ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޣެ "ކޮމިއުނިޓީ ފަންޑު" ގެ މި އަހަރުގެ ދެވަނަ ފިޔަވަހީގައި ހޮވުނު، އެހީ ލިބޭ 10 ޕްރޮޖެކްޓު ހާމަކޮށްފިއެވެ.

ބީއެމްއެލްގެ "ކޮމިއުނިޓީ ފަންޑު"ގެ އެހީ ހޯދުމަށް ޖުމްލަކޮށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ އެންޖީއޯތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ބީއެމްއެލްއިން ވަނީ ފުރުސަތުދީފައެވެ. އަދި ހޮވުނު 10 ޕްރޮޖެކްޓް ހިންގުމަށް 50،000ރ. އާ ހަމައަށް ފައިސާގެ އެހީ ފޯރުކޮށްދޭނެކަމަށް ވެސް އެ ފަރާތުން ހާމަކުރެއެވެ.

 

މި ފިޔަވަހީގައި ހޮވުނު 10 ޕްރޮޖެކްޓްތަކަކީ:

- ދަ ރީޑިން ރޫމް އިން ފިޔަވަތީގައި ކުޑަކުދިންނަށް ލިޔަންކިޔަން ދަސްކޮށްދޭ ޕްރޮގްރާމް ހިންގުން

- އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާސްއިން ހއ. ތަކަންދޫ، އއ. އުކުޅަސް އަދި ވ.ފުލިދޫގައި އަންހެނުންނަށް ހާއްސަ ޕްރޮގްރާމް ހިންގުން

- ތުޅާދޫ ސްޕޯޓްސް ކްލަބުން އެ ރަށުގައި ސައުންޑް ސިސްޓަމްއެއް ގާއިމްކުރުން

- ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން އެ ރަށުގައި އައުޓްޑޯ ބީޗް ޝަވާ އޭރިއާ ތަރައްގީކުރުން

- ފީނާ އެކަޑަމީން ހއ. ދިއްދޫގައި ކޮމިއުނިޓީ ޕްރޮގުރާމް ހިންގުން

- ނާދިލް މުތައްހިދީންއިން ށ. މަރޮށި ސްކޫލުގައި އައުޓްޑޯ ރީޑިން ޕާކެއް ހެދުން

- ކަޒިންސް ޔުނިޓީ ޓުވާޑްސް އެމްޕަވަމަންޓްއިން ރ. އަނގޮޅިތީމު ސްކޫލުގައި އައުޓްޑޯ ރީޑިން ޕާކެއް ހެދުން

- ވިންސިއާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތ. ގުރައިދޫގައި ވިންސިއާ ފުޓްބޯލް ޓްރެއިނިން ޕްރޮގްރާމް ހިންގުން

- މޯލްޑިވްސް ކޮމިއުނިޓީ އެންޕަވަމަންޓް ނެޓްވޯކުން ލ. ގަމުގައި ސްމާޓް ސްކޫލް ސިސްޓަމްސް ހަރުކުރުން

- ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުމުން އެ ރަށު ސްކޫލުގައި އައުޓްޑޯ ރީޑިން ޕާކެއް ހެދުން

"ކޮމިއުނިޓީ ފަންޑު"އަކީ ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް މެދުވެރިކޮށް އެންޖީއޯ، ޖަމިއްޔާ އަދި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އަދި ބާރުވެރިކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ. އެ ފަންޑު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 90 ޕްރޮޖެކްޓެއް ހިންގުމަށް މިހާތަނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު