ރާއްޖެ އަންނަ އިންވެސްޓްމަންޓްތައް މަދުވެ ފަތުުރުވެރިކަން ވެސް ދަށަށް ދަމުންދާކަން ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދާން ފަށައިފައިވާ ކަމުގެ އިންޒާރު މޯލްޑިވިއަން އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް(މަޓާޓޯ)އިން ދީފިއެވެ.

މަޓާޓޯއިން އެގޮތަށް ބުނީ އެ އެސޯސިއޭޝަންއިން އެކުލަވާލި އިގުތިސާދީ ރިޕޯޓަކަަށް ބިނާކޮށެވެ.

މަޓާޓޯއިން ބުނީ ކޮވިޑުގެ ހާލަތު ރަނގަޅުވުމަށް ފަހު ވެސް 2022 ވަނަ އަހަރާ އަޅާ ބަލާއިރު ރާއްޖެ އަންނަމުންދާ ފަތުރުވެރިންގެ އަދަދު 1.6 އިންސައްތަ މަދު ކަމަށެވެ.

ހަމަ އެހެންމެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ގޮސް ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުން މުއާމަލާތް ކުރެވޭ ވަރު އެތައް ތަނެއް އިތުރުވެފައިވާ ކަމަށް މަޓޯޓޯއިން ބުނެއެވެ. އަދި ރާއްޖޭގެ ބޭންކުތަކުން ނަގަމުންދާ ފީ ވެސ މި ސަރަަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު އިންތިހާއަށް ބޮޑުކަން ފާހަގަކޮށްފައި ވެއެވެ.

ރާއްޖޭގެ ދަރަނި 6.8 ބިލިއަން ޑޮލަރަށް އަރާފައިވާ އިރު މިއީ ޖީޑީޕީގެ 110 ޕަސެންޓްކަމަށާއި އެކަން އެހެންވީ ހަރަދުތައް ބޮޑެތި ޓޫރިޒަމްއަށް ބަރޯސާ މިންވަރު އިންތިހާއަށް އިތުރުވުމާ ގުޅިގެން ކަމަށް ބުނެފައި ވެއެވެ.

މި އަހަރުން ފެށިގެން ޖީއެސްޓީ އަދި ޓީ ޖީޢެސްޓީ ބޮޑުކޮށްފައިވާ އިރު އޭގެ ސަބަބުން ފަތުރުވެރިކަމަށް އަސަރުކުރާނެކަން މަޓާޓޯއިން ކުރިންވެސް އޮތީ އިންޒާރު ދީފައެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ އެނދުތައް އަގުބޮޑުކުރަން ޖެހި ވާދަވެރި މަންޒިލްތަކާ ވާދަކުރަން އުނދަގޫވެ އަދި ފަތުރުވެރިން އަންނަ މިންވަރު ދަށްވާނެ ކަމަށް ބުނެފައި ވެއެވެ.

"މަޓާޓޯއިން މި ކުރި ދިރާސާއާއި ވެވުނު ބައްދަލުވުންތަކަށް ބަލާއިރު ވޭތުވިދިަޔ ހަތަރު އަހަރާއި ހަ އަހަރުގެ ތެރޭގައި މި ދާއިރާއިން އިންވެސްޓުކުރުމުގެ ފުރުސަތު އޮތް ގިނަ ފަރާތްތަކަށް އިންވެސްޓްކުުރުން މަދުކުރުމާއި ރާއްޖެއަށް އިންވެސްޓުކުރުމުގެ ޝައުގުވެރިކަން ގެއްލެމުންދާ ދިއުން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު މިސާލަކަށް ފިޖީ ޒެންޒިބާރު ފަދަ ގައުމުތަކަށް އިންވެސްޓަރުންގެ ޝާއުގުވެރިކަން އިތުރުވަމުންދާ މި ދުވަސްވަރު ރާއްޖެއިން މި އަންނަމުންދާ ބޮޑު ބަދަލަކީ މިކަމާމެދު ވަރަށް ފުންކޮށް ވިސްނާ ކަންބޮޑުވާން ޖެހިފައިވާ މައްސަލަ އެކެވެ" މަޓާޓޯގެ ބަޔާނުގައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހާސްކަންޑާލާ

    ތިޔަ ކަންކަން ނޭގެނީ ވެރިކަމަށް ދަރިވެރިވެ ބޫތުކައިފައިވާ އިންޑިޔާގެ ގޮންޑުކޮށްކޮ ސަރުކާރުގެ ވެރިންނަށާއި ނުކިޔަވައި ހުރި ގަމާރު ސޯލިހުއަށް

    38
    2
  2. ނޫކަށި

    މަހުރީ އަދި ޗޯރު އިބުރޭއަށް ވޯޓުލާން. އެކަމަކު ދެން ނުލާނަން މި ކަހަލަ ނުކިޔަވާ ގަމާރަކަށް މަ ވޯޓު ދޭނީ ކިހިނެއް

    21
    2
  3. އއ

    ދެން ފެންނާނީ އިންޑިޔާގެ ސަފީރު ކޮންޓްރޯލްކުރާ ތަނަކަށް، ތިޔަ މަޓާޓޯ ވެގެން ދާތަނެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތެރެއަށް، ތިޔަ އިންޑިޔާ ބޭނިގަތީވެސް ތިޔަ އިންޑަސްޓްރީ ފުނޑު ފުނޑު ކޮށްލުމުގެ ޕްލޭންގެ ދަށުންނެވެ. ތިޔަ އިންޑަސްޓްރީ ތެރެއަށް އިންޑިޔާ( ތޮރުފިފައި އޮތްވަރު ) ވަދެފައި އޮތްވަރު، ވެރިންނަށް އެނގެންވާނެއެވެ. ދިވެހިރާއްޖެ އަކީ ރީތި، ސުލްޙަވެރި، އަމާން، ހިތްހެޔޮ، ފަތުރުވެރިކަމުގެ އެންމެ ހިތްގައިމު މަންޒިލް، ނަމޫނާ ޓޫރިޒަމް އިންޑަސްޓްރީ، މިފަދަ ފަޚުރުވެރި އެތައް މަޤާމުތަކެއްލިބި، ޤަވްމުގެ އިޤްތިޞާދު ޓޫރިޒަމް އިންޑަސްޓްރީއަށް ބަރޯސާވެފައިވާޤަވްމެކެވެ. އެހެންވީމާ މި އިންޑަސްޓްރީ ހިންގަންތިބޭ ވެރިންނަކީ، މޭކަޕް ކޮށްގެން ފަރިޙަރާތެއްގައި އަންނަ " ހަތުރުންގެ" ކިބައިން މި ސިނާޢަތް ރައްކާތެރިކުރެވޭފަދަ ހުޝިޔާރު ބަޔަކަށް ވާން އެބަޖެހެއެވެ. ދިވެހީންގެ ބުރަ މަސައްކަތުން ފަރުމާކޮށް، ނަގައި ކޮޅަށްޖެހި މި އިންޑަސްޓްރީގެ ފުރިހަމަ ބާރުވެރިކަން، މިއަދު ދިވެހިންގެ އަތްމަތީގައި އޮތްތޯވެސް ސުވާލު އުފެދެއެވެ.

    19
    1
  4. ޖައުފަރު

    ކަނޑުކޮހަކު ވެރިކަމަށް ލައިގެން ޝާހިދާ ފައްޔާޒާ ދެމީހުން ވައްކަންކުރުންނޫން ކަމެއް ނުކުރޭ. ދެނ ހުރީ އަލީ ޒާހިރު އޭނަވެސް ކުރަނީ ވައްކަން. ވެރިކަން ނިމޭކޮޅު ފެންނާތީ އަތުޖެހުނު އެއްޗެއް ިފައިގެން ފިލަން ތައްުޔާރުވަނީ