ބައެއް ބިސްކޯދު ތަކަކީ ދިވެހިންގެ ހިތާ ގުޅި ލާމެހިފައިވާ އެއްޗިއްސޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިފަދަ "ފޭވަރިޓް"އެތައް އުފެއްދުންތަކެއް ހުރެއެވެ. ލޮނު ބިސްކޯދުން ފެށިގެން ގޮސް މީރުކޮށް ހުހަށް ކާލެވޭ އެތައް ބިސްކޯދެއް ރާއްޖޭގެ މާކެޓުން މިހާރު ލިބެއެވެ. މިފަދަ އެންމެ މަޝްހޫރު ބިސްކޯދަކަށް ހަމަގައިމުވެސް ބެޓަރ ބިސްކޯދު ވާނެއެވެ. ބެޓަރބިސްކޯދަކީ އެތައް އަހަރެއް ވީއިރު ވެސް މާކެޓުން ނުގެއްލި ފެންނަން ހުރި މޮޅު މީރު އުފެއްދުމެކެވެ.

އެހެން އާދައިގެ ބިސްކޯދުތަކާއި ބެޓަރ ތަފާތުވެފައި ހާއްސަވާ ސަބަބުތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ ވެސް ފާހަގަކޮށްލެވެނީ މީގައި ހިމެނޭ މީރު ރިޗް ކްރީމީ ޗޮކްލެޓް ލޭޔަރ އެވެ. ދެން އަނެއްކާވެސް އެތެރޭގައި އިންނަ ހަމަ އެހާ މީރު ވެނީލާ ކްރީމްއެވެ. މިއީ ހަމަ ބައެއް މީހުން ކުޅު ދިޔާވާ ވަރުގެ ޗޮކްލެޓް އަދި ވެނީލާގެ ފުރިހަމަ ކޮމްބޯއެކެވެ. މިކަމުގެ ސަބަބުން ގިނަފަހަރަށް މީގެ އެންމެ ބިސްކޯދެއް ކައިގެން ގިނަ މީހުނަކަށް ނުވެއެވެ. އެކަތި ކާއިރަށް އަނެކެތި ބޭނުންވެއެވެ.

ބެޓަރ ބިސްކޯދަކީ ހުހަށް ކާލަން އެފަދަ ދެވަނަ އެއް ނެތް ބިސްކޯދެކެވެ. މިހެން މިބުނަނީ ދެން އަހަރެމެން ކައިއުޅޭ ގިނަ ބިސްކޯދުތަކަކީ ކޮންމެސް ބުއިމަކާއެކު ނުވަތަ ސަޔާ ޖަހައިގެން އާއްމުކޮށް ކައިއުޅޭ ބިސްކޯދުތަކެވެ. ނަމަވެސް ބެޓަރ ބިސްކޯދަކީ ކޮންމެ ގަޑިއަކާވެސް ގުޅޭ މީރު ސްނޭކްއެކެވެ. މިއީ ކޮންެމެ އުމުރަކާ ވެސް ގުޅޭ އަވަހަށް ބަނޑުހައި ހޫނުކަން ފިލުވާލަން ބޭނުންވާ ހާލަތްތަކުގައި ގަނެލައިގެން ކާލަން ގިނަ ބަޔަކު އެންމެ ހިތްހަމަޖެހޭ އެއްވައްތަރުގެ ބިސްކޯދެވެ.

ކުޑައިރުންސުރެން ފެށިގެން މިހާތަނަށް ވެސް ބެޓަރ ބިސްކޯދު ކަމުން އަންނަ ޒުވާނުން މަދެއް ނޫނެވެ. ދަތުރުތަކަށާއި ރައްޓެހިންނާއެކު ބާއްވާ ގިނަ އެއްވުންތައް ވެސް ފަޅުފިލުވައިދެނީ ބެޓަރ ފަދަ މީރު ބިސްކޯދުތަކުންނެވެ. މިއީ އަގުހެޔޮ އެންމެ ފަސޭހައިން ލިބޭނެ އެއް ސްނޭކްއެވެ. ފޮނި އެއްޗެއް ކާހިތްވުމުން ވެސް ގިނަބަޔަކު ބެޓަރ ބިސްކޯދު ޚިޔާރުކުރަނީ ކުރިން ވެސް ބުނިހެން މީގައި މިވާ ޗޮކްލެޓް އަދި ވެނީލާގެ ފުރިހަމަ ކޮމްބޯގެ ސަބަބުންނެވެ.

މި ބިސްކޯދު މިފަދަ ޕްރޮޑަކްޓަތައް މިހާރުވެސް ރާއްޖެއިން ވިއްކަމުންދާ މަޝްހޫރު ކުންފުނި އެމްޔޫ ސްޓޯރުން ހޯލްސޭލްކޮށް ލިބޭނެއެވެ. އެމްޔޫ ސްޓޯރަކީ ގިނަ ޕްރޮޑަކްޓްތަކެއް ވެސް ހޯލްސޭލް ކުރާ ރާއްްޖޭގެ އެންމެ މަޝްހޫރު ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު