ސިނަމާލެ ބްރިޖު މިއަދު އާންމުންނަށް ހުޅުވާލުމާއި އެކު ފުރަތަމަ ފަހަރަށް ބްރިޖު ހުރަސްކޮށް ހުޅުމާލެ އަށް ސަބްމެރިންއެއް ޑެލިވަރީކޮށް، ސަބްމޯ އިން ތާރީޚުން ޖާގަ ހޯދައިފިއެވެ.

މިއަދު ހަވީރު 16:00 ހާއިރު ބްރިޖު އާންމު ދަތުރު ފަތުރަށް ހުޅުވާލުމާއި އެކު ސަބްމޯ އަށް ލިބުނު އޯޑަރެއް 16:30 ވުމުގެ ކުރިން ހުޅުމާލެ އަށް ޑެލިވަރީކޮށް، ސަބްމޯ އިން ވަނީ ފުރަތަމަ ފަހަރަށް ބްރިޖު ހުރަސްކޮށް ހުޅުމާލެ އަށް ވިޔަފާރީގެ އުސޫލުން އެއްޗެއް ޑެލިވަރީ ކުރުމުގެ ޝަރަފް ހޯދާފައެވެ.

ސަބްމޯގެ އޮފިޝަލަކު މިރޭ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ބްރިޖު ހުރަސްކޮށް ފުރަތަމަ ފަހަރަށް ވިޔަފާރިއެއް ކުރުމުގެ ޝަރަފް ސަބްމޯ އަށް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"ހުޅުމާލޭގައި ތިބި އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ހަމައަށް ސަބްމެރިން ޑެލިވަރީ ކުރުމުގައި ފުރުސަތު މިއަދުން ފެށިގެން އަޅުގަނޑުމެންނަށް ލިބިގެން މިދިޔައީ. ބްރިޖު ހުޅުވުމަކީ ވިޔަފާރިއަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. އެކަން މިއަދު އެކަނިވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވިއްޖެ. ހުޅުމާލެ އިން މިއަދު ހަވީރާއި މިރޭ ވެސް އޯޑަރުތައް ލިބެމުން އެބައާދޭ." އޮފިޝަލް ބުންޏެވެ.

ސަބްމޯގެ މެނޫ
ސަބްމޯގެ މެނޫ

ސަބްމޯ އިން ހަތަރު ވައްތަރެއްގެ ސަބްމެރިން ވިއްކައެވެ. އެއީ ބީފް ސަބްމެރިން، ޗިލީ ޗިކަން ސަބްމެރިން، ޗިކަން ސަބްމެރިން އަދި ޓޫނާ ސަބްމެރިން އެވެ. މާލެ އާއި އަދި ހުޅުމާލެ އަށް ވެސް ސަބްމޯ އިން ސަބްމެރިން ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. ބްރިޖް ހުރަސްކޮށް ޓޯލް ނަގަން ފެށުމުގެ ކުރިން ހުޅުމާލެ އަށް ޑެލިވަރީ ކުރުމަށް ވެސް ސަބްމޯ އިން އިތުރު ފީއެއް ނުނަގާނެއެވެ. ނަމަވެސް ބްރިޖު ހުރަސްކޮށް ކުރާ ދަތުރުތަކަށް ޓޯލް ނަގަން ފެށުމުން ކަސްޓަމަރުގެ ބިލަށް ޓޯލް ފައިސާ އިތުރު ވާނެއެވެ.

"މާލެ އާއި އެއް އަގެއްގައި އަދި ހުޅުމާލެ އަށް ވެސް ސަބްމޯގެ ސަބްމެރިން ލިބޭނެ. ބްރިޖުން ފީއެއް ނަގަން ފެށީމާ އެއަގު ބިލަށް އިތުރު ވާނެ. އިތުރު އެއްވެސް ފައިސާއެއް އަޅުގަނޑުމެން ނުނަގާނަން ޑެލިވަރީ އަކަށް." އޮފިޝަލް ބުންޏެވެ.

ސަބްމޯ އިން ހުޅުމާލެ އަށް ސަބްމެރިންއެއް ޑެލިވަރީ ކުރަނީ
ސަބްމޯ އިން ހުޅުމާލެ އަށް ސަބްމެރިންއެއް ޑެލިވަރީ ކުރަނީ

ހުޅުމާލެ އިން ވެސް އޯޑަރު ލިބޭތާ ތިރީހަކަށް މިނެޓް ތެރޭގައި ސަބްމެރިން ޑެލިވަރީ ކޮށްދެވޭނެ ކަމަށް ސަބްމޯ އިން މައުލޫމާތު ދެއެވެ.

ސަބްމޯ އިން ސަބްމެރިން ބައްލަވައި ގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ގުޅުއްވާނީ 3325151 ނަމްބަރު ފޯނަށެވެ.

މާލޭގައި ވެސް ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ސަބްމޯ އަކީ މާލޭގައި ސަބްމެރިން ޑެލިވަރީ ކޮށްދޭ ހަމައެކަނި ކުންފުންޏެވެ. ސަބްމޯ އިން މިހާރު ތައްޔާރުވަމުން އަންނަނީ ސަބްމޯ ރެސްޓޯރެންޓެއް އަންނަ މަހު މާލޭގައި ހުޅުވާށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޅަކޮތަރު

    ސާބަހޭ އިބުރާހިމާ ތީވާ ފިސާރި ފިރިހެނެއް

  2. ޙެންޗު

    ޙަހަހަހަހަހައްްްް. ތިވެސް ކިޔައިފިން.

  3. ހަހަ

    ތިއީ ވާ ބުރިޖެއް

  4. Anonymous

    ޕިއްޒާ ހަޓް ދެން ހުޅުމާލެއަށް ލިބޭނޭތި ވަރަށް އުފާވޭ

  5. ބުރިޖު

    އާން މީ ބުރިޖަކީ ހަޖަމް ކުރޭ.