ފާއިދުވެދިޔަ ދެ އަހަރު އާސަންދައަށް ހިނގި ހަރަދުވަނީ ބަޖެޓަށްވުރެ ދެ ގުނައަށްވުރެ ބޮޑަށް އިތުރުވެފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިހެން ބުނެފައިވަނީ އަންނަ އަހަރަށް އެ މިނިސްޓްރީއިން ހުށަހަޅާފައިވާ ބަޖެޓްގައެވެ.

ބަޖެޓްގައި ބުނެފައިވަނީ އާސަންދައަށް ކުރާ ހޭދައަކީ ދައުލަތުގެ ބަޖެޓުން އެއް ކަމަކަށް އެންމެ ބޮޑު ހޭދައެއް ހިނގާ ހަރަދު ކަމަށެވެ. އެގޮތުން 2024 ވަނަ އަހަރު ބަޖެޓުގެ ހަތަރު އިންސައްތަ ހިއްސާކުރަނީ އާސަންދައަށް ކުރާ ހަރަދަށް ކަމަށްވެސް ބުނެފައި ވެއެވެ.

2024 ވަނަ އަހަރު އާސަންދައިގެ ހަރަދު ބަޖެޓުގައި ހިމަނާފައިވަނީ އާސަންދައިގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ހުށަހަޅާ ސިޔާސަތުތައް ތަންފީޒުކުރުމަށް ހަރަދު ކުޑަވާނެކަމަށް ލަފާކޮށް، މި އަހަރާ އަޅާ ބަލާއިރު 13.3 އިންސައްތަ ކުޑަކޮށްފައި ކަމަށް ބަޖެޓްގައި ބުނެފައިވެއެވެ. އަންނަ އަހަރު ބަޖެޓްގައި އާސަންދައަށް ބަޖެޓްކޮށްފައިވަނީ 1،9 މިލިއަން ރުފިޔާއެވެ.

ފާއިތުވި ދިޔަ އަހަރުގައި އާސަންދައަށް ހިނގި ހަރަދު ވަނީ ބަޖެޓުގައި ހިމެނި މިންވަރަށްވުރެ ދެ ގުނައަށްވުރެ ބޮޑަށް އިތުރުވެފައި ކަމަށް ބަޖެޓްގައި ބުނެފައިވެއެވެ. 2023 ވަނަ އަހަރު އާސަންދަ ހަރަދުގެ ގޮތުގައި 1،045 މިލިއަން ރުފިޔާ ބަޖެޓްގައި ހިމެނި ނަމަވެސް މި އަހަރުގެ ނިޔަލަށް 2،306.1 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މިހާރު ލަފާކުރެވޭ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އާސަންދަ ކުންފުނީގެ އޮފީހެއް
އާސަންދަ ކުންފުނީގެ އޮފީހެއް

ބަޖެޓްގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރާ ހަރަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ އާަސަންދަ ނިޒާމު ހަރުދަނާ ކުރުމަށް ހުށަހެޅި ސިޔާސަތުތަކުގެ ތެރެއިން މި އަހަރު ފެށުމަށް ރޭވުނު ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ބޭސް ހޯދުމުގެ ސިޔާސަތު ތަންފީޒު ކުރުން ލަސްވެ އާސަންދައިގެ ހަރަދު ލިބޭނެ ކަމަށް އަންދާޒާކުރި "ސޭވިންގ ކުރިން އަންދާޒާކުރި މިންވަރަށް ރިއަލައިޒް" ނުވުން ކަމަށެވެ.

އަދި ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ނޮން އިމަޖަންސީ ބޭސްފަރުވާގެ ހިދުމަތް ހޯދުން މަޑުޖެހިފައިވުމަށްފަހު، ވޭދުވެދިޔަ އަހަރާއި މި އަހަރު އެފަދަ ހިދުމަތް ހޯދާ މިންވަރު އިތުރުވުމުން ވެސް އާސަންދައިގެ ހަރަދު ވަނީ އިތުރުވެފައިކަމަށް ބަޖެޓްގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިރޭ

    އާސަންދައިގެ ޚަރަދު އެތައް ގުނަޔަކަށް ދަށް ކުރެވިދާނެ ގޮތްތަކެއް:-
    1) ރިސޯޓުވެރި، ވިޔަފާރިވެރި، މުއްސަނދި މަހުޖަނުންނަށާއި އެމީހުންގެ އަނބިދަރިންނަށް އާސަންދަ ނުދިނުން.
    2) ސިޔާސީ މަގާމުތަކުގައި ބޮޑެތި މުސާރަ ލިބިގެން އުޅޭ މީހުންނާއި އެމީހުންގެ އަނބިދަރީންނަށް އާސަންދަ ނުދިނުން.
    3) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މުސްތަގިއްލު މުއައްސަސާތަކުގެ މެންބަރުންނާއި، ދެންވެސް ވަޒީފާގެ ގޮތުން ޕްރައިވެޓް މެޑިކަލް އިންޝޫރަންސް ލިބޭ މީހުންނަށާއި އެމީހުންގެ އަނބިދަރީންނަށް އާސަންދަ ނުދިނުން.
    4) މިރާއްޖޭގެ އިގްތިސޯދަށާއި ޓެކްސް ނިޒާމަށް އެއްޗެއް ނުދީ، މި ރާއްޖެޔަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށް ނުދީ، މިތަނުން ކުލި ނޫނީ އެ ނޫންވެސް ގޮތަކުން ލިބޭ އާމްދަނީ ބޭރު ފައިސާޔަށް ހަދަައިގެން ގެންގޮސް، ރާއްޖޭން ބޭރުގައި އަރާމުގައި ދިރިއުޅޭ ދިވެހީންނަށް އާސަންދަ ނުދިނުން.
    5) އާސަންދަޔަށް 'އެލިޖިބްލް' މީހުންގެ ރަޖިސްޓަރީއެއް ހަދައި، އެ ރަޖިސްޓަރީގައި އޮންނަ މީހަކަށް ނޫނީ އާސަންދަ ނުދިނުން.

  2. އަހްމަދު

    އާސަންދައިގެ ބޮޑުބައި ގޮސްފައޮތީ ކޮރަޕްޝަނައް އުސޫލުންބޭރުން ވަރަށްގިނަކަންކަން ކުރެވިފަހުރީ ގަބޫލުކުރިއަސް ނުކުރިއަސް ހަގީގަތަކީ މިއީ