ފާއިތުވެ ދިޔަ އަހަރުތަކުގައިވެސް ރާއްޖެެއަށް އެންމެ ފުރަތަމަ އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތައް ތައާރަފްކުރި ބެސްޓް ބައި މޯބައިލް އިން އައިފޯން 15 ގެނެސް ޕްރި އޯޑަރަށް ހުޅުވާލައިފިއެވެ.

އެޕަލްގެ އެންމެ ފަހުގެ ޕްރޮޑަކްޓްތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ ދިވެހިންގެ އިތުބާރު ހޯދާފައިވާ ބެސްޓް ބައި މޯބައިލްއަށް މި ވަނީ، ދުނިޔޭގެ ބާޒާރުގައި ފޯނު ވިއްކަން ފެށިތާ 48 ގަަޑިއިރު ތެރޭގައި އެންމެ ފަހުގެ އައިފޯންތައް ލިބިފައެވެ.

ބެސްޓް ބައިގެ އޮފިޝަލަކު ވިދާޅުވީ މިހާރުން ފެށިގެން ޕްރިއޯޑަރު ނަގަމުންދާ ކަސްޓަމަރުންނަށް މި މަހުގެ 29 އިން ފެށިގެން ފޯނު ލިބިގެންދާނެ ކަމަށެވެ. ރާއްޖެއަށް އެޕަލްގެ އޮފިޝަލް ލޯންޗިންގ އިނީ މި މަހުގެ 29 ވަނަ ދުވަހެވެ. އަދި މިހާރު ބެސްޓް ބައި މޯބައިލުން އާއްމުކޮށްފައިވާ ޕްރި-އޯޑަރު އަގުތަކަކީ ރާއްޖެއިން އައިފޯން-15 ސީރީޒް ލިބޭނެ އެންމެ ހެޔޮ އަގުކަން ފާހަގަކޮށްލެވެއެވެ.

48 ގަޑިއިރު ތެރޭ ބެސްޓް ބައި މޯބައިލްއިން އައިފޯން 15 ގެނެސް ފިހާރައިގައި - ފޮޓޯ: ބެސްޓް ބައި މޯބައިލް

ބެސްޓް ބައި މޯބައިލުން ވިއްކާ ފޯނުތަކުގެ އަގުތައް ފޭސްބުކް ޕޭޖުން ބަލައިލެވޭނެއެވެ.

އަދި ވަރަށް އަވަހަށް ފޯނުގެ ރަސްމީ އަގުތައް އިއުލާނު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

48 ގަޑިއިރު ތެރޭ ބެސްޓް ބައި މޯބައިލްއިން އައިފޯން 15 ގެނެސް ފިހާރައިގައި - ފޮޓޯ: ބެސްޓް ބައި މޯބައިލް

އައިފޯންގެ އެންމެ ފަހުގެ އުފެއްދުންތައް މުޅި ދުނިޔެއަށް ދައްކާލާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ބެސްޓް ބައިގެ މައި ފިހާރަ ހުންނަނީ މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތިގައެވެ. ދެވަނަ ފިހާރަ ހުންނާނީ މާވެޔޮ މަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތީގައެވެ. ތިން ވަނަ ފިހާރަ ހުންނަނީ މަޖީދީ މަގު ކުރީގެ އަގޯރާ ފިހާރަ ކުރިމަތީގައެވެ.

ބެސްޓް ބައިއިން ވަނީ އިންސްޓޯލްމެންޓަށްވެސް ފޯނު ނެގޭ ގޮތަށްވެސް ހަމަޖައްސާފައެވެ. އެގޮތުން ދާދި ފަހުން ތައާރަފްކުރި ފުލުހުންގެ ޕޮލްކޯ ސްކީމާއި، މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، ބީއެމްއެލް އީޒީ، ބީއެމްއެލް އިސްލާމިކް ކްރެޑިޓް ސްކީމް މެދުވެރިކޮށްވެސް ބެސްޓް ބައި މޯބައިލުން ފޯނު ނެގޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތަކުރު

    "48 ގަޑިއިރު ތެރޭ ބެސްޓް ބައި މޯބައިލްއިން އައިފޯން 15 ގެނެސް ފިހާރައިގައި" ދެން ކޮން ޕޮރި އޯޑަރެއްގެ ވާހަކަ ތި ދައްކަނީ. އޮޅުވާލަން އުޅުނަަސް ބޮޑުވަރު އިނގޭ

    • ޖަމީލު

      ތަކުރު ހަމަ ތިބުނީ ހެޔޮކޮށް