މި ސަރުކާރުގެ ވެރިކަން ނިމި ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއް ވެރިކަން ކުރަން ތައްޔާރުވަމުން ދިޔަ ނަމަވެސް އިންޑިއާއިން ބޮޑު އެހީއެއް ލިބޭނެ ކަމަށް ލަފާކޮށް ބަޖެޓުގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ކަނޑައެޅި ބަޖެޓުގައި ވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ހިލޭ އެހީގެ ގޮތުގައި ގިނަ އަދަދެެއްގެ ފައިސާ ލިބޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.

އެގޮތުން ހިލޭ އެހީގެ ގޮތުގައި ލިބޭ 1.2 ބިލިއަން ރުފިޔާގެ ތެރެއިން 176.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށް ބަޖެޓުގައި ހިމަނާފައި ވެއެވެ.

އޭގެ އިތުރުުން ވޯލްޑް ބޭންކުން 142.2 މިލިއަން އަދި އޭޑީބީން 99.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް އަންދާޒާކޮށްފައި ވެއެވެ.

ގިނަ އަދަދެއްގެ ފައިސާ އިންޑިއާއިން ލިބޭނެ ކަމަށް އަންދާޒާކުރި އިރު އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ނަަމަވެސް ހުރިހާ ގައުމުތަކާއި ވެސް ގުޅުން ބާއްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އިންޑިއާގެ ވާދަވެރި ޗައިނާއާއެކު އޮންނަ ނުތަނަވަސްކަމުގެ ތެރޭގައި ރާއްޖެ ފިތެން ބޭނުން ނުވާ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ޗައިނާގެ ލީޑަރު ޝީ ޖިން ޕިން ވިދާޅުވީ ރާއްޖެއާ ގުޅުން ބަދަހި ކުރަން ތައްޔާރު ކަމަށެވެ.

މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު ގިނަ މަޝްރޫއުތައް ހިންގެގީ ޗައިނާއާ ގުޅިގެންނެވެ.