ޕާޓީތަކަށާއި ރައްޓެހިންގެ އެއްވުންތަކަށް ކޮންމެ މީހަކު ވެސް މީރު ބުއިމެއް ހޯދައެވެ. އަދި އެކިއެކި މުނާސަބަތުތައް ފާހަގަ ކޮށްލުމަށް ވެސް ރަނގަޅު ބުއިމެއް ނެތިއްޔާ މިހާރު ކަމަކުނުދެއެވެ. ބައެއް ފަހަރަށް ކޯކް ފަދަ ސޮފްޓް ޑްރިންކްތައް މިކަހަލަ އިވެންޓްތަކުގައި ބޭނުންކުރި ނަމަވެސް، ފަހަކަށް އައިސް ތަފާތު ޑްރިންކްތައް ރާއްޖޭގެ ބާޒާރުން ލިބެން ފެށިއެވެ.

ރާއްޖެފަދަ މުސްލިމުން ދިރިއުޅޭ ގައުމުތަކަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ރަލުގެ ބާވަތެއް ނުހުންނަ ބުއިންތައް މަދުވުމެވެ. ރަލުގެ ބާވަތްތައް ނުހުންނަ ބުއިންތައް މިހާރު ރާއްޖޭގައި ފުދޭ ވަރަކަށް ލިބެން ހުންނައިރު، 'ސިންގްރިއާ' އަކީ ވެސް މިފަދަ ބުއިމެކެވެ.

'ސިންގްރިއާ' އަކީ މަޝްހޫރު ކޮކްޓެއިލްއެއް ކަމަށްވާ 'ސަންގްރިއާ' ގެ ނޮން-އަލްކަހޯލިކް ވައްތަރެކެވެ. މިއީ ވަރަށް މީރު މޭވާގެ ރަހަތައް ހިމެނޭ ހިތްގައިމު، ކުލަ ރީތި، ސްޕެނިޝް ސްޓައިލްގެ ނޮން-އަލްކަހޯލިކް ޑްރިންކްތަކަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ ބުއިމެކެވެ.

އެންމެ ކޮލިޓީ ރަނގަޅު މޭވާތައް އަވީގައި ދޮންވެ ފައްކާވުމުން ބިނދެގެން އުފައްދާ މިބުއިމުގައި ވަނީ މޭވާ ތަކުގެ އަސްލު ފޮނި މީރު ގުދުރަތީ ރަހަތަކެވެ. މިމޭވާ ތަކުގެ ތެރޭގައި، ބެރީސް، ސިޓްރަސް، އާފަލު ހިމެނެއެވެ.

'ސިންގްރިއާ' އެހެން ބުއިންތަކާ ބޮޑަށް ތަފާތުވަނީ މީގައި އެކުލެވިފައިވާ ފަތްޕިލާވެލީގެ ސަބަބުންނެވެ. އިތުރު ފުރިހަމަކަމެއް މި ބުއިމަށް ގެނައުމަށް، މިންޓް ލީވްސް، ބާސިލް އަދި ލަވެންޑަރ ފަދަ މީރު ވަހާއި ރަހަ ހިމެނޭ ބާވަތްތައް އެއްކޮށްފައި ވެއެވެ. ނަތީޖާއަކީ އެންމެނަށް ވެސް ކަމުދާ ފަދަ ކޮންމެ ކަހަލަ މުނާސަބަތަކާވެސް ގުޅޭނެ ބުއިމެއް ލިބުމެވެ.

ޕިކްނިކް ދުވަހެއް ވިއަސް، ރައްޓެހިންނާއެކު ބާއްވާ ޕާޓީއަކަށް ވިއަސް އަދި ބުރަ ދުވަހަކަށް ފަހު ގެއަށް ގޮސް ހަމަޖެހިލައިގެން މީރު ބުއިމެއް ބޯލަން ބޭނުންކަމުގައި ވިއަސް 'ސިންގްރިއާ' ވަރަށް ކަމުދާނެއެވެ. މިއީ ދުވަސްވީ އެންމެންގެ މަގުބޫލުކަން ހޯދާފައިވާ 'ސަންގްރިއާ' އާއި އެންމެ ގާތް ރަހައެއް ދޭނެ ނޮން-އަލްކޮހޯލިކް ޑްރިންކެވެ.

'ސިންގްރިއާ' ރާއްޖެ އެތެރެކޮށް މާކެޓް ކުރަނީ މިހާރުވެސް ދިވެހިންގެ ތެރެއަށް ވަރަށް މަޝްހޫރުވެފައިވާ ސްޕަރކްލިންގ ޑްރިންކް 'ކްލައުޑެމް' ވެސް ގެނެސްދީފައިވާ އެމް.ޔޫ ސްޓޯރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސނޕ

    ބެސްޓް ޑްރިންކް އިން ޓައުން.