ގިނަބައެއްގެ މެދުގައި މަގުބޫލު ކުކުޅު ފިހާރައިން ކޮންމެ ހަފްތާއަކު ހިލޭ ޗިކަން ނަގެޓްސް ކޭހެއް ލިބޭ ޕްރޮމޯޝަންގެ އަށް ވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

ފިނި ކުރި ކާބޯތަކެތި ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ކުކުޅު ފިހާރައިގެ މި ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިގެ ފޭސްބުކް ޕޭޖްގައިވާ ޕޯސްޓް ކޮންމެ ހަފްތާއަކުވެސް އެންމެ ގިނަ ލައިކް ޝެއާރ އެންޑް ޓެގް އަދި ކޮމެންޓް، ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ޗިކަން ނަގެޓްސް ކޭހެއް ލިބިގެން ދާނެއެވެ.

މި ޕްރޮމޯޝަނަށް އާންމުގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ތިން މަސްދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކުވެސް އިނާމު ލިބޭ ފަރާތް ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ހާމަ ކުރަމުން ދާނެއެވެ.

މިފަހަރުގެ ނަސީބުވެރިއަކީ ޔާޔާ އައިޝަތެވެ.

ކުކުޅު ފިހާރައިން ލިބެން ހުންނަ ފިނި ކުރި ކާބޯތަކެތީގެ ތެރޭގައި ގަނޑުކުރި ކުކުޅާއި (ކޮށާފައި އަދި ނުކޮށާ)، ކުކުޅު ފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީފުޑް، ސޮސެޖް، ޓާކީ އަދި އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒް ފަދަ އެތައް ޕްރޮޑަކްޓެއް ހިމެނެއެވެ.

ރިސޯޓްތަކަށާއި އަތޮޅު ތެރޭގެ ގިނަ ރަށްތަކަށް ފުޅާ ދާއިރާއެއްގައި ސަޕްލައި ކުރަމުން އަންނަ ކުކުޅު ފިހާރައިން ތައާރަފް ކުރާ އާ ޕްރޮޑަކްޓްތަކުގެ އިތުރުން އާ ޕްރޮމޯޝަންތައް ފޭސްބުކް ޕޭޖް މެރުވެރިކޮށް އެނގޭނެއެވެ. އަދި 9986575 އަށް ގުޅައިގެން މައުލޫމާތު ސާފް ކުރެވޭނެއެވެ.

އެ ފިހާރައިން ހޯލްސޭލްކޮށް މުދާ ގަންނަން ބޭނުންވާ ފަރާތްތަކުން 9986575 ނަންބަރަށް ވައިބާރ ކޮށްގެން އޯޑަރ ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު