ރާއްޖޭގައި އެޕަލްގެ އޮތޯރައިޒްޑް ރީސެލާ އެލް މޯބައިލްއިން، އެޕަލްގެ އެންމެ ފަހުގެ ފޯން، އައިފޯން 15 ސީރީޒްގެ ފޯންތަކަށް ޕްރި ރެޖިސްޓްރޭޝަންއަށް ރަސްމީކޮށް ހުޅުވާލައިފިއެވެ.

އެޕަލްގެ އެންމެ ފަހުގެ ޕްރޮޑަކްޓްތައް ގެނެސް، ކަސްޓަމަރުންނާއި ހަމައަށް އެންމެ އަވަހަށް ގެނެސްދިނުމުގައި އިތުބާރު ހޯދާފައިވާ އެލް މޯބައިލް އިން މި މަހުގެ 22 ވަނަ ދުވަހު ވަނީ އައިފޯން 15 ގަންނަން ބޭނުންވާ ފަރާތްތައް ނޯޓު ކުރުމަށް ހުޅުވާލަފައެވެ. މިގޮތުން އެލްމޯބައިލްގެ ފިހާރަތަކަށް ނޫނީ ހޮޓްލައިން ނަމްބަރު 9360000، 7995709، 7774558 އަށް ގުޅައިގެން ރެޖިސްޓަރކޮށްގެން އެންމެ ފުރަތަމަ ފޯނު ލިބޭ މީހާއަަށް ވެވިދާނެއެވެ.

މިފަހަރުގެ ހާއްސަ އޮފަރއެއްގެ ދަށުން ގަންނަ ކޮންމެ އައިފޯން 15 ގެ މޮޑެލްއަކާއެކު އޮރިޖިނަލް ކަވަަރެއް ލިބިގެން ދާނެ ކަން ފާހަގަކޮށްލެވެެއެވެ.

އައިފޯން 15 އަކީ މިހާތަނަށް އެޕަލް އިން އުފެއްދި އެންމެ ވަރުގަދަ ކެމެރާ ހިމެނޭ ފޯނެވެ. މިގޮތުން އައިފޯން 15 މެއިން ކެމެރާއަކީ 48 މެގަޕިކްސެލްގެ ކެމެރާއެކެވެ.

 

View this post on Instagram

 

A post shared by eLL Mobile (@ellmobile)

އަދި މިފަަހަރު ނެރުނު ފޯނު ކުލަތަކުގެ ތެރޭގައި ޕިންކް، ރީނދޫ، ފެހި، ނޫ އަދި ކަޅު ކުލަ ހިމެނެއެވެ.

މިފަހަރުގެ އައިފޯންގައި ވަނީ ކުރިން ވެސް ލަފާކުރި ގޮތަށް ޗާޖިން ޕޯޓް ލައިޓްނިން އިން ޔޫއެސްބީ ސީ އަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ްއިނާ

    ޥވވވވވ.....ކަމުދޭ

  2. ހުވަދު

    ތި އައިފޯނު ކަޑަ. މިހާރުވެސް ފޯނުގެ ބައިތަކުން ކުލަ ދިއުން، ފޯނު ހޫނުވުން، ސްކްރީން ތަޅައިގެން ދިއުން، ސްކްރީންގެ އެތައް މައްސަލަތަކެއް ދަނީ ދިމާވަމުން. ޕްރޯ ފޯން އަކާ ގާތްވެސް ނުކުރޭ...