މިހާރަކަށް އައިސް ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވެމުންދާކަމަށް ބެންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އިން ވިދާޅުވެއްޖެއެވެ.

ބީއެމްއެލް އިން ވިދާޅުވީ އެކަމާ ގުޅިގެން މީޑިއާ މެދުވެރިކޮށް އާންމުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ސްކޭމްގެ ކޭސްތަކުގެ އަދަދަށް ބަލާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ސްކޭމްއާ ގުޅުންހުރި އިތުރު ކޮންޓެންޓްތައް ހިއްސާ ކުރައްވާނެކަމަށް ވެސް އެ ފަރާތުން ވިދާޅުވެއެވެ. އެ ގޮތުން މި ފަހަކަށް އައިސް ފާހަގަ ކުރެވިފައިވަނީ އިންޕާސަނޭޝަން ސްކޭމްތައް (ދަންނަ މީހަކަށް ހެދިގެން އޮޅުވާލުން) އިތުރުވަމުންދާ ތަނެވެ.

ދާދިފަހުން ރިޕޯޓްކޮށްފައިވާ އާންމު ސްކޭމް މައްސަލަތަކަށް ބަލާއިރު، ސްކޭމަރުން ޝިކާރައަކަށްވާ މީހުންނާ މުއާމަލާތް ކުރަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، މައިގަނޑު ގޮތެއްގައި ފޭސްބުކް މެދުވެރިކޮށް، ފައިސާ ހޯދުމަށް އެދެނީ ސިއްހީ ކަންކަމަށާއި، ބޭސް ފަރުވާގެ ނަމުގަޔާއި، ލޮކްޑް/ ބޭނުން ނުކުރެވޭ އިންޓަރނެޓް ބޭންކިންގ މީގެ އިތުރުން ރާއްޖެއިން ބޭރުން ފޮނުވާ އުފެއްދުން ނުވަތަ ހަދިޔާ އަދި ކަސްޓަމް ކްލިއަރެންސް ފީ ގެ ނަމުގައި އޮޅުވާލައިގެންނެވެ.

ސްކޭމަރުން ގިނައިން ބޭނުންކުރަނީ ޑޮލަރު އަދި ދިވެހި ރުފިޔާގެ އަދަދުތައް ލިޔެފައިވާ މޯލްޑިވްސް އިސްލާމިކް ބޭންކް އެކައުންޓް ޑިޕޮސިޓްގެ ނަކަލެއް ނުވަތަ ފޭކު ސްލިޕްތައް ބޭނުންކޮށްގެންނެވެ. އަދި މި ކަހަލަ ސްކޭމަތަކުގައި ޝިކާރައަކަށްވާ މީހާއަށް އޮޅުވާލައިގެން ފައިސާ ފޮނުވަން ބުނެއެވެ.
އަދި ސްކޭމަރުން ޝިކާރައަކަށްވާ މީހުންނާ ގުޅުމަށް ނޭނގޭ ނަންބަރުތަކެއް ނުވަތަ، ވަޓްސްއެޕް، ވައިބަރ، ޓެލެގްރާމް ނުވަތަ އިންސްޓަގްރާމް ފަދަ އެހެން މުވާސަލާތީ ޕްލެޓްފޯމްތައް ބޭނުންކުރެއެވެ.

ފަހަކަށް އައިސް އިންޕާސަނޭޝަން ސްކޭމްތައް ހިމެނޭ ސްކޭމް ހަރަކާތްތައް އިތުރުވުމުގެ އިތުރުން ތިރީގައިވާ ސްކޭމްތައް ވެސް އާންމުވެ އެވެ.

ކްރިޕްޓޯކަރަންސީ ޓްރޭޑިންގ
ފޮރިން ކަރަންސީ އެކްސްޗޭންޖް
ލޮގިން ކްރެޑެންޝަލް ކޮމްޕްރޮމައިޒް
އޮންލައިން ޓްރޭޑިންގ
ވިއްކުން/ގަތުން – މާޗަންޑައިޒް އެންޑް ސާވިސް

ކަސްޓަމަރުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް:

މިފަދަ ރިކުއެސްޓެއް ލިބިއްޖެނަމަ، އެއްވެސް ފައިސާއެއް ފޮނުވުމުގެ ކުރިން، ކުރިން ބޭނުންކުރި ކޮންޓެކްޓް ނަންބަރެއް މެދުވެރިކޮށް ނުވަތަ އާންމު ފަރާތެއް މެދުވެރިކޮށް، ހަގީގީ ރަހުމަތްތެރިޔާ/ގާތްތިމާގެ/ އެކުވެރިޔާއާ އެކު ކަށަވަރުކުރުން އަދި މި ފަދަ މުއާމަލާތެއް އޮޅިގެން ކުރިއަށް ގެންދިޔަނަމަ ވަގުތުން ބޭންކަށް ގުޅައިގެން މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް މައްސަލަ ހުށަހެޅުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަބްދުﷲ

    ބޭންކަށް ގުޅައިގެން ނުވަތަ ޕޮލިސްއަށް އަންގައިގެން ވީ އެއްކަމެއްވެސް ނެތް. 12،000 ރުފިޔާގެ މައްސަލައެއް، އެކަން ހިނގި ދުވަހުން ފެށިގެން ހުށަހެޅިތާ މިއަދަށް 03 އަހަރަށްވުރެ ގިނަ ދުވަސް ވީ.... ޝުކުރިއްޔާ

  2. ފާތިމާ

    މިހާރު މިފަދަ ކަނއތައް އިތުރުވަނީ ބެންކުން އަޅަންވާ ފިޔަވަޅުތައް ނާޅާތީ.އަހަރެންގެ ޕޯން ހެކްކޮއްގެން އެކައުންޓުން ލާރިކޮޅު ނަގައިގެން ރިޕޯޓު ކުރީމަ ބުނީ މިހާރު ތިގޮތައް ލާރި ނުނެގޭނެޔޭ.2ފަހަރު މަތިން ގުޅާފަ އާދޭސް ކުރީމަވެސް މައްސަލައެއްކަމައް ގަބޫލުވެސް ނުކުރި.ހަފްތާއެއްވި އިރުވެސް ލާރިފޮނުވާފަ ހުރި އަނެއް އެކައުންޓުގެ ވެރިފަރާތާ ކުރީގަހަދާހެން ކޮންފަރެންސް ކޯލްވެސް ނުހަދަދޭ.ޕޮލިހައް މައްސަލަ ޖައްސަން ދިޔައީމަ 2ހަފްތާވި އިރު ބަޔާން ނަގާނުލެވޭ.މިއީ ޤައުމުގެ ހާލަތު. ނުކިޔަވާ ސަންގޯރުން ތަންތަނުގެ ވެރިންނައްލީމަ ރައްޔިތުންނަށް ޖެހޭ ބަލާވެރިކަން. ބެންކާ،ޕޮލިހާ، ޤައުމުގެ ވެރިންމަށް ތިބި މީހުން ބަދަލުކޮށް ތަނަށް އެކަށޭނެ ޤާބިލު މީހުން ލާން އެބަޖޭ.މިޤައުމަކަށް ހަމަ އެއްގޮތަކަށްވެސް މިކަހަލަ ފަރުވާކުޑަ ތަންދޮރު ނުދަންނަ ކަންކަން ކުރަން ނޭނގޭ ނާޤާބިލު މީހުން ބޭނުމެއްނޫން

  3. މާރިޔާ

    ފައިސާ ތިތާ ބެހެއްޓުމަށްވުރެ މާހިންހަމަޖެހޭ ގޭގަ ބެހެއްޓިޔަސް.އޭރުން އެނގޭނެތާ ވަގަކު ވަނިއްޔާ

  4. ސެންބީ

    ސްކޭމް ހިންގަނީ ބޭންކާ ގުޅިގެން! ރާއްޖެތެރޭގަ އުޅޭ އިންޓަރނެޓް ބޭންކިންގ ނުހަދާހުރި މުސްކުޅި މީހެއްގެ ކާޑުން، އެ ކާޑު އޭނާގެ ގޭގެ ބޮޑުފޮއްޓަށް ލައި ތަޅުލައިފައި އޮއްވާ، ހަމަ އެ ކާރޑްގެ ޓްރާންސެކްޝަނެއް، އާއްމުންގެ މީހަކު ޑުބްލިކޭޓް ކާޑަކުން ހަދާނީ މާލޭގަހުރި ފިހާރައަކަށް ހަދާނީ ކިހިނެތް؟ ގިނަ ފަހަރު ސްކޭމްވަނީ މުސްކުޅިން! ސްކޭމަރ އަށް ޓާރގެޓް ގެ މައުލޫމާތު އެނގޭނީ ބެންކު ފިޔަވައި ކޮންތާކުންބާ؟