އިންޓަނޭޝަނަލް ޕްރިމިއަމް ކޮލެޓީ ބްރޭންޑެއް ކަމަށްވާ "ޑީ އެންޑް ޕީ ޕާފިއުމަމް" ގެ ރާއްޖޭގެ އައުޓްލެޓްގެ ފަރާތުން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ހާއްސަ ހަރަކާތެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

1999 ވަނަ އަހަރު ތުރުކީގައި އުފެއްދި ޑީ އެންޑް ޕީ ޕާފުމަމްއަކީ މިހާރު ދުނިޔޭގައި ނަން ހިނގާ ބައިނަގްއަގްވާމީ ބްރޭންޑެކެވެ. ކޮންމެ މީހަކަށް ވެސް ވެސް ގަނެލެވޭ ވަރުގެ އަގުތަކެއްގައި ފެންވަރު ރަނގަޅު އަދި މީރުވަސް ދުވާ ޕަރފިއުމްތައް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް އުފެއްދި މި ބްރޭންޑްގެ އައުލެޓެއް ރާއްޖޭގައިވެސް ހިންގަމުން ދެއެވެ.

މިހާރު ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުުމުގައި މި ބްރޭންޑްގެ އައުޓްލެޓް ހިންގާއިރު، ރާއްޖޭގައި މި އައުޓްލެޓް ހުންނާނީ ރަށްދެބައިމަގުގެ ޗަމްޕާ ސެންޓްރަލް ހޮޓެލް ކައިރީގައެވެ.

ރާއްޖޭގައި ހުންނަ ޑީ އެންޑް ޕީ ޕާފިއުމަމް ފިހާރަ - ވަގުތު އިމޭޖްސް: އަހްމަދު އިޒްމީމް

ޑީ އެންޑް ޕީ ޕާފިއުމަމްގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ކުރިއަަށްގެންދާ ކެމްޕެއިންގައި އެ ފިހާރައިން ގަންނަ 100އެމްއެލް އަދި 50އެމްއެލް ޕާފިއުމް ފުޅީގެ ސޭލްގެ %10 ހަދިޔާ ކުރަން ނިންމާފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކަމަަށެވެ.

އަދި މި ފައިސާ ހަދިޔާ ކުރަން ނިންމާފައި ވަނީ ރާއްޖޭގެ ރެޑްކްރެސެންޓް މެދުވެރިކޮށް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގައި ހުންނަ ޑީ އެންޑް ޕީ ޕާފިއުމަމް ފިހާރައިން ވިއްކާ ޕާފިއުމް

"މިއީ އެ ބްރޭންޑްގެ ޕަރފިއުމްއަށް ޝައުގުވެރިވާ ފަރާތްތަކަށް އެމީހުންގެ ކަލެކްޝަނަށް ތަފާތު ވަހެއް އިތުރު ކުރުމުގެ އިތުރުން ޣައްޒާއަށް އެހީވުމަށް ލިބޭ ފުރުސަތެއް.".

އަދި މިއީ މިހާރު އަވަސް ސަމާލުކަމާއި އެއްބާރުލުން ބޭނުންވާ މިފަދަ ބޮޑު ކަމެއްގައި ބައިވެރިވުމަށް ލިބޭ ރަނުގެ ފުރުސަތެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި ހުންނަ ޑީ އެންޑް ޕީ ޕާފިއުމަމް ފިހާރައިން ވިއްކާ ޕާފިއުމް

އޮފިޝަލް ވިދާޅުވީ، މި އައުޓްލެޓްގެ އަމާޒަކީ ފަލަސްތީނުގެ ހާލަތާ މެދު ހޭލުންތެރިކަން އިތުރުކޮށް، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ފައިސާ ހޯދުން ކަމަށެވެ.

ޑީ އެންޑް ޕީ ޕާފިއުމަމްގެ އުފެއްދުންތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ވެބްސައިޓް ނުވަތަ އެ ކުންފުނީގެ މީސް މީޑިއާ ޕްލެޓްފޯމްތަކަށް ޒިޔާރަތް ކުރުމުން ލިބޭނެއެވެ.