓު ބޭނުން ވަނީ ސޭލް އެންޑް ލީސް ބެކް (އެސްއެލްބީ) ނުވަތަ ކުންފުންޏެއްގެ މުދާ އެ ކުންފުންޏަކަށް ބޭނުންކުރެވޭ ގޮތަކަށް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަށް ހަދާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ބޯޓު މި އަހަރުގެ ފަހު ކުއާޓަރަށް ރާއްޖެ ގެންނަން ބޭނުންވާ ކަމަށްވެސް ބުނެފައިވެއެވެ.

މޯގެ އިތުރުން ލީސް ނުވަތަ އެހެން ބަޔަކު ހަރަދުކޮށްގެން ބޯޓު ގަތުމަށް ފަހު މޯލްޑިވިއަންއަށް ބޭނުންކުރުމަށް އެ ބޯޓު ކުއްޔަށް ދިނުމަށް ހަދާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ބޯޓު 2025 ގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ ގެންނަން ބޭނުންވާ ކަމަށް އައިއޭސް އިން ބުންޏެވެ.

ރާއްޖޭގެ 15 މަންޒިލަކަށް މޯލްޑިވިއަންގެ ބޯޓުތައް ދަތުރުކުރާއިރު މޯލްޑިވިއަންގެ ފުލީޓްގައި 50 ފަސެންޖަރުންގެ ޖާގައިގެ ޖުމްލަ އަށް ބޯޓާއި، 37 ފަސެންޖަރުންގެ ޖާގައިގެ ދެ ބޯޓު އޮވެ އެވެ.

އެ ކުންފުނިން އަމާޒު ހިފާފައިވަނީ އެ ކުންފުނީގެ ފްލީޓު އެއްކޮށް އޭޓީއާރަށް ބަދަލުކުރުމަށެވެ. އެގޮތުން މި އަހަރުވެސް އޭޓީއާރްގެ މުޅިން އާ ތިން ބޯޓު ގެނެސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުއިއްޒު އެއްބުރުން

    ދެން ބުނުފާނެ، ރާއްޖޭގެ ކޮންމެ ގެއެއްގެ ސިޓިން ރޫމުގައި ތާޖު މަހަލްއެއް އަޅަން ނިންމައިފި. އެކަން ދުވަހެއްގެ ކޮޅުން ނުވިޔަސް ނިންމައިފިއޭ ބުނެލެވިދާނެ.
    މިފަހަރު ހޮވާނީ އަމަލުން ހިދުމަތް ދައްކައިދިން މުއިއްޒު

    10
  2. ގޕވ

    ގަންނަނީތަ ދަރަންޏަށްނަގަނީތަ ޓިކެޓްއަގުކިހާވަރެއްއުފުލާލާނީ

  3. މޕ

    ކުދި ބޯޓުތައް ގަނެގެންނޭ ކިޔާފަ ކުއްޔައް އަސްލު މިހިފަނީ މުޅިން ވެސް އޮޅުވާލުން

  4. ކަޓެއްނުނަގާނެ.

    ފަހުއެތި ލަޑާލީދޯ..

  5. ަސދަސފ

    ފަހުވަގުތުގައިވެސް ދަމައިގަންނަން ރާވަނީ !!!

  6. ހުސޭނުބޭ

    ތިއިން ރައްޔިތުންނަކަށް ނުވޭ އެއްވެސް ފައިދާއެއް! ފައިދާވަނީ ޖެނީދައްތަމެންނަށް. ތިތަން ނޮޅާ ކާ މީހުންނަށް. ކުޑަމިނުން ޓިކެޓްވެސް އަގުހެޔޮނުކުރޭ!